ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިންއަކީ ފެށުނީއްސުރެވެސް ވަރަށް "މޫދަށް" ލޯބި ކުރައްވާ ކަނބަލެކެވެ. ކަނޑު އަޑީގެ ރީތިކަން ދެކިލުމަށް ޑައިވިނަށް ދިއުމަކީ އޭނާ ޝައުގުވެރިވެވަޑައިގަންނަވާ ކަމެކެވެ.
ގުދުރަތުގެ ރީތިކަމަށް ލޯބިކުރައްވާ ހިސާން އާއި އޭނާގެ ފިރިކަލުން މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އިއްޔެ ފެނުނީ ދޮށީ ދަރިފުޅު ގޮވައިގެން ޑައިވިނަށް ގޮސް އުޅުއްވަނިކޮށެވެ. ކަނޑު އަޑީގެ ރީތިކަން ތަޖުރިބާކޮށްލަން ގޮސް އުޅުން މިދަތުރުގެ ބައެއް މަންޒަރުތައް ހިސާން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރައްވައިފައެވެ.
ބެލެވޭ ގޮތުގައި އިއްޔެއަކީ އެ ދެމަފިރިންގެ ދޮށީދަރި، މީކާއިލް އިބްރާހިމް ނާޒިލް ޑައިވިނަށް ދިޔަ ފުރަތަމަ ފަހަރެއެވެ. ޕަޑީގެ ބަބުލް މޭކާ ޕްރޮގްރާމް މީކާއިލް ވަނީ ފުރިހަމަކޮށްފައެވެ. އެ ކޯހުގައި ބައިވެރިވެވޭނީ އުމުރުން އަށް އަހަރު ފުރުމުންނެވެ.
ބްބުލް މޭކާ ޕްރޮގްރާމްގައި ޕަޑީގެ ޑައިވިންގް އިންސްޓަރަކްޓަރަކާއި އެކު ފުޅިއަޅައިގެން ކަނޑު އަޑިއަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މީކާއިލްގެ ފުރަތަމަ ޑައިވް ކާމިޔާބުކަމާއެކު ނިންމާފައިވާތީ އޭނާއަށް ޕަޑީއިން ވަނީ ސެޓްފިކެޓެއް ދީފައެވެ. މިކާއިލްއާއި އެކު އޭނާގެ ބައްޕައާ މަންމަވެސް މި ޑައިވްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ހިސާން ވަނީ މީކާއިލް ޑައިވިނަށް ގޮސް އުޅުނު މަންޒަރު ފެންނަ ވީޑިޔޯއެއްވެސް އިންސްޓަގްރާމްގައި ހިއްސާ ކުރައްވައިފައެވެ.
އޭނާގެ އިންސްޓާ ފީޑުން ފެންނަ ގޮތުގައި މީގެ ކުރިން ލިބުނު ބައެއް ޗުއްޓީތަކުގައިވެސް އެކިފަހަރު މަތިން ޑައިވިނަށް ގޮސްފައިވެެއެވެ. އޭނާގެ ފީޑުން ބޮޑަށް ފެންނަނީ މޫދު ފޮޓޯތަކާއި، ގުދުރަތީ ރީތިކަމުގެ ފޮޓޯތަކުގެ އިތުރުން ކަނޑު އަޑީގެ މަންޒަރުތަކެވެ. ޑައިވިނަށް ގޮސް އުޅޭ މަންޒަރުތައްވެސް ހިއްސާ ކުރައްވާފައިވެއެވެ.
ހިސާން އާއި ނާޒިލް ދަރިފުޅާއެކު ކަނޑު އަޑިއަށް!
35 ސިކުންތު ކުރިން ( ޖުލައި 31, 2021 )
ބުނަން މިފަހަރު ޖެހޭނެ އަންހެންވެރިން ކުރުސޯޓް އާއި މިނީ ސްކާޓްގެ ބިލެއް ފާސްކުރާން
ރާބޯމީ މީހާގެ ފޮޓޯވިއްކައިގެން އައިމިކާއީލް މިބިލްވެސް ފާސްވޭތޯ ހިއްވަރު ކޮއްދެއްވަށްޗޭ .
ކަނޑުގެ އަޑީގައިވެސް ނަޝީދު ރުއްސުމުގެ ގޮތުން އިސްލާމްދީނާ ޚިލާފު ބިލެއް ފަރުމާ ކޮށްލެއްވިނަމަ އަދި މާ މަޝްހޫރުވީސްތާ
ކަންދެއްކުން ބޮޑާކަން
ހާދަ ދިގު ޓައިޓެއް ހިސާން ލާފަ
ދިގުއެއްޗެއް ލައިފިއްޔާ އަޑިއަކަށް ނުދާނެ. އަޑިއަށް ގޮއްސިއްޔާ މައްޗަކަށް ނާރާނެ. އެހެންވެ ކުރުސޯޓެއް ލައިގެން އެއިނީ
ކާކަށް ދައްކަން ކައިރުވަކެހޭވެސް ހީނުވޭ....ތީ ދެއަނބަތްއިނދެގެން އުޅޭ މީހެއްގ
ލާދީނީ މީހުން ސިމްޕަތީ ހޯދަން ޖައްސާ ސްޓަންޓް. މިނޫން ހަބަރުތައް ޖެހުން މާ ރަނގަޅު. ލާދީނީ ބިލް އައުޓް
ދިވެހިންނައް މޮޅު ދައްކަނީ ދޯ!
ބައްޕަ ގެ ބަސްނާހާ
މިހާރު މީނަ ހާދަ މައްޝޫރު ވެއްޖެ އޭ ދޯ.. އާ ދުވާލު ދެދަޅައަށް މީނަ ވާހަކަ އެބަ އޮވޭ ޖަހާފަ..