މިދިޔަ މަހުގެ ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓާއި ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

ކަރަންޓްބިލްތައް ބޮޑުވުމުން މާލޭ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އާޒިމް ވިދާޅުވީ މިއަދު ކުރިމަތިވަމުން އަންނަ އުނދަގުލާއި ތަކުލީފް އުފުލަން ޖެހުނީ ކުރީ ސަރުކާރުގެ ކެބިނެޓުގެ ނިންމުންތަކުގެ ސަބަބުން ކަމަށެވެ.

އާޒިމްގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކޮންމެ ކަމެއްގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އެޅުވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އާޒިމަށް ފާޑުކިޔާފައެވެ. އެފާޑުކިޔުންތައް ބޮޑަށް އަމާޒުވީ ކަރަންޓް ބިލް ބޮޑުވުމުން އެކަމުގެ ޒިންމާ އާޒިމް އެޅުވީ ކުރީ ސަރުކާރުގެ ބޮލުގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

ފާޑުކިޔުންތަކަށް ރައްދު ދެމުން އާޒިމް މިއަދު އެދިވަޑައިގެންނެވީ އަދި އެއްފަހަރު އޭނާ ކުރިން ކުރެއްވި ޓްވީޓް ބެއްލެވުމަށެވެ. އާޒިމް ވިދާޅުވީ މިދިޔަ މަހުގެ ކަރަންޓްވިލް ބޮޑުވީ ކުރީ ސަރުކާރާ ހެދިއެކޭ އެއްފަހަރުވެސް އޭނާ ވިދާޅުނުވާ ކަމަށެވެ. އާޒިމް ވިދާޅުވީ މިހެން ދިމާވަނީ އެކްޓިވިސްޓުންނަށް ނޫސްވެރިންނޭ ކީމަކަމަށެވެ. ދެން އާޒިމް ވިދާޅުވީ "އުންމީދު ކަނޑާނުލާ ކަމަށާއި ރަގަޅުވާނެ" ކަމަށެވެ.

މިހާރު ހިނގަމުންދާ ބައެއް ކަންކަން އެގޮތައް ދިމާވަނީ ކުރީ ސަރުކާރުން ކަންކޮށްފައި އޮތުމުން ކަމަށް އާޒިމްގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ވެރިން ވިދާޅުވެއެވެ. އެހެން ވިދާޅުވާތީ މީގެ ކުރިން ވެސް ސަރުކާރުގެ ވެރިންނަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ސޯލިހްގެ ސަރުކާރަށް މިހާރު ތިން އަހަރު ވާން ކައިރިވެފައި ވާއިރު ކުރީ ސަރުކާރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދޮންކާނަ

  ތިޔަހެން ނޫހު ހެޑްލައިން ނަށް އަރަން ފާޑުފާޑު ވާހަކަ ދެއްކިޔަކަސް ކަރަންޓް ބިލް ކަންތަށް ހަލްލެއް ނުވާނެ ބިލް ނުދައްކާ ތިއްބާ ދެންކަނޑާ ލާނީ ކަރަންޓް މަކަން ގައުމީ މަޖްލިސް ގެ ސަމާލުކަމަށް ގެނޭ

 2. ޢަބްދުﷲ

  އުނދަގުލާއި ތަކުލީފު ޖެހުނީ ޔާމީންގެ ކެބިނެޓުގެ ނިންމުންތަކުން: އާޒިމް

  1 ދުވަސް ކުރިން ( ޖުލައި 29, 2021 )

  ކަރަންޓްބިލް މައްސަލައިގައި އާޒިމަށް މިހާރު ގޯހީ ކުރީ ސަރުކާރެއް ނޫން، ނޫސްވެރިން

  42 ސިކުންތު ކުރިން ( ޖުލައި 31, 2021 )

  މިކަލޭގެ މިއުޅެނީ އަނެއްކާ ރާބޮވުން ހުއްޓާލައިފީމޭ ބުނަންބާ ؟

 3. ރަބަރޭ

  ސަފީހުން (ދެއުޅި އެއްނުވާމީހުން) ގައުމުގެ އިސް މަގާމުތަކަށް އިސްކުރުމުން ނުވެނުދާނެ ގޮތް މިހިރަދަނީ ވަމުން

  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

 4. ޓަކިބެ

  ނޫސްވެރިންތަ ބިލް ހެދީ؟ އާޒިމް ހަމަހޭގަ ހުރި ދުވަހެއްނޫން އުތަ؟

 5. އޯގާދެރިވާ

  ވެންޓިލޭތަރތައް މީދާކާލި ހެން ހުރިހާކަމެއް ތިދުއްވާލަންތަ ތިޔައުޅޭނޫ އާޒިމު މާމަމެން ކިޔާދިން ވާހަކައެއް ހަދާނައް އަންނަނީ ވައްކަންކުރާމީހަކު ވައްކަން ކުރާހިތުން ނުނިދިގެން ރޭގަނޑު ދަންވަރު ފަޅުތެރެއިން ހިރިޔެއް ނަގައިގެން ބޯދަށައްލައިއިގެން ނިދިވާހަކަ މިހާރު މިފެންނަނީ ހަގީގަތުގަވެސް އެމަންޒަރު އާއެބަބުނޭ ހޫނުގަދަދުވަސްވަރު ކަރަންޓްބިލްބޮޑުވާނޭ ނަސާބެއްނު ފިނިމޫސުމެއްނާންނަކަން އެހެންނޫންނަމަ ރައްޔިތުން ހޯދާނުފެންނާނެ މިފެންނަނީ 2ރިސޯޓް އާއި ލެފްޓޮޕަކުން ގައުމުހިންގާމަންޒަރުބާ ލަދުންބޯހަލާކް

 6. ހުސޭނުބޭ

  ނޫސްވެރިންވެސް ދަބަހުގައި ދިޔާތަކެތި އުފުލަން ދަސްކުރޭ

 7. ކަމަނަ

  މަޖީލީހުގައި ވާހަކަދައްކާއިރު ވެސް މީނަދޮގުހަދާވރު އެނގޭނެ އަބަދުވެސް ގޯސްވާނީ ކުރީސަރުކާރު ބޮޑުވަރެއް