ކޮވިޑް-19 އާއި ގުޅިގެން ހއ.ދިއްދޫގައި ކަރަންޓީން ކޮށްފައިވާ ގެތަކުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ސަރުކާރުން -/500 ރުފިޔާ ދިނުމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ގޮވާލައިފިއެވެ.

ކޮވިޑް ފެތުރެމުން ދާތީ މިހާރު ވެސް މޮނިޓަރިންގައި އޮތް ދިއްދޫގެ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްދޫ މޮނިޓަރިންގައި އޮންނަތާ ގިނަދުވަސްތަކެއް ވަމުން ދާތީ ކަރަންޓީން ކޮއްފައިވާ ގެތަކުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކޮންމެ ދުވަހަކު ކަރަންޓީން ކޮއްފައިވާ ގެތަކުގެ ރައްޔިތުންނަށް -/500 ރުފިޔާ ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ހޮޓާ, ރެސްޓޯރެންޓު އަދި ވިޔަފާރިވެރިންނާއި, އަމިއްލަ މަސައްކަތުން ދިރިއުޅެމުންދާ ފަރާތްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުން ތަކަށް އަވަސް ހައްލެއް ހޯދާދިނުމަކީ ސަރުކާރުން މިހާރުން މިހާރަށް ކޮށްދޭންޖެހިފައިވާ ކަމެއް ކަމަށެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅެކެވެ..

ކޮވިޑް-19 އަށް ފައްސިވެއްޖެނަމަ ނުވަތަ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ގާތުން ބައްދަލު ވެފައިވާނަމަ 14 ދުވަސް ވަންދެން ކަރަންޓީން ކުރެއެވެ. ފައްސިވެފައިވާ މީހުންނާއި ގާތުން ބައްދަލުވާ މީހުން 14 ދުވަސް ވުމުން ކޮވިޑަށް ޓެސްޓް ކުރާއިރު ފައްސިވެއްޖެނަމަ އަނެއްކާ ވެސް މަދުވެގެން 14 ދުވަހު ކަރަންޓީންގައި ހުންނަން ޖެހެއެވެ. މިހެން ދިމާވުމުން ގިނަ ބަޔަކަށް ވަޒީފާއަށް ނުނިކުމެވި ގޭގައި ތިބެން ޖެހި އާމްދަނީއަށް އަސަރު ކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ވާން ޖެހޭ މީހުންނަށް އެލަވަންސެއް ދިނުމުގެ ވާހަކައެއް އަދި މިހާތަނަށް ސަރުކާރުން ދައްކާފައެއް ނުވެއެވެ. ކަރަންޓީން ވާން ޖެހޭ މީހުންނަށް މިހާތަނަށް ލިބުނު ހަމައެކަނި ލުޔަކީ ސަރުކާރު މުވައްޒަފުން ކަރަންޓީންގައި ތިބޭ ދުވަސްތައް އަހަރީ ޗުއްޓީން އުނިނުކުރެވޭ ގޮތް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ނުޖެހޭ 500 ދޭކަށް. އުސޫލުތަކާ ޚިލާފްވީ ތިރަށު މީހުން އަމިއްލައަށް. ސަރުކާރަކުންނެއް ނޫން.

    21
    4
  2. ޙިމާ

    އެއޮތީ ދީފަ😅😅

    10
    2
  3. މުހައްމަދު

    އަލަށްތަ ބަޔަކު ކަރަންޓީން ކުރީ

    18
    3
  4. ، hi

    އިލްމީ ގޮތުން ކިހާ ބަދުދަނެއް ހުރި މީހެއްބާ ތ ތިއީ؟ ހީވަނީ މަނިޓަރ

    11
    3
  5. ރައްގުޑާ

    ސޯލިހު ހއ.ދިއްދޫ ރައްޔިތުންނަށް ދޭނެ 500 ރުފޮޔާގެ މިންވަރެއް ވެސްނެއް ހަމައެކަނި އުދުހޭ ކާޕެޓު ފޮރިން މިނިސްޓަރު ގައުމުތަކަށް އުދުހެން ރުފިޔާހުރީ !!!!! ސޯލިހުއަށް ވޯޓުދިން އެންމެން އަތްޖަހާ👏👏👏

    17
    4
  6. ފޭސްބުކް ޕޯސްޓް

    ތި ދެން ޚަބަރެއް؟

    9
    1
  7. ދިދަ ދަނޑި

    ދިއްދޫ މީހުން މީ މަތިން ފައިބައިގެން އައިސް ތިބި ބައެއްތަ؟ ލޮލް

    18
    4
  8. ްޤައުމާއިމެދު

    އެއްވެސްހާލެއްގަ ކަރަންޓައިންގަ ތިބޭ މީހުނަށް ސަރުކާރަކުން ލޯލާރިޔެއްވެސް ދޭކަށް ނުޖެހޭނެ.އިންސާނީ ހަމަހަމަ ތަރާދަކުން ލޯހުޅުވާ ބަލައިފިނަމަ ކަރަންޓައިންގަ ތިބޭމީހުން ސަރުކާރަށް ފައިސާ ދައްކަން ޖެހޭނީ.ސަރުކާރު ހެޔޮފުޅުވީމަ ނާޖާއިޒް ފައިދާ ނަންގަވަންނޫޅުއްވާ.ކައުންސިލަކަށް މިވަރުގެ ގަމާރުން ހޮވާކަށްނުވާނެ.

    12
    5
  9. ×

    މުޅިއަކުން ހަމަޖެހޭ ވާހަކައެއްވެސް ނޫން އަދި ގޯހެއްވެސްނޫން އިންޑިޔާ މީހުން ރާއްޖެ ކަރަންޓީނު މަރުކަޒަކަޒަކަށް ހަދައި ތިންއިރު ފްރީކޮށް ސާދަދުވަސްވަންދެން ކައިގެންތިބެންޔާ ×

    1
    1
  10. ސލ

    ތަޅާބުރުއްސަން ސަރުކާރުގައި ލާރި ހުރިއިރު ކަރަންޓީނުގައި
    ތިބި މީހުންނަށް އެހީވުން މާރަނގަޅެވެ.

    1
    1
  11. އަލީ

    މީނަގެ ސިކުޑީގެ ޓެސްޓެއްހެދުން ކޮންމެހެންވެސް ކުރަނަޖެހޭ ކަމެއް

  12. އުސްމާނުބެ

    ކޮބާ ، ދެން އަވަހައް އެންމެން ކަރަންޓީން ވާން އުޅޭ، 500 ލިބެންޔާ ދުވާލަކައް... ވަރައް ސަޅި.
    މީއަސްލު މިހާރު ގިނަ ދިވެހިން ބޭނުންވާ ގޮތް

  13. ފަރޫ

    ސަރުކާރަށް ޖެއްސުން ކުރާގޮތަށް ވާހަކަ ނުދައްކާ ރައްޔިތުންނަން މަމޮޅުވެގެން ނޫޅުންވާ ތީވަގުތީ ވަޒީފާއެއްކަން ހަދާންކުރޭ! އުޅޭދުވަސްކޮޅުރަގަޅަށް އުޅުއްވާ ތިކަހަލަ ވާހަކައިން އެގެނނީ މީހާގެ ފެންވަރު އަވަހަށް އިސްލާޙުވޭ