އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ހުރި ޓްރެޑްމިލްއެއްގައި އަލިފާން ރޯވެގެން ސިފައިންނަށް ރިޕޯޓްކޮށްފިއެވެ.

މިއީ މިއަދު ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފޭދޫ ފަޝަން ގޭގައި ހުރި ޓެރެޑް މިލްއެއްގައި ރޯވެގެން އެމްއެެންޑީއެފް އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ޓީމުން އެގެއަށްދިޔައިރު، އެ ގޭގެ މީހުން ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 16:00 އަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ ފޮޓޯތަކެއް އެމްއެންޑީއެފް އިން އާއްމުކޮށްފައިވާއިރު، އެ ފޮޓޯތަކުން ފެނިގެން ދަނީ ކުޑަކުޑަ އެ ޓްރެޑްމިލް ހަލާކުވެފައިވާ މަންޒަރެެވެ. އަދި ކަރަންޓް ބޯޑެއް ފެންނަ ފޮޓޯއެއް އެމްއެންޑީއެފް އިން އާއްމުކޮށްފައިވާއިރު، އެ ހާދިސާގައި އެ ގޭގެ ކުޑަ ދޮރުގައި ހަރުކޮށްފައި ހުރި ކާޓެއިންސްގައި ރޯވެފައި ހުރިކަން އެނގެއެވެ.