ސަރުކާރު އޮތީ ރޮދިފަށެއްގައި އެލިފައިކަމަށް ރައްޔަތުން މަޖިލީހުގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިރޭ ބޭއްވި ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ޕީޖީގެ ފަރާތުން ބޭއްވި ޕްރެސްގައެވެ.

މަހްލޫފް ވިދާޅުވީ ކޮންމެ ގަޑިއެއްގައިވެސް އެ ރޮދިފަށް ކެނޑި ހިނގައިދާނެ ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުން ވަޒީފާއިން ވަކިވެ އިސްލާހީ ހަރަކާތާވެސް ގުޅޭނެ ކަމަށެވެ.

"އަޅުގަނޑަށް މިއަދުވެސް ބައެއް ފުލުހުންނާ ސިފައިން އެބަ ގުޅާ ވަޒީފާއިން ކެނޑިގެން އަޅުގަނޑުމެންނާ ގުޅޭނެކަމަށް. މާދަމާ ރެއާ ހަމައަށް ދާއިރު އެކަން ފެންނާނެ ކަމަށް އުއްމީދު ކުރަން." މަހްލޫފް ވިދާޅުވިއެވެ.

އަދި އެއްވެސް މީހަކު ރައީސް ޔާމީން ދެކެ ބިރުގަންނަން ނުޖެހޭ ކަމަށާއި އެންމެ ބޮޑުވަރަކަށްވެސް ލެވޭނީ ޖަލަށް ކަމަށް ވިދާޅުވިއެވެ.

"އަމުރާ ދޭތެރޭ އަޅުގަނޑުމެން ވަރަށް ބޮޑަށް ސުވާލު އުފައްދަން.އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ ތިން ފަނޑިޔާރުން ނެރުއްވި އަމުރެއް ކަމަކަށް." މަހްލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވެފައިވަނީ އެއީ ސީދާ ބޮލުގައި ބަޑި ޖައްސައިގެން ނެރެފައިވާ އަމުރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ްޤައުމު

    އެމް.ޑީ.ޕީ ވެސް އޮތީ ހަމަ އެހާލުގަ ހަމަ އެރޮދި ފަށުގަ އެޅިފަ. ދެންކޯންޗެއް ތިކިޔަނީ.

  2. އަބްދުއްލާ

    ބާރުގަދަ ރޮދިފަށެއް . އެ ރޮދިފަށެއް ނުކެނޑޭނެ

  3. ބުލް

    މަޚުލޫފު ރައީސުޔާމީނު ހުވާކުރިވަގުތުންފެށިގެން ޔާމީނު ވައްޓާލަން ކަލެއާ ކލޭގެބައިވެރިންހުއްޓުމެއްނެތިމަސައްކަތް އެބަކުރޭ އެކަމަކުވެސް ދައުރު ނިމިގެން މިދަނީ

  4. ހުސޭނުބެ

    މިމީހުންގެ ހާލުހުރިގޮތްވެސް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ

  5. މަންޖެ

    މަހުލޫފު ކަލޭތިހުރީ ރޮދިފަށެއްގައި އެޅިފައި. އެއީ ބޮލުގައި. ބުނަން މިއުޅެނީ ބޮލުރޮއްޖެކޭ ތިޔައީ

  6. ގޭންގު

    ބަލަކަލޯ ތިހުރީ ހަމަހޭގައިތަ

  7. ވިސްނާ

    ކޮންރޮއްޖެކޭ ކިޔާކަށް.. އެހަށް އެއްބަޔަކު އަނެއްބަޔަކަށް އަދަބު އިހުތިރާމް އަދާކުރަން ދަސްކޮށްބަލަ....ތީކި ކުޑަކުދިންނެއްނޫން... ޢަދި ސިފައިންނަފުލުހުންގެ ބޮލަށް ޗިޕު ޖަހަން އެބަ އުޅެއެއްނު....ހިތަށް އައިހާއެއްޗެއް ކިޔާފަ ބޮލުގަ ބަޑިޔޭ ....ބަލަތިކަހަލަ ދެއުޅިނުވާ ވަހަކަ ދައްކާބައެއް ކައިރިއަކަށް އެކަކުވެސް ނުދާނެ

  8. ރަބީޙާ / ހުޅުމާލެ

    އިދިކޮޅު އެމްޑީޕީއާ އަދާލަތާއި ޖުމްހޫރީޕާޓީ މަރަށް ޙާޟިރުވެފަ އޮއްވާ ޔަހޫދީ ދައުލަތްތަކަކުންނައި ބުދު ފައްޅިތަކަކުން ފައިސާދީގެން އަލުން ދިރުމެއް އައީ! އަލުން މިހާރު އެވަނީ އައިސީޔޫއަށް ގެންދަން ޖެހިފަ!

  9. ޙަފްޞާ / މާލެ

    2018 ގެ އިންތިޚާބުން ދައްކާލާނަށް ތިކަން އިދިކޮޅަށް ކަލެޔަށް! އިންޝާއަﷲ! އަތުންފައިން ކަމެއްނުކޮށް ބަޔެއްގެ ތައްޕާހުން ކައިބޮއި އުޅޭންޏާ އެމީހުން ހިތްހަމަޖައްސަންވާނެ!

  10. ކާފަ

    މަހަލޫއްޕެއް ސޫއްޕެއްކަމަކު ފޮނިނުކަނޑަބަލަ. މިވެރިކަމާ ދެކޮޅަށް މަދުމީސްކޮޅަކާއެކު ކުރާ ކަޑަ މުޒާހަރާގަނޑެއް ފިޔަވާ ދެން ކުރެވުނު ކަމެއް ދައްކަބަލަ. ދިވެހި ފުލުހުން ސިފައިން ނޫޅޭ ތިތަނަށް ދާކަށް އަދި ކުރިން ތިތަނަށް ދިޔަ މަދު ބަޔަކުވެސް މިހާރު މޮޔަހީވެ ތި ސަފުން ގެއްލިއްޖެ. ތިހެން ކިޔަކިޔާ ހުއްޓާ 5 އަހަރު ވާތީ އަނެއް އިންތިޚާބަށް އެގޮވާލީ. ދެން ސީލާންވީނު

  11. ާަަނުރަބޯ

    އެއީ މާތްﷲގެ ރޮދިފަށެއް ކަމަށް ވާ ނަމަ އެ ރޮދިފަށް ފަލަ ވަލަކަށް ވުރެ ބާރުގަދަވާނެ.

  12. އާދަނު

    ކަލޭމެންގެ އަމިއްލަ މަސްލަހަތައްޓަކާ ކަލޭމެން ބޭނުންވަނީ ސަރުކާރަކީ ނިކަމެތި ތަނަކަށް ހަދަން އޭރުންތާ މިޤައުމު ހުޅަނގުން ބޭނުންވާގޮތަށް ސީރިޔާފަދަ ޤައުމަކަށް ހަދާލެވޭނީ ، ކަލެޔަށް ހަމަވިސްނުން ދެއްވާށި. އާމީން

  13. ކާޅުކެއަސް ސޮއްނުގޮވާ

    2012 އިން ފެށިގެން އެއްލަވައެއް ކިޔަކިޔާ ތިއްބާ ކާމިޔާބު އެއް ދައުރު ފުރިހަމަ އެކުރައްވަނީ. ތިމާމެން ޤައުމު އިދަޖައްސަން އެއްގައުމުން އަނެއް ގައުމަށް އާދޭސް ކުރަމުން ދުވެ ދުވެ ތިއްބާ 2 ވަނަ ދައުރުވެސް ﷲ އިރާދަކުރެއްވިއްޔާ ފިރިހަމަ ކުރައްވާނެ. ހުރިހާވެސް ކަމަކީ ޖީޞު ބޮޑުކޮށްގެން ތިބި އަދިވެސް ބޮނޑި ބަންނަން ބޭނުންވެފަ ތިބިބަޔަކަށް ރައްޔިތުންނަށް ލިބެމުންދާ ތަރައްޤީ ފެނި ހަމަ މޭކަރަނީ

  14. ހެޔޮއެދޭމީހާ

    ސަރުކާރާއެއްކޮޅަށް ކޮމަންޓްކުރާމީހުން ކިތަށްމެގަދަހެދިޔަސް
    މަހުލޫފު އެވިދާޅުވީތެދެއްކަން އެގެން ޖެހިއްޖެ
    ކިތަށްމެ ހިތްނުރުހުނަސް އަނިޔާގެ މަށްޗަށް ނިޔާ ވެރިވެގަންނާނެ މިއީތޯތޯއެއްނޫން ﷲ ގެއަމުރުފުޅުއައުމުން
    އެކަމެއް ވާށޭ ވަޙީ ކުރަށްވާނީ ދެން އެކަމެއްވެ ދެތެވެ.
    އަނިޔާވެރިކަން ދިފާޢުކުރަން ތިޔަކޮމެންޓްތިކުރަނީ
    ޚްދްމުޚްތާރުވެރިޔެއް ކުރާކަންކަމުގަ ބައިވެރިވެ ކަންނުވެ ނަންވާން
    އެހެންމީހަކުކުރާ ބޮޑުފާފައެއްގަ ތިމާބައިވެރި ތިވެވެނީ
    ވިސްނާލާން ޖެހޭކަމެއްތީ

    • ފަގިޑި

      ދޫޏާ ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ފަރާތް ތިޔަރީންދޫ ހުމުގެ ގިނަމަ މީހުންނަށް ކިނަފަހަރު ބޭނުންކުރެވޭ ބަސްތަކަކީ ދޮގުބަސްތައް ކަން ފާޅުކޮށް ހެއްކާއެކު އެނގެެން އެބަހުރި ޙައްޤަކީ ދޮގުބަސް ބުނުމެއްނޫން ދޫޏާ ކަންމެއްކާމިޔާބުކުރަން ބޭނުނުންނަމަ ތެދުވެރިވޭ!!

  15. ާަަޖޮއްބެ

    ސަރުކާރު އޮތީ ރޮދިފަށެއް ކީއްކުރަން ބޮނބި ނަރުފަށެއްގައި އެލިފައި ކަމަށްވިޔަސް، މިސަރުކާރަށްވުރެ މިގައުމަށާ ރައްޔިތުންނަށް ލާބަޔާ މަންފާ ހުރި ސަރުކާރެއް އަދި މިހާތަނަށް މިގައުމުގައި ގާއިމު ވެފައެއް ނެތް. މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގައުމުގައި އޮތީ ޢާއްމު ފަގީރުކަމެއް ފެތުރިފަ، އިގްތިސޯދު އިނދަޖެހިފައި، ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގުތައް އިންތިހާ އަށް މައްޗަށް ގޮއްސަ. ތަދު ބޭހަކަށްވެސް ޑޮލަރެއް ނުލިބޭ، ރީނދޫ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ގައުމު ދަރާވިކި ބޭންކްރަޕްސީ އިޢުލާނު ކުރާ ހިސާބަށް ގޮއްސަ އޮއްވާ މާތްﷲ މިގައުމު ސަލާމަތްކޮށްދެއްވާ އަނިޔާވެރި ޚާއިނުން ބަލިކުރެއްވީ އެވެ. މިއަދު މަހޭމެން ތިޔަ ތެޅި ފޮޅެނީ ހަމަ އެއްކަލަ ނިކަމެތި ކަމާ ފަގީރުކަން އަލުން އަނބުރާ ގެންނާށެވެ. އިންޝާﷲ އެކަމެއް ނުވާނެއެވެ.

  16. އަލީ

    މަހްލޫފް އަކީ އަސްލުވެސް ވަރަށް ފިޑި މީހެއް ޤައުމުގެ ޒުވާނަކަށްވެހުރެ ޒުވާނުންގެ އުމްމީދު ހުއްޑުވަން މަސައްކަތް ކުރުމަކީ " ފުޓްބޯޅަ ހުއްޑުވުމަށް ގޮވާލުމަކީ ތިމާއަކީވެސް ޤައުމަށް ހެޔޮއެދޭ މީހެއް ނޫންކަން ޤައުމައް ލިބޭ ތަރައްގީ ހުއްޓެވުން މިޤައި ބަލައެއް ނުގަންނާނެ....

  17. އަލީ

    ކަލެޔަކަށް އެރޮދިފަތް ކެޑޭގޮތެއްނުވި ދޯ ހާދަ ބޮޑުފިޑިޔެކޭ އެންވީމަ ތިއުޅެނީ ރޮދިފަށެއް ކަޑާނުލެވިގެން ވިއްޔާ.