ޅ. ނައިފަރުގައި ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑު ނެޓްވޯކެއް ހިނގަމުން އަންނަ ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތުކޮށްފިއެވެ.

އުމުރުން ދުވަސްވީ މީހުންގެ އަތުން ފައިސާ ހޯދުމުގެ ބޭނުމުގައި ކުރަމުން އަންނަ މި ވިޔަފާރީގައި އިސްކޮށް އުޅެނީ ތިން ފިރިހެނެކެވެ. އެ ތިން މީހުންނާ އެކު މި ވިޔަފާރީގައި 15 ވަރަކަށް އަންހެނުން ޝާމިލްވާ ކަން އެނގިފައިވެއެވެ.

އުމުރުން 65 އަހަރުން މަތީގެ ފިރިހެނުން ކައިރިއަށް ޒުވާން އަންހެނުން ވައްދައިގެން ކުރާ މި ވިޔަފާރީގެ އަޑުތައް ރަށުތެރޭގައި މަދުން ނަމަވެސް ދެކެވެއެވެ. ނަމަވެސް މިކަން އެއްވެސް މުއަސަސާއެއްގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ. އަދި އެ ވިޔަފާރީ ހުއްޓުވުމަށް މިހާތަނަށް އައިރު އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށްވެއެވެ.

ނަން ނުޖަހާ ގޮތަށް ނައިފަރުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ވަނީ މި ވިޔަފާރިއާ ގުޅޭ ބައެއް ވާހަކަތައް ކިޔައި ދީފައެވެ.

އޭނާ ބުނި ގޮތުގައި މިމީހުން އަންނަނީ 65 އަހަރުން މަތީގެ މީހުންނަށް ލިބޭ ފައިސާކޮޅު "ފޭރެމުން" ނެވެ. އަދި ބައެއް މުސްކުޅިންނަށް ބިރު ދައްކައިގެންނާއި، ބްލެކް މެއިލްކޮށްގެން ވެސް އެކި ގޮތްގޮތުން ފައިސާ ހޯދަމުންދާކަމަށް ވެއެވެ.

"މިމީހުންގެ މަސައްކަތަކީ 65 އަހަރުގެ މީހުން ކައިރިއަށް އަންހެނުން ވައްދައިގެން މުސްކުޅިންނަށް ލިބޭ 5000 ރުފިޔާ ފޭރުމުގެ މަސައްކަތް ކުރުން. މި އަނދިރި ހަރަކާތް ހުއްޓުވަން އެބަޖެހޭ." އޭނާ ކިޔައި ދިނެވެ.

ނައިފަރުގައި އުޅޭ އެހެން މީހަކު ކިޔައިދިން ގޮތުގައި މި މީހުންނަށް ފިޔަވަޅު ނޭޅި ދަނީ ސިޔާސީ ނުފޫޒުންނެވެ. އޭނާ ކިޔައިދިން ގޮތުގައި މުސްކުޅިން "ލޫޓް" ވާން މި މީހުން ކުރާ މަސައްކަތަށް ހުރަސްއަޅާ މީހުންނަށް ތަފާތު އިންޒާރުތައް ދެއެވެ.

އެގޮތުން ދެ ކަމެއް އެމީހާ ފާހަގަ ކުރިއެވެ.

އެއީ މީގެ ދެތިން ހަތަރު ވަރަކަށް އަހަރު ކުރިން މި ވިޔަފާރީގެ މައުލޫމާތު އެނގުނު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ހާދިސާއަކާއި، މިދިޔަ ހަފްތާގައި ނައިފަރު ގެއެއްގެ ކައިރީގައި ހުރި ސައިކަލެއްގައި ރޯކޮށްލި ހާދިސާއެވެ. އޭނާ ތުހުމަތު ކުރަނީ މި ދެ ހަމަލާއަކީވެސް މި ވިޔަފާރީ ކުރަމުންދާ ފަރާތްތައް އަޑީގައި ތިބެގެން ދިން ހަމަލާއެއް ކަމަށެވެ.

މީގެ ދެތިން ދުވަސްކުރިން ނައިފަރު ގެ އެއްގެ ދޮރުމަތީ ހުރި މޫވް ސައިކަލެއްގައި ރޯކޮށްލާފައި --

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ޕިސްޕިސް

  ސުބުހާނަﷲ ބިރެއް ކަމެއް ނެތް
  ލިބިފަ އޮތަ ކުޑަ ވަގުތުގަވެސް އަޅުކަމެއްނުކޮއް ލެއްވިހާ ނުބައި ކަމެއް ކުރަނީ
  ކޮއްކޮއްތިއްބަ އަޒާބެއް ﷲ ފޮނުވަންވީ މި އެއްޗިސް ތަކައް

  98
  4
  • ހިދާޔަތް

   ބަލަ މީ ޔޫރަޕެއް ނޫނޭ ފާޑުފާޑު ވައްތަރިގެ ނާސިގެތަކާއި އަންހެނުން އުޅޭކަށް. މިއީ މާތް ﷲ ގެ އެންމެ ބޮޑު ނިޢްމަތް ކަމުގައިވާ އެކަލާނގެ ހިދާޔަތް ދެއްވާފަައިވާ ގައުމެކޭ.

   44
   2
   • ބަފޭ

    އަމޭމެންނަށް ހީވަނީ އެންމެންވެސް އުޅޭނެޔޭ އަމޭމެން އުޅޭހެން. ބަލަގަ ފުލުހުންގެ ތެރޭގައިވެސް ގިނަ ވާނީ ރަނގަޅު ކުދިން. ޢަމޭމެން ކިތައް މީހުން ކައިރިއަށް ވަނިންތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަބަ؟

    ސަލާމް
    ބަފޭ

 2. ނުހާދު

  ގިތާމަތް ކައިރިވެނިމިއްޖެ

  96
  5
  • މުހަންމާ

   ހަށިވިއްކުން އެއީ ދުނިޔޭގެ އެންމެ ދުވަސްވީ ޕްރޮފެޝަން.

 3. ޖުމުހޫރީ މައިދާނުން

  އެމީހުން ހިފާ ހައްޔަރު ކުރޭ.

  113
  3
  • އަމޭ

   ކިހިނެއް ހައްޔަރުކުރާނީ.. ހައްޔަރުކުރަން އަންނަން ތިބީ އެންމެގިނައިން އެކުދިންގެ ބޭނުންކުރާމީހުން..

   93
   6
  • މަންޑޭލާ

   ކިހިނެތް ހަތްޔަރު ކުރާނީ އެންމެފަހުން ވެސް މީހަކު ހައްޔަރުކުރަން ދިޔަ ޕޮލިހުން މިހާރު ތިބީ ވަޒީފާއިން ވަކިކޮއްފަ ތި ރަށް އިސްލާހުކުރަން ޕޮލިހުން އުޅުނިއްޔާ އެބަޔަކު ހަނާވެގެން ދާނީ މީ ވަރަށް ވާހަކަ

   48
   6
 4. ސަހު

  ލާއިލާހަﷲ
  ކޮންފަދަ ނުބައި އަމަލެއް
  ދުނޔެއައް ވަމުން އައްނަ ގޮތް މި މީހުންނަށް ނުފެއްނަނީބާ
  ދުނިޔެ މިއޮއް ހަލާކުވަނީ

  96
  5
 5. ރަދީފުލް ކުމާރު

  އިބޫވެއްޖެއްނު އަމިއްލަ އަތޮޅަށް ޝޭހުންފޮނުވައިގެންނަމަވެސް މިކަން ހުއްޓުވާން.

  92
  10
  • ޙަސަނާ

   ބިރަކާނުލައި މަޖާކުރުމުގެ ފުރުޞަތު ދޭންކަމަށް ވަޢުދުވެގެން ވެރިކަމަށް އައި ބަޔަކަށް އެފަދަ ކަންތަކެއް ނުހުއްޓުވޭނެދޯ؟

   40
   7
  • ޒައިކް

   ތި އިއްޔެއަކު މިއަދަކު ހިނގަންފެށި ކަންކަމެއް ނޫން.. ވަގުތުން ރަށްރަށަށް ހުތުރު އަރުވާ ބަދުނާމުކުރަން މަސައްކަތްކުރާތީ މިހާރު މާ ފާޅުކޮށް ތިޔަކަމެއް ތިޔަ ފެންނަނީ.. އޭގެ ބަދަލުގަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާ އިސްލާޙްކުރުން ބުއްދިވެރި

   19
   8
 6. ތާޖު

  ހަށި ވިއްކާ އަދި ގަންނަ ވިޔަފާރި. 65 އަހަރުން މަތީގެ މީހުންގެ ފައިސާ ޖަހައިގަންނަނީ އެއް ނޫން ދޯ. 65 އަހަރުން މަތީ މީހުން ހަށި ގަންނަން ހޭދަ ކުރާ ފައިސާ މީ. އެމީހުންނަކީ ވަކި "ވިކްޓިމް" އެއް ނޫން.

  35
  3
  • ތާޖުގެ ސޯޓު

   ވިއްކާތީ ގަނެވޭނީ. މުސްކުޅިން ކީއްކުރަން ޒުވާނުންވިޔަސް ދިހަހާސް ސަރުކާރުން ދިނަސް ވިއްކަން ނެތް އެއްޗެއް ނުގަނެވޭނެ.

   8
   3
 7. ޖިންނި

  އެއީ ލާދީނީ އެމް ޑީ ޕީ ބޭނުންވާ މަޑުކަށި ފިކުރު

  33
  7
 8. ފޫހި

  މީ އެންމެ ހައްޤުތައް ގިނަމީހުން މިމީހުން ކޮންމެވައްތަރަކަށް އުޅުނަސް މީހަކަށް އެއްޗެއްވެސް ނުބުނެވޭނެ. ބުނާ މީހާ އަށްވަރު އަރުވާލާނެ. މިމީހުންނާ މިމީހުން ގާތަށްދާ މީހުންނަށްވެސް އަދަބު ލިބެންޖެހޭނެ.

  28
 9. ޢަލީ

  އެމީހުން ކާރިއަށް ވަންނަ މުސްކުޅިން ކުއްވެރިއެއް ނުވޭ؟ގަންނާތީ ވިއްކެނީ..ކީއްވެބާ އެމީހުން ޑިފެންޑް ކުރަނީ މި

  37
  1
 10. ވައިކިންގ

  ޖީ. އެސް. ޓީ ދައްކާތަ؟

  26
  4
 11. އެމްސީނު

  ތިލިބޭ ބައިވަރު ގިނަވީމަ ވާގޮތް. އެލަވަންސް ދިނުން ހުއްޓާލާ، ޖީއެސްޓީ ނުދައްކާ ކުލަބުތައް ބަންދުކުރޭ

 12. ރިޔާޒު

  އެމްޑީޕީ ވެރިކަމަށް އައިފަހުން އިޖުތިމާޢީ ފޭރާން ވީދެމުން ގޮސް ބޮޑެތި ފާހިޝް ޢަމަލުތައް އެއްވެސް ބިރެއްނެތި ކުރަމުންދާކަން ފާހަގަ ކުރެވޭ.

  4
  3
 13. ކަނަ

  މީ ހޯރައިއްބެއާ އަލީ ވަހީދު ސަލާމަތްކުރި ސަރުކާރު ނުބައިކަމެއްވިއްޔާ ހިތްވަރުދޭނެ

  4
  3
 14. ބަސްހުސް

  ތިލާރި ދޭމީހާ އަކީ ހުރިގޮތަށް ހުރި އަލިފެއްދޯ! އޭނަ ލޫޓުވާ ކަމަށްވަނީ. އޭނަގެ ނުބައި ނުލަފާ ކަމުން ތިވިޔަފާރީއެއް ތިކުރިއަށް ދަނީ! ގަންނާނެ މީހަކު ނެތިއްޔާ ކުރާނެ ވިޔަފާރީއެއްވެސް ނޯންނާނެ! ތި ނަން ހާމަ ނުކޮށް ވާހަކަ ކިޔާދިން މީހާއަށް އައްސަރިބހާއި ސާބަސް!

 15. ޟނ

  ﷲ ސުބުހާނަހޫ ވަތަޢާލާ ޤިޔާމަތްދުވަހުގަ ރަޙުމަތު ގެ ބެއްލެވުމަކުން ނުބައްލަވާނެ މުސްކުޅިހާލަތުގައި ޒިނޭކުރާމީހުންނަށް.....ޔާ ﷲ އެބައިމީހުންނަށް ތެދުމަގު މަގުދައްކަވާންދޭވެ....އާމީން...

 16. ޖުނާ

  ވިޔަފާރި ކުރާ ދެ ފަރާތްވެސް ގޯސް. ކަމާބެހޭ ފަރާތްތައްވެސް ގޯސް. ވަގުތުން ފިޔަވަޅު އަޅަން ޖެހޭ. ކީއްވެ ނޭޅެންވީ. އެޅޭނެ. ނާޗަރަންގީ ކުޅެން އެހެން ގައުމަކަށް ރައްކާވާންވީ. މި ފަސްގަނޱު މުޅިން ހަލާކު އެބަކުރޭ. ސުނާމީ އާ ބިންހެލުންތަކާ ނުބައި ބަލިތަކާ މުޅި ދުނިޔެ މިއޮށް ފަނާ ވަނީ. ހޭލަން ވެއްޖެ

 17. ކުޑަމޫސަ

  ރައްވެހި ފަތިހަކަށް އަލިވިލުނީ ، ރީދޫ ބޮޑިބަތްކައްކާފަ ބާރަށްއަތްޖަހާ .........

  2
  2