ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) އެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

ނައުފަލްގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ރިޕޯޓްކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ނައުފަލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާކަމަށެެވެ. އެކަމަކު އަދި މިހާތަނަށް އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ޒުވާނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށް ދިނުމަށް ފުލުހުން އެދެއެވެ.