ދެ ސައިކަލު ޖެހިގެން ހދ. ހިރިމަރަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ރޭ 12:30 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ފިރިހެނަކަށެވެ. އެ ދެ މީހުން މިހާރު ވަނީ އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، ރޭ ހިނގި އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ކަމަށާއި، މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެން ކަމަށެވެ.

"އަނެއްހެން ޑޮކްޓަރު ފަރާތުން މައުލޫމާތު ލިބިފައި އިން ގޮތުގައި، ދެ މީހުންގެ ހާލުވެސް ސްޓޭބަލް، އެކްސްރޭއެއް ނަގަން ރިކުއެސްޓްކޮށްފައި އިނީމަ މިހާރު ދެ މީހުންވެސް ވަނީ ކުޅުދުއްފުށީގައި"،

އޭނާ ވިދާޅުވީ، އެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެން ގޮސްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު، އެއް ސައިކަލުގައި ދެ މީހުން ތިއްބެވެ. އޭނާއަށް އަނިޔާވެފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލް ވިދާޅުވީ، އެރަށުގައި އެކްސިޑެންޓެއް ހިނގައިގެން ރޭ ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު