މީގެ ހަތް އަހަރު ކުރިން، 2015 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ކޮނޑުހުޅަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން އޮޕަރޭޝަނެއް ކުރައްވައިފިއެވެ.

ފުލުހުންގެ އަނިޔާތަކުގެ ސަބަބުން އީސަގެ ދެކޮނޑުގެ މަސްގަނޑު ހުރީ ވަރަށް ބޮޑަށް އިރައިގެން ގޮސްފައެވެ. އަދި މައިބަދައަށް ގުޑުން އަރާފައިވެއެވެ.

އެހެންވެ އީސަ ވަނީ ދާދި ފަހުން ވައަތު ކޮނޑުގެ އޮޕަރޭޝަނެއް ސްރީލަންކާއިން ކުރައްވައިފައެވެ.

އީސަގެ އާއިލާގެ މެމްބަރަކު "ވަގުތު" އަށް ބުނީ ލަންކާ ހޮސްޕިޓަލުން ކުރި އޮޕަރޭޝަންގައި މަސްގަނޑު އެތެރެއިން ފަޅާލާފައިވާ ކަމަށެވެ. އަދި މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ މެމްބަރު ބުންޏެވެ.

އެކަމަކު އަދި އެއްކޮށް ރަނގަޅުވާން ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސަންބޭބެ

    ތިވާނީ އީސަ ޚިތާނުކުރި ދުވަހު ވީ އަނިޔާއަކަށް. ނާފަހެ، މީގެ 6 އަހަރުކުރިން އިރައިގެންދިޔަ މަސްގަޑަކަށް މިޙަރު ފަރުވާދޭވާހަކަ ވިއްޔާ މިދައްކަނީ. ލާރި ނުލިބޭމީހެއްނޫން. އެހެންވިއިރު 6 އަހަރު ފަރުވާނުހޯދާ ހުންނާނެކަމަށް ގަބޫލް ކުރާނީ ކާކު. ހުސް ސްޓަންޓް!

    12
  2. ބިންގޯ

    ހެހެހެހެ

  3. ނަައީމް

    ކޮންދޮގެއް ވަރިކުރި ފުޅު ސަލާމަތްނުވެވިގެން އެތިފަހަރެއް އެޅިވާ ހަކަ ބުނީ ލަދުން

    13
  4. ޝަފާ

    އެއީ އަލަށް ހުޅުވި ބަދަލުދޭ އޮފީހަށް މެޑިކަލް ހުށަހަޅަންތަ؟

    12
    1
  5. ބިންގޯ

    އެއީ އަލަށް ހުޅުވި ބަދަލުދޭ އޮފީހަށް މެޑިކަލް ހުށަހަޅަންތަ؟ ޔަގީން ހުށަ އަޅައިގެން ބަދަލު ހޯދާނެ.

  6. ބަފާބޭ

    ބަދަލް ހޯދަންވީ.. އެއީ ހިނގިކަމެއް ވީޑިއޯވެސް ހުންނާނެ.. އަދި ބޮންޑާއަށް ވެސް އެވަރަށް އަނިޔާކުރި.. ދެރައީ އެއަނިޔާކުރި ފުލުހުންނަށް ފިޔަވަޅުނޭޅޭތީ..

    1
    10
  7. ހާ

    ތިވާނީ ބަދަލު ހިފުމަކަށް ބޮނޑިއެއް އެޅީކަމަށް.

  8. 7 އަހަރު ފަރުވާ ނުހޯދާ

    މިއީ މިހާރު ހިނގަން އުޅޭ މައްސަލައިން ބަޗަން ކުރާ ކަމަކާ ވައްތަރީ.

  9. ގޮތްކުޑަ

    ނިހިނގާކަމެކޭނުން އެކަމަކު ތަންކޮޅެއް އަވަހީ އޮޕޮރޭޝަން ކުރިލެއް ސްޓަންޓް ޖައްސައިގެން ހަމްދަރުދީ ހޯދަންއުޅުނަސް ކޮންމެވެސް ގޮތެއްހުންނަން ޖެހޭނެ މީހެއްގެވިއްޔާ

  10. ހުސޭނުބޭ

    މޭޑޭގައި ޢީސަ ފާޚާނާއަށް ނުދެވިހުރުމަށްފަހު މިއަދު ފާޚާނާއަށް ހިގައްޖެ. ކެކެކެކެކެކެކެކެކެކެ