ނައިބް ރައީސް ފައިސަލް ނަސީމް ކ. ގުރައިދޫ އަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ގުރައިދޫ އަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ނައިބް ރައީސްގެ މި ދަތުރުފުޅުގައި ގުރައިދޫ ގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

ނައިބް ރައީސް، ގުރައިދޫ ސިއްހީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ:ރައީސް އޮފީސް

އެ ޒިޔާރާތުގައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަރުކަޒުގެ ހުރި ކަންބޮޑުވުންތައް ނައިބް ރައީސް އޮޅުންފިލުވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި އެ ރަށު ސިއްހީ މަރުކަޒަށްވެސް ނައިބް ރައީސް ވަޑައިގެންނެވިއެވެ.

ނައިބް ރައީސް ރަށަކަށް ވަޑައިގެންފައިމިވަނީ ގިނަ ދުވަސްތަކަކަށް ފަހުއެވެ.