ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގުޅެން އޮތް ކެމްޕޭނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފައްޓަވާފައިވާ ގައުމީ ކެމްޕޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ފަށާފައިވާ ކެމްޕޭނަށް ސިޔާސީ ލީޑަރުން ގުޅިވަޑައިގަތުމަށް، ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ގޮވާއްލައްވައިފައެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ހުރިހާ ސިޔާސީ ލީޑަރުންނަށް އެ ދައުވަތު ދެއްވީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިޒުނަފުޅާއެކުގައެވެ.
އަދުރޭ މި ގޮތަށް ދައުވަތު ދެއްވާފައިވަނިކޮށް، ރީކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުން ރާއްޖެ މިިނިވަންކުރަން ރައީސް ސޯލިހް ފައްޓަވާފައިވާ "ވަރުގަދަ" ކެމްޕޭނަށް ހުރިހާ ސިޔާސީ ލީޑަރުން ވެސް ގުޅިގެން ގައުމީ ކަމެއްގެ ގޮތުގައި އެއަށް އިޖާބަ ދެއްވަން ގޮވާލައްވާ ކަމަށެވެ.
"މި ވަގުތު މި އަމާޒަށް ދަތުރުނުކޮށް ސިޔާސީ ކުރިމަގު ވެސް ބަނަ،" ރީކޯ ލިޔުއްވާފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ކެމްޕޭނަށް ރައީސް ސޯލިހްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ބައިވެރިވާން އަދުރޭ ދައުވަތު ދެއްވިއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާއި، އެމްއެންޕީގެ ފައުންޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް ދައުވަތު ދެއްވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން އެކްޓިން ލީޑަރު އަދުރޭ ދައުވަތު ދެއްވިއިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.
ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ.
މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.
އެހެންނޫންތޯއޭވާނީ މީނާ ވަނީ ޕުރޮޖެކްޓެއްގެ ޑޮލަރތަކެއްގައި ޖެހިފައި ވީމާ ފިލާހުރެވޭނެ ގޮތެއް އޮއްތޯބަލަންޖެހޭނެ ނޫންތޯ ބަލަ ގައުމު އެހެންގައުމެއްގެ އަޅުވެތިކަމައްދާއިރު ލީޑަރުންތައް ބަލަންތިބުމަކީ ލަދުވެތި ހުތުރުކަމެއް ފަޅުތަކާރައްތައް ވިއްކާ ކައި ހުސްކޮއް އެވަރުންނުވެގެން އެއަރޕޯޓްތައް ބޭރުގެފަރާތްތަކައް ހިބައިންދީ ރައްރަށުގެބިންތައް ބޭނުންކަމެއްކުރަންދީ ރައްރަށުން ރައްޔިތުން ފައިބަންޖެހޭ ހިސާބައްދާއިރުވެސް ތިބެންވީތޯ ތިޔަމީހާފޭލްވީމަދެންމިއަދު ވާހަކަ އެއްދެއްކިޔަސް ގަބޫލްލެއް ނުކުރާނޭ އަމިއްލަހައްގު އަނބިދަރިންގެ ހައްގު ހޯދާނުދެވޭމީހަކު ޓުވީތަކުން ބަޔާންނެރުނީމަ ގަބޫލެއްނުކުރެވޭ މޫސަބޭ
ހުރިހާ ލީޑަރުން ރައީސް ސޯލިހްގެ ކެމްޕޭނާ ގުޅެން ޖެހޭ: ރީކޯ މޫސަ
15 ސިކުންތު ކުރިން ( ޖުލައި 31, 2021 )
ތެދުފުޅެއް ރައީސް ޔާމީނު އެއްކޮށްފަހުރި ބައިތުލްމާލު ދަވާލައި ބައިއެޅި ހުރިހާލީޑަރުން ދޯ !
މޫސަތިއީ ތެދު ހަދާ މީހެއްނަމަ ނިކަން ބުނެބަލަ! ސޯލިހަީ ވެރިކަންކުރެވޭފަދަ ލިޔާގަތާ ގާބިލުކަން ހުރި މީހެއްތަ؟ އުމުރުގަ ކުރި މަސައްކަތަކީ ރޫމް ބޯއީއަކަށް އުޅުމާ ހައުސް ހަޒްބަންޑަކަށް އލާ މަޖްލިހުގައި ބުދަކަށްވެގެން އިނުން. ފާއިތުވި 2 އަހަރު ކުރިކަމަކީ މޯދީ ޕާޓީ ބީޖޭޕީގެ އިގްތިޞާދީ އަދި މިލިޓަރީ ޕްލޭން ތަންފީޒް ކޮށްދިނުން.
ރައީސް ސޯލިހާ ގުޅެންޖެހެނީ ކީއްވެބާ!!!. އެއްވެސް ކަމެއް ނުވެ ހަމަ އެކަނި ކޯލިޝަން އަނެއް ފަސް އަހަރު ހުފަހަންޓަންބާ!!!. މިވަގުތު ގައުމު ބޭނުން ވަނީ ތެދުވެރި ކަންކުރެވޭ ލީޑަރެއް. ސިޔާސީ އަގަފޮނި ހުންޓަން އެބަޖެހޭ. ކަންނުވާ ސިޔާސީ އެންމެން ފެއަށް ޖެހެން އެބަޖެހޭ.
ތާނަލިޔަންނޭގޭލީޑަ ރުން
މޫސާ ތިޔަ އުޅެނީ ބައިވަރެއް ދީގެންތަ.
ނަމަ ނަމަ ރީކޯ މޫސަ ޕީޕީއެމް އަށް ނުގެންނާތި.
މިހާރު އިބޫއަށް ސަނާކިޔަނީ ސަރުކާރު ތެރެއިން މަންފާތަކެއް ލިބިގަތުމަށް..
ރީކޯ ދެން ދާވީ ނަހުލާ ކައިރިއަށް ފިލްމަކުން ފުރުސަތު ލިބޭތޯ.. އެކަންވެސް ދެނެއް ވާނެހެނެއް ހިޔެން ނުވޭ..
މިފަހަު ބައިތުްލްމާލުން ދަވާލީ ކޮންއެއްޗެއްބާ! ތިހާވަރަށް ގަމާރު އިބުރާހިމްއަށް ތިޔަ ސަޕޯޓުކުރަނީ!
މީ ކާށި ހެހެފަ ސޮއް ކިޔާފަ އުކާލާ ކޮންމެ ތަނަކަށް އޮހޭ މީހެއް.ދެމޫނުގެ އަހުލުވެރިއެއް . އެ ރަނގަޅު ތޯ މި ރަނަގަޅުތޯ އުޅޭމީހެއް.ބަލަންވީ ވެރިކަމެއް ދިފާޢުކުރަންތޯ ނޫނީ ތިމާމެންގެ ފަތިފުއް ފެނިދާނެތީ އެކަންތައް އޮއްބާލަންތޯ. ބަލަ މިޤައުމު އޮޔާދަނީ ތިލީޑަރުން ހަމަތިބެގެންނޫންތޯ؟. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާކަންތައް ކުރުން. އޭގެ ކަންފުޅެއްގެ މިންވަރުވެސް މިސަރުކާރަކު ނެތް. ރ.ޔާމީންގެ 5 އަހަރުގެ ވެރިކަމުގައި އެމްޑީޕީ ގެ ފިއްތުންތަކާއި އެކުވެސް ރައްޔިތުންނަށް އެތައްކަންތއްތައްކޮށްދީފަ ހުރީ. ރައްޔިތުން ތިބީ ހިތްހަމަޖެހިގެން. އުފަލުން. މިސަރުކާރު އައިފަހުން ތަކެތީގެ އަގު އަތްނުފޯރާ ވަރަށްމަތި . ލިބޭފައިސާއެއްނެތް. އެކަމަކު އެއްދުވަހު ފިހާރައަކަށް އެއްޗެއްގަންނަން ދާއަގެއްގައި އަނެއްދުވަހު ނުހުންނާނެ. ބޮޑުތަނުން ރައްޔިތުންނަށް ކާން ބޭނުންކުރާ އަސާސީތަކެތި ދަނީ ބޮޑުވަމުން.މިޤައުމަށް ޤައުމެއްގެ ކުރިއެރުމަކަށް ބޭނުންވާ ހުރިހާތަންދޮރެއް އެނގޭ ރަނގަޅު ލީޑަރަކު ބޭނުން އެބަވޭ. އެއީ ހަމަ ރައީސް ޔާމީން. އެމަނިކްފާނަށް އެކަނި މިޤައުމު ދެންނަގާ ކޮޅަށް ޖެހޭނީ.މިޤައުމުގެ މިނިވަންކުރެވޭނެ ހަމައެކަނި ލީޑަރަކީވެސް އެމަނިކްފާނު.
ކަލެއަކަށް ނޭނގޭނެ. ކަލޭ ތީ ކާކު! ދަލުބޭރުން އެނބުރޭ ވަހުތާނެއް.
މޫސައަށް ވަރަށްކަމޭހިތާ އަދި އިތުބާރުވެސްކުރިން އެއީ ތިއީ ގައުމާ، ގައުމުގެ ރަށްޔިތުންނަށް
ހެޔޮއެދޭފަރާތެއްކަމަށް ބެލެވޭތީ ނަމަވެސް މިހާރު ތިބޭފުޅާގެ ބަސްމަގުހުރިގޮތުންނާ އުޅުއްވާގޮތުން
ބެލެވެނީ ތިއީ އަމިއްއެދުން ކުރިއަށްނެރުއްވާ ބޭފުޅެއްކަމަށް ވީމާ، ކުރިންދެކެވުނުގޮޠް މިހާރުބަދަލު
ވެއްޖެ ނާއިންސާފުން ޕާޓީ އަތްދަށުލެއްވިބޭފުޅަކު ތިބޭފުޅާޕާޓީންބޭރުކޮށް ވަކިކުރިހަދާންއެބަހުރިތޯ
ނާއިންސާފުން ޖަލަށްލެއްވި ތަރައްޤީގެބާނީ މިނިވަން
ދައްކަވާވާހަކައިން އަމިއްލައެދުން ބޮޑުކަމަށްފާހަގަކުރެވޭ މިހާރު ތިގޮތަށްބަސްމަގުހުންނަނީ
ކޮންބައެއްގެ ތާއީދުހޯދަންތޯ އެއްގޮތެއްގައި ސާބިތުވެ ހުންނަވާ މިހެންމިބުނި މީހެއްގެ
ނުފޫޒުގައި ނާއިންސާފުންޕާޓީންވަކިކޮށް ވަރަށްބޮޑުގެއްލުމެއްލިބިލެއްވިކަންހަނދާން ނެތުނީތޯ
ގައުމާ،ގައުމުގެރަށްޔިތުން ހުވަފެނުންދެކެފައިވެސްނުވާ ތަަރައްޤީއާއި ކުރިއެރުން މަދުދުވަސް
ތަކެއްގައި ގެނެސްދެއްވި ގައުމުގެ ތަރައްޤީގެބާނީ ރ. ޔާމީން ނާއިންސާފުންޖަލަށްލާފާއިވާކަމަށް
ބައްލަވާ އެބޭފުޅާ މިނިވަންކުރެއްވުމަށް މަސައްކަތްނުކުރައްވަނީ ކީއްވެތޯ
މީ ހާދަ ފަގީރު އަމިއްލަ އެދުންބޮޑު މީހެއް!!!!!!
މާތްކަލާކޯ އަނެއްކާ އަނެކަކުގެ ބަނދިވަރު ދަމަންފެށީީ އަހަރެން މިއުޅެނީ ޝެއިޚް އިލްޔާސް ދުޢާ ދެއްވިޔޭ ބުނީމަ ވޯޓް ލެވިގެން ލަދު ބޮލަށް އަރައިގެން. ދިވެހިންގެ މައި ދޮރުއަށީގެ އެންމެ އިސް މީހުންނަށް އިންޑިޔާ މީހުން. އިންޑިޔާގެ މައިދޮރުއަށި ދޭނެތަ ދިވެހިންނަށް. މޫސަލާނެ މީހަކަށް މޫސަ ވޯޓްލައި. އެހެން މީހުން ނަށް ފުދި އިތުރު ވެސް ވެއްޖެ. ހުރިހާ ނުބައިކަމެއް ރައީސް ޔާމީން ގެ އިސްތަށިފުޅުގައި އަޅުވާ ފައި އަދިވެސް އަދިވެސް ކަމެއް ނުކުރެވިއްޖެއްޔާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަނީ. ކަމެއް ކުރެވޭ ބަޔަކު އެހެން މީހުން ބަދުނާމު ނުކޮށް ކަންކުރާނީ. މޫސާ ނަމަނަމަ ނާންނާތި ވޯޓް ހޯދަން.
އަދުރޭ ފަހަތަށް އަރާނީ މޮޔައެއް ނޫނީ ވަގެއް
"ޤައުމީ" މި ލަފްޒު ދުލުން އަމުނާލާއިރު އިބްރާހިމް ސޯލިހުގެ ސަރުކާރުގައި ޤައުމިއްޔަތުގެ ރޫހު ހުރި މިންވަރާ މެދު އެންމެފަހަރަކުވެސް ވިސްނަވާލެއްވީންތޯ، ރީކޯ މޫސަ. ފަތިސް ހަނދުވަރެއް ނޫން މިއީކީ. މިއީ ހަގީގަތް. އެންމެން ނަފްރަތު ކުރާ ސަރުކާރަކަށް އެމްޑީޕީ ސަރުކާރުވެގެން ދިޔައީ، ސޯލިހުގެ ހިންގުންތެރިކަމުގެ ވައްޓަފާޅިއެއް ނެތުމާއި، ބަސް މަދުކަމާއި، ބަސް ބުންނަޖެހޭ ދަނޑިވަޅުތަކުގައި ހަނުހުންނަވައިގެން ހުރެ، ގިނަ ޖަރީމާތަކެއް ފާއިތުވި ދިޔަ ދުވަސްތަކުގައި ހިނގާފައިވާތީ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ނަމުންދީގެން، މަޖްލިސް މެމްބަރުންކޮޅު، ރަހުމަތްތެރިޔާ އަދި ޅިއަނު އަންނިގެ ވަކިތަކުން ނައްޓުވަންވެގެން އެތައްކަމެއް ކޮށްދީފި. އެ އާއިލާތަކަށް އެތަކެއް ވަޒީފާތަކެއް އުފައްދާފައިދީފި. އެ ދެވެރިންގެ ކޯޅުމުގައި ފާއިތުވި 3 އަހަރު މިދިޔައީ ކޯވިޑްގެ މިހާލަތުގައިވެސް ސުމަކުން. އިތުބާރު ގެއްލުނީމާ، މިހާ ލާދީނީ، ލާ ގައުމީ އިންޑިއާގެ ތައްޕާހުން ހުރިހާކަމެއް ކުރަން ފެށުނީންސުރެއް މެކުހައްޖެހި ސަރުކާރަކަށް ރައްޔިތުން ކުރާނީ ކޮން އިތުބާރެއްތޯ. ރައީސް ޔާމީންގެ ދައުރުގައި، ގައިމު ގިނަ ތަރައްގީގެ މަޝްރޫޢުތަކެއް މުޅި ރާއްޖޭގައި ހިންގަވާ އެކަންކަމުގެ ފޮނިމީރުކަންވެސް މިހާރު ހޯދަމުން ތިޔަދަނީ މިސަރުކާރުން. އަހަރުމެން ނޫޅެން، ރީކޯ މޫސަގެ ފަޓުލޫނުގެ ފަސްބައިގައި ހިފާކަށް. އަހަރުމެން މިތިބީ އިދިކޮޅު ޕީޕީއެމް އާއެކު ކުރިއަށްދާން. ރައީސް ޔާމީންއަށް އަދި ވެރިކަމަށް ކުރިމަތި ލެވޭގޮތް ނުވިނަމަވެސް، އެޕާޓީގެ ކޯލީޝަނުން ނެރޭ މީހަކު ފަސޭހަކަމާއެކު ހޮވިގެންދާނީ. އެކަން އެން
ތިކަމެއް ނެތް ވާކަށް ވަރަށް ބޮޑަށް ސޮރީ އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ބިޒީ ކޮށް
ކުރަން ހުރި ކަން ކަން އެހާ ގިނަ ތިކަހަލަ ބޭކާރީ ކަން ކަން ކުރެވޭކަށް ނެެތް
މޫސާ ކަލޭ މިކޮމެންޓްތައް ކިޔާލައްޗޭ
އެއީ ރައްޖެ ވިއްކާލަންތަ؟
މި ވަގުތު ޤައުމުގައި ހުރި ކެޜޭ ހީވާގި ލީޑަރު👌
ގާސިމަށް ގުޅެވޭނީ ހަމައެކަނި ދީން ހިމާޔަތްކުރާ މަސައްކަތްތަކާ އެއީ ގާސިމަކީ ދީނުގަ އޮންނަގޮތަށް އުޅެމުންދާ ލީޑަރުކަމުގަވީމަ
އެންމެން ފިލްމުކުޅެން ނިކުންނަންވީ ، މަރިޔަމް ނިސާ ގޮވައިގެން
އަބޫދާބީމަގުން އިގިރޭސިވިލާތަށް ޕިކްނިކްގެންދިޔާމަތަ ތިހާވަރެއް ތިޔަ އަރުވަނީ؟
މޫސާ! ކަލެޔަށް ނޭގުނުދޯ އޭނަގެ ގަމާރުކަމާ ސަންގޯރުކަންވެސް؟
މީހުން ހައްލަން ދެންއުޅޭނެކަމެއްނަތް މިހާރު ރައްޔިތުންނަށްވިސްނޭ މީހުންނާއި ނުމީހުން
ގުޅެންޖެހޭ ސަބަބު ބުނެދީބަލަ، މުޅަގައުމު ވިޔަފާރި ކުންފުއްޏެއްހެން ކޯލިޝަނަށް ޝިޔާބަހާފަ ހުސް ވައްކަން ކުރަނީ އެއްވެސް ކަމެއް ބެލެނީކީ ނޫން، ކޯލިޝަނަށް ވެރިކަން ކޮއްދޭކަށްނޫން ދިވެހި ރައްޔިތުން ވޯޓް ދިނީކީ، ރައްޔިތުންނަށް ވެރިކަންކޮއްދެން، މިފަހަރު ތިކޯލިޝަނަށް ވޯޓް ދޭނެ މީހެއްވެސް ނުވާނެ.