ގެއްލިގެން ހޯދަމުން ދިޔަ އދ. ކުނބުރުދު އަށް އުފަން އަހުމަދު ނައުފަލް ފެނިއްޖެއެވެ.

އުމުރުން 26 އަހަރުގެ ނައުފަލް ގެއްލިގެން ހޯދަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެނެވެ. އޭނާއަކީ ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

"ކަންނެލި ދޯންޏެއްގައި ނައުފަލް މަސައްކަތް ކުރަނީ. އެންމެ ފަހުން އޭނާ އޮންލައިންވީ މި މަހުގެ 27 ގައި. އޭނާ ހުޅުމާލެ އަށް ފޭބީ ޑޮކްޓަރަށް ދައްކާލަން ވެގެން. ދޯނީގައި ހުރެފައި ފޭބީ ވެސް ހުޅުމާލެ އަށް،" "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ކިޔައި ދިނެވެ.

ފުލުހުން ވެބްސައިޓްގައި އާއްމުކޮށްފައިވާ ގޮތުގައި އޭނާ ވަނީ ފެނިފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ނައުފަލްގެ އާއިލާއިން ބުނީ، ނައުފަލް ފެނިފައި ވަނީ މާލެ އިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިނާ

    އަލްހަމްދުލިﷲ

    81
    1
  2. މެން

    އޭނާ ގެއްލުނ ު ސަބަބު ކޮބާ

    29
  3. Anonymous

    ކީއްވެތަދެން ދޮންކަލޯ ޢާއިލާއަށް ޚަބަރެއްނުވީ
    ފޯނު ހަލާކު ވިއްޔާ އެގޭގެއަށް ވެސް ތިމާގެ މީހުން ކައިރިއަށް ދެވުނީހެއްނު.
    ހާދަ ބިރުން މޭ އެންމެން މިތިބެނީ

    32
    1
  4. މިތުރާ

    ގެއްލުނީތަ؟ ގެއްލި ގެން އުޅޭކަށް ނުޖެހޭނެ .ޕޮލިސްޓޭޝަން ހުރޭ.ކާރި ކާރިން މީހުން ދަތުރުކުރޭ، ފެމިލީހާސްކުރުވަން ފިލާ ގެން އުޅުނީތަ؟

    7
    2
  5. ޙަބީބު

    ބިޓުކެޓިޔަސް މިގޮތައް ނޫޅޭތި އެއްވެސްކުއްޖެއް މީވަރައް ކަޑަކަ މެއް

    1
    1
  6. ކަނީރު

    ގަސްތުގައި ފިލާފައިވާނަމަ އަދަބުދޭންޖެހޭ

    1
    1
  7. ދިރާސާ

    ކޮން މެވެސް ގޯހެއް ހިނގައިފި. ހުޅު މާލެއަށް ފޭބި
    މީހާ މާލެ އައި ގޮތެއް އަދި، ފޯނު ހަލާކުވެގެން އޭރު ނު ގުޅުނު މީހަކަށް 6 ދުވަސް ފަހުން ތަގުޅަން ރައްޓެއްސަކު ލިބުނީ.؟ ރައްޔިތުން އެލާރޓު ވާރެއް ބަލާލަން ބަޔަކު ޖެއްސި ގޭ މެއްތަ؟ ހުރިހާ މައުލޫ މާތެއް ގެނެސް ދޭން ޖެހޭނެ.