ފޯނެއް ފޭރިގަނެގެން ފިލަން ދުއްވި ދެމީހަކު ތިބި ސައިކަލަކުން އަންހެނަކާއި ކުޑަކުއްޖެއްގެ ގައިގަ ޖެހި ދެމައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 10:15 ހާއިރު އަމީނީމަގުން ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައެވެ.

މަންޒަރުދުއް މީހުން ބުނި ގޮތުގައި ސައިކަލަކުން ދެމައިންގެ ގައިގަ ޖެހުނީ އަންހެނެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދުއްވާފައި ދަނިކޮށެވެ. ސައިކަލުން ޖެހި އަންހެން މީހާ އާއި ކުޑަކުއްޖާ ވިއްސައިގެން ދިޔަ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ. އެކްސިޑެންޓްގައި އަންހެން މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ބެލެވެއެވެ.

އަންހެން މީހާ އާއި ކުޑަކުއްޖާ ޕިކަޕަކަށް އަރުވައިގެން ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްގައެވެ.

ފޯނެއް ފޭރިގަނެގެން ފިލަން ދުއްވި ދެމީހުންނަށް ވެސް ކޮންމެވެސް ވަރަަކަށް އަނިޔާވެފައި ވެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަމާން މުޖުތަމައަކަށް

    އަނިޔާދިން މީހުންގެ ކިބައިން ޤިޞާޞް ހިފަން ޖެހޭނެ. ޤިޞާޞްއަކީ ހަމައެކަނި މީހަކު މަރުވުމުން ހިފަންޖެހޭ އެއްޗެއްނޫން. އެމީހުންގެ އަތުން ފަރުވާއަށް ދާ ޚަރަދުވެސް ހޯދަން ޖެހޭނެ. ކަމާބެހޭ ފަރާތްތަކުން މިފަދަ ކަންކަމުގައި ފަހަތުފަޔަށް ބުރަނުވެ ރައްޔިތުމީހާއަށް އަދުލުވެރި އިންސާފު ހޯދައިދޭން ޖެހޭނެ.

    27
    1
  2. ދުޢާ

    ހާދިސާގައި އަނިޔާ ލިބުނު ދެމައިންނަށް ﷲ ތަޢާލާ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށި. އާމީން.

    33
  3. ކަލޯ

    އެމީހުންނަށް އެއްވެސް އަދަބެއް ނުދެވޭނެ. 100% ގެރެންޓި މިދެނީ. މީ ރާއްޖެ. ކުއްވެރިންގެ ހައްގު އެކަނި އޮންނަ ގައުމު. ޖުޑީސަރީ އެ މީހުންނަށް ވިކިފަ އޮންނަ ގައުމު. ހުރިހާ ގާނޫނެއް އަދި ގަވައިދެއް އުސޫލެއްގެ މަތީގަ އެ ބަޔަކު ތިބޭ ގައުމު.

    23
    1
  4. ނަނސ

    ޕޮލިހުން ކީއްތަ މިކުރަނީ....؟ އަމާން ކަމެއް ނެތެއްނު....؟ މަޖިލިސް މިކީއްކުރާ ބައެއްތަ...؟ ގަނޫނު ހަދައިގެން ވާކަމެއް ހަރާން....

    15
    2
    • ސޮބާ

      ފުރަތަމަ ގާނޫނު އެތްކޮޅުން އަނެތްކޮޅައް ކިޔާ ބަލަ އޭރުން އެގޭނީ ތި ކުއްވެރިންނަށް ކުރެވޭނެ އެތްކަމެއްވެސް ނަތްކަން ކޯޓައްގެންދިޔާމަ ބުނާނެ ގާޒީ ފުލުހުން ޒާތީވަނީ އޭ

    • ޖިމީ

      ޢެމީހުން ސްޓިކާ ޖަހަން ހޭބޯނާރާ އެބައުޅޭ ޢަމީނީމަގުގަ

      2
      1
  5. ށއިން

    ޕޮލިސް ކަލޭމެން އުނިފޯރމް ބާލާފަ މަގުސާފުކުރަން ނިކުންނަންވީނު ގައުމަށް މާފައިދާވާބެ އަހަރަކު ދައުލަތުގެ ބަޖެޓުން ޕޮލިހުނަށް ހަރަދުއެބަކުރޭ 1.2 ބިލިޔަންވަރަކަށްރުފިޔާ ކަލޭމެން ކިތައް ކުރަނީ 2 ކިލޯމީޓަރުގެ ކުޑަ ރަށެއް ނުބެލެހެއްޓޭ ކީކޭ ބުނާނީ