އިދިކޮޅު އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހުގެ ލޯގޯ ރަސްމީކޮށް މިރޭ އިފްތިތާހު ކޮށްފިއެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެޕާޓީން އެކި ހަރަކާތްތައް ހިންގަމުންދާއިރު އެމްޑީޕީގެ އަހަރީ ދުވަހަކީ ޖޫން 26 ވަނަ ދުވަހެވެ.
އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރާއިރު އެންމެ ބޮޑު އެއްކަމަކަށް ފާހަގަ ކުރެވެނީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ޕާޓީގެ ރައީސް ނަޝީދުގެ މައްޗަށް ނުހައްގުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުން ކަމަށެވެ.
"ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރެއްވި ވަަރަށް ބުރަ މައްސަކަތަކުން މި ޕާޓީ އުފެދުނީ, އާހިރު ނަތީޖާއަކަށް ވެގެން ދިޔައީ 2005 ވަނަ އަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު އެމްޑީޕީގެ ރެޖިސްޓްރީ އެމްޑީޕީގެ އަތަށް ލިބިގެން ދިޔުން" ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ މިނިކުންނަނީ 13 އަހަރުވެ ފުރާ ފުރިހަމަވެފައިވާ ޕާޓީއެއްގެ ގޮތުގައެވެ.
"އެމްޑީޕީން މި ނިކުންނަނީ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން, ވަރަށް ބައިވަރު ގޮންޖެހުންތަކާއި އެކީގައިވެސް މިޕާޓީ ދާނީ ބާރު ސްޕީޓުގައި ކުރިއަށް, މިއަދުވެސް މާލިމީޔަކަަށް ހުރީ ރައީސް ނަޝީދު, އިރާދަކުރެއްވިޔާ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަންޒިލް ހޯދާނަން, އަޅުގަނޑުމެންގެ އަޒުމަކަށް އަޅުގަނޑުމެންގެ ހިއްވަރަކަށް މި ޕާޓީގެ މިސްރާބަކަަށް ބަދަލެއް ނާންނާނެ" ޝިފާޒު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ރަޖިސްޓްރީ ވީ 2005 ވަނަ އަހަރު ގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ޑިސެންބަރު 2005ގައި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބާއްވައި، ގުނަންތަކަށް މެންބަރުން އިންތިޚާބުކުރުމާއި، ޕާޓީގެ ސިޔާސަތުތައް އެކަށައެޅުގެ މަސައްކަތް ކުރެވުނެވެ.
އެމްޑީޕީގެ 13 ވަނަ އަހަރީދުވަސް ފާހަގަ ކުރަމުންދާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާފައެވެ. އެއާއެކު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.
ހަހަހަހަ އޮރިޔާމުން ތިތިބަ މީހުންތަ ތި ލޯގޯއަކީ ...... ނެތް ކަލޭމެންނަކަށް ........
އަބަދު އެއްލަވަޔެއް، އެއްރާގަކަށް...ބޯހަލާކު!
ތިބުނާ ލޯގޯ އަކީ ތިހިރަ ވެބްކެމް ދޯ
ޢިންސާފެއް ނެތް ބައަކަށް ރައްޔިތުންނަށް އިންސާފް ހޯދައިދެވޭނީ ކިހިނެއް މޮޔަ ގޮވުންނޫން އެހެން ކަމެއް ނުކުރާތހި މޮޔަ ސޮރުން