ކުޅުދުއްފުށިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މީގެ ތެރެއިން އެކަކަކީ ވަކިތަރުތީބެއް ނެތި ކޮވިޑަށް ޓެސްޓް ކުރަން ސުންކު ނެގި މީހުންގެ ތެރެއިން މީހެކެވެ.

ފައްސިވި ހަތް މީހުންގެ ތެރެއިން ހަމީހުންނަކީ މީގެ ކުރިން ކޮވިޑަށް ފައްސިވި މީހުންނާއި ބައްދަލުވެފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންނެވެ. މިއަދު ފައްސިވި ހަތް މީހުންނާއިއެކު ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 41 އަށް އަރާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެރަށުން ކޮވިޑަށް ފައްސިވި މީހުންނާއި ގުޅިގެން 204 މީހަކު މިހާރު ކަރަންޓީންގައި އެބަތިއްބެވެ. އެރަށުގެ 61 ގެއެއް މިހާރު ހުރީ ކަރަންޓީން ކޮށްފައެވެ.

ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު ޖުމްލަ 61 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ. ކޭއާރުއެޗުން ހާމަކޮށްފައިވާ ގޮތުގައި މި ކޭސްތަކާއި ގުޅިގެން 204 މީހަކު މި ވަގުތު ކަރަންޓީނުގައިވެސް އެބަތިއްބެވެ.

ކުޅުދުއްފުށިން ކޮވިޑް ފެނުމާއި ގުޅިގެން މިހާރު އެރަށް އޮތީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެހެންކަމުން އެރަށަށް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ. މޮނިޓަރިންގެ ހާލަތައް ގެންނަ އެހެން ރަށްތަކެކޭ އެއްފަދައިން ކުޅުދުއްފުށީގއި ވެސް ރޭގަނޑު 21:00 އިން ފަތިހު 4:00 ދަނީ އަންނަނީ ކާފިއު ހިންގަމުންނެވެ.

ކުޅުދުއްފުށިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހޮސްޕިޓަލާއި ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު