ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އިއްތިހާދުވާން ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ޖާބިރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފައެވެ. އަދި ޖާބިރު ކުރިން ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ބައެއް ސިޔާސަތުތައް ވެސް ހާމަކުރައްވައިފައެވެ.
"ވަގުތު" އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިތުބާރު ކުރެވޭ އެއްވެސް ލީޑަރަކު ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ކުޑަކޮށްވެސް އިތުބާރު ކުރެވެނީ ރައީސް ސޯލިހަށް ކަން ފާހަގަކުރެއްވިއެވެ. އަދި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ސޯލިހާއެކު އިއްތިހާދުވާން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެ އިއްތިހާދަށް އެމްޑީޕީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ނުފޫޒެއް އައިސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ސޯލިހާއެކު އިއްތިހާދުވެގެން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނެތް އިތުބާރު ކުރެވޭ އެއްވެސް ސިޔާސީ ލީޑަރަކު، ރައީސް ސޯލިހް ފިޔަވާ، އެމަނިކުފާނަށް ކުޑަކޮށްވެސް އަޅުގަނޑަަށް އިތުބާރު ކުރެވެނީ. ކޯލިޝަނަކަށް ދާން ބޭނުމީ ހަމައެކަނި ރައީސް ސޯލިހާއެކު. އަޅުގަނޑުމެން ދެ މީހުން ނުކުމެއްޖިއްޔާ ރައްޔިތުން އުފަލުންވެސް ވޯޓު ދީ ހޮވާނެ" ޖާބިރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން، ޑީއާރުޕީީން ފަށާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތާއި ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުން ވަރަށް އަވަހަށް އޮންނާނެކަން ފާހަގަކުރެއްވިއެވެ.
ހެހެހެހެހެ... ޖާބިރު އިތުބާރުކުރާ އެއްވެސް މީހަކު ނެތްތާ ޖާބިރަށް އިތުބާރުކުރާ ހަމައެކަކުވެސް ނެތް. މާދަން އިބޫއާ ދިމާލަށް ވަގަށް ނުގޮވާނެ ކަމެއްވެސް ނޭނގޭ.
ލާދީނީ ނަޝީދައްވުރެ ރައީސް ސޯލިހު ރަނގަޅު.
އިންތިޚާބުގައި އިއްތިހާދު ހެދުމަށްވުރެ ކާށިދޫގައި ކޭބަލް ކާރު ދުއްވަން ފެށުން މާމުހިންމު ނޫންތޯ؟
ހަމަ ޔަޤީނުންވެސް ނަޝީދަށް ވުރެ ރަނގަޅުވާނެ! ސަޕޯޓަރުން ގިނަވާނެ!
ކޮންބައެއް ވޯޓްދެނީ ތީގަތިބީ ޕީޕީއެމްއައްތާއިދުކުރާމީހުން އިއްތިހާދު ހަދާނަމުން ވޯޓެއްނުލިބޭނެ މެންބަރުންގެ.