ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އިންޑިއާ ސަރުކާރުގައި ކުރަމުން ގެންދާ އާދޭސްތައް މިއަދު އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އިންޑިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން ތަކުރާރުކޮށްފައެވެ.

ކެރަފާ ނަސީމް މިއަދު އިންޑިއާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އޭނަ އަކީ އިދިކޮޅު އެމްޑީޕީގެ އިސް ލީޑަރެއް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ކެރަފާ ނަސީމް އަކީ އެމްޑީޕީގެ އެއްވެސް މަގާމެއް ފުރަމުން ގެންދާ މީހެއް ނޫނެވެ.

ކެރަފާ ނަސީމް ވިދާޅުވީ ރައީސް ޔާމީނަށް އިތުރު ދައުރެއް ލިބިއްޖެނަމަ މުޅި ދިވެހިރާއްޖޭގެ ކޮންޓްރޯލް ޗައިނާ އިން ނަގާނެ ކަމަށެވެ.

"ރައީސް ޔާމީނަށް އިތުރު ދައުރަކު ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ މުޅި ރާއްޖެ ޗައިނާ އިން ނަގާނެ. 23 ސެޕްޓެމްބަރ ގައި ރާއްޖޭގައި އިންތިޚާބު އޮންނާނެ. ނަމަވެސް އަޅުގަނޑުމެންނަށް ކެމްޕޭން ކުރުމުގެ ފުރުސަތެއް ނެތް." ކެރަފާ ނަސީމް ވިދާޅުވިއެވެ.

ކެރަފާ ނަސީމް ވިދާޅުވީ އިންޑިއާ އިސްވެ އޮވެ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައީސް ޔާމީނަށް ބާރުއަޅަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ބައިނަލް އަޤުވާމީ ފަރާތްތަކުން ރާއްޖޭގެ ބައެއް ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ދަތުރު ކުރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ކެރަފާ ނަސީމް ގެންދަނީ ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ވާހަކަ އޮޅުވާލައިގެން އިންޑިއާގެ މީޑިއާގައި ދައްކާ ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސް ކުރަން މަސައްކަތް ކުރަމުންނެވެ. އެއީ އިންޑިއާ އާއި ރާއްޖޭގެ މަތީ ފެންވަރުގެ ވެރިންގެ ބައްދަލުވުންތަކެއް ބާއްވަމުންދާކަން މީޑީއާ އިން ހާމަކުރަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަލިތަކުރު

    ޤައުމަށް ޤައްދާރުވާ މީހުންނާ ބެހޭ ޙާއްސަ ޤާނޫނެއް ހަދާ މިބައިމީހުންނަށް ދޭ އަދަބު ހަރުކަށިކުރަން ވެއްޖެ.. މީނާ އަކީ ވެރިކަން ވެއްޓުނު ދުވަހު ފޮރިންމިނިސްޓްރީގަ ހުރި އިޒުރާއީލާ ގުޅުންހުރި ލިއުންތައް ވަގައްނަގައިގެން ފިލަންދުވި ޚާއިނެތް. މިކަން ފަޅާއަރާފާނެ ނެތީ މިއަދާ ހަމަޔަށްވެސް ލަންކާ އަށް އަރުވާލެވިގެން ހުރީ.. މި ކެރެފާ ނަސީމް ހިންގި ޖަރީމާ ތަކުގެ ތެރޭގައި..
    1.ފަލަސްތީނާ އެއްކޮޅަށް ވޯޓް ދޭންޖެހިދާނެ ނެތީ ހާސިރުނުވެ ފިލީ..
    2.ވަގުވަގަށް އިޒްރޭލަށްގޮސް އެގައުމުގެ ވެރިންނާ ގުޅުންބަދަހިކޮށް އެކި ޑީލްތައް ހެދީ..
    3.ލޮލުގެ ޑޮކްޓަރުންނޭ ކިޔާފަ 12 މޮސާޑް ޖާސޫސުން ކަމަށް ޝައްކު ކުރެވޭ ބަޔަކު ގެނައުން.
    4.ސްކޫލު ކުދިންގެ ފޮތްތަކުގަ އިޒުރާއީލައް ލޮބީކޮށްފަ މުޤައްރަރަށް ބަދަލުގެންނަން އުޅުން.
    5.އިނގިރޭސި ވިލާތުގެ ފާދިރީ އަކުގެނެސް ރައީސް އޮފީހުން މަޤާމް ދިނުން ކަހަލަ އެތަކެއް ޖަރީމާ އެއް ހިންގި.
    ދެންވެސް ވެރިކަން ލިބޭއިރަށް މިކަލޭގެއަށް ފޮރިން މިނިސްޓަރުކަން.. މިހެންވެ އަހަރެމެންނަށް ހޯހޯއޭ ބުނެވެނީ.

  2. އެއްކަޅި

    ކެރަފާ ތީ ބޮޑު ޖާހިލެއް ނާންނާތި ރާއްޖެއަށް

  3. މިލިޓަރީ

    މިމީހުންނަކީ މިޤައުމަ ހެޔޮއެދޭބައެއްނުން.

  4. ލާހޫރޭ

    މަސްފޮޑި ލާދީނީ ނަސީމް ގެނެސް ކަސްތޮޅު އަލަންވީ ތިޔަ ފަރަންޖީ

  5. ބޭބެ

    މީނާގެ ހުރި ގޮތްކުޑަކަން ނިކަން ބަލާބަލަ!! ހުރިހާ ކަމެއްގައިވެސް ދޮގު ހަދަން ހަމަ ލަދެއްވެސް ނުގަނޭތަ!! ތިމަންނާ މީ އެމްޑީޕީގެ އިސް މީހެކޭ ބުނާއިރު އެމްޑީޕީގެ ލީޑަރޝިޕްގެ އެއްވެސް މަގާމެއް އަދާ ނުކުރާތާ އެހުންނަނީ ބޭރުގަ ހިތުން ފިލައިގެން!! ރައިސް ޔާމީނަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ޗައިނާއިން މުޅި ރާއްޖެ ނަގާނެކަމަށް ބުނެ ދޭދޭ ގައުމު ތަކުގެ މެދުގައި އޮތް ގުޅުން ގޯސްކުރަން މި ޣައްދާރު މިމަސައްކަތްކުރަނީ!! ދެން މި ޣައްދާރުންގެ ޓީމުން ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ އިންޑިޔާ މިގައުމު ޙިސާރުކުރާނެޔޭ ބުނުން މާ އައުލާކަންބޮޑު!! އެއީ މިމީހުންގެ ތިން އަހަރުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއަޕޯޓް އިންޑިޔާއަށް އޮތީ ދީފަ!! ފެން ކުންފުނި ވިއްކާލި!! ދިރާގު މެޖޯރިޓީ ޙިއްސާ ވިއްކާލި!! ބޯ ހިޔާ ވަހިކަމޭ ކިޔާ މާލޭގެ ހުރިހާ ޕްރައިމް އޭރިޔާތަކުގައި ފްލެޓް އަޅަން އިންޑިޔާއަށް ދިން!! އިންޑިޔާގެ ދެ ހެލިކޮޕްޓަރާ އެކު އައްޑޫ ގަޔާއި ލ އަތޮޅުގައި އިންޑިޔާގެ 40 ސިފައިން ޙަރަކާތްތެރި ވެވޭގޮތަށް އޮތީ ދޫކޮށްފަ!! މިހުރިހާ ކަމެއް ކޮށްފަ އޮތީ މުޅި ރާއްޖެ ގެއްލުންވާގޮތަށް!! އިންޑިޔާގެ "އަޅުވެތިކަން" އިންތިހާއަށް ރާއްޖެއަށް ކުރާ ގޮތަށް!! މިކަން އެނގެނީ ވިސްނާ ފިކުރުކުރާ ބަޔަކަށް!! ރައިސް ޔާމީނަށް ދެ ވަނަ ދައުރެއް ލިބިއްޖެނަމަ އެއްބަޔަކަށް ބަރޯސާ ނުވެ މުޅި ގައުމު ތަރައްގީކުރާނެ ކަމީ ޔަގީންކަމެއް!! މިހާރު މިނިމޭ ފަސް އަހަރުގެ ދައުރުން އެކަން ރައްޔިތުންނަށް ދަނީ ފެނިގެންގޮސްފަ!! މިހާރު ހިންގާ ހުރިހާ ޕްރޮޖެކްޓެއް އެއްކޮށް ނިމޭއިރު ހުޅުލެ އެއަރޕޯޓާއެކު ބްރިޖްގެ މަސައްކަތާއެކު މުޅި މާލެ އާއި މިސަރަހައްދު ނިކަން ހިތްގައިމުކޮށް ފެންނާނެ!! ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީއާ ތަމައްދުން!! މުޒާހަރާ ކުރުމާ ފުލުހުންނާ ތަޅާނެ ކުދިން ހޯދުމާ މަގުމަތީގަ މާރާމާރީ ހިންގާ އަލިފާން ބޯޅަ އުކަން މިހާރު ރައްޔިތުން ބޭނުން ނުވޭ!!

  6. ނައިންޓީ

    އަމިއްލަ ގައުމުގެ މަސްލަޙަތުތައް އޮޅުންބޮޅުންކޮށް ބޭރުދުނިޔޭގެ ނުފޫޒު ގައުމުގެ ދާޚިލީކަންކަމަށް ވެއްދުމަށް މަސައްކަތްކުރާ ޣައްދާރުންނަށް އަދަބުދެވޭފަދަ ގާނޫނެއް އޮންނަޖެހޭ. އެއީ ގައުމުގެ މުސްތަގްބަލަށް އެންމެމުހިންމު އެއް ކަންތައް.

  7. ގައުމު

    މިގައިމަށް ހެޔޮއެދޭ ވެރިޔަކު ހުރިނަމަ މި ނަސީމު މިއުޅޭހެން އުޅޭ އެންމެނަށް ހަރުކަށިއަދަބު ދޭންޖެހޭ. އަލިތަކު ނަމުގަ ލިޔުއްވާފަ އެވަނީ %100 ތެދު ވާހަކަ. އެމީސްމީހުން އެދައްކާ ވާހަކަ ގަބޫލްކުރާނީވެސް މުޖުރިމެއް. ޚާއިނެއް. ޣައްދާރެއް. ބާޣީއެއް.

  8. ދަންނަސޮރު

    ކެރަފާ ނަސީމަކީ ޗައިނާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް މިހާރު ތިވަނީ ވެފަ.
    ވީމާ، ޗައިނާއިން ކެރަފާ އާއިލާއާ މެދު ފިޔަވަޅު އެޅުމަށް ގޮވައިލަން.

  9. ދީދީ

    މާތް ބަހުން ބުނަންޏާ ފެލިފެލި ހުންނަންޖެހޭނީ، އެއްވެސް ޖެހިލުމެއް އަހަރުމެން ދިވެހިންނެއް ނުވާނެ، ދިވެހންގެ މެޖޯރިޓީއަކީ ކެރަފާ މީހުންގެ ފިކުރާއި ދެކޮޅުބައެއް ކަލޭމެން ދައްކާ ވާހަކައިން އަހަރުމެންނަށް ވަރަށްބޮޑަށް ދޭހަވޭ ތިއުޅެނީ މިޤައުމުން އިސްލާމީ ފިކުރު ފޮހެލާ ބޯންޖެހޭނެ ބޮވެންޖެހޭނެ ފިކުރު ގެންނަންކަން އަހަރުމެން ދިވެހިން މިތިބީ ވަރަށް ހޭލާ ހަމަހިލާ ތިފިކުރު މިޤައުމަށް އަޔަކަ ނުދޭނަން އިންޝާﷲ، އަޅާނެ ފިޔަވަލެއް އަދި އެޅޭނެ ފިޔަވަޅޭއްވެސް ނޯންނާނެ

  10. ކުރަފިި

    އަވާމެންދުރު! ލަމްބާ ޗޯޅާ! އިންޑިޔާމީހުންވެސް މިހާރު އެބަބުނޭ ނަސީމުގެ މައްސަލައެއް އެބަހުއްޓޭ!

  11. ރައްޔިތުން

    ނުޖެހޭ ވައިގާ ދޯނި ދުއްވަން ރިޔާ ނެގިއެއް ކަމަކު މާސިންގާ މި ބިޔަ ކަނޑުގެ ރާއްޖޭގައި އެދޯންޏެއް ރިޔަލުގައި ނުދުވާނެ. ދެންޖެހޭނީ ފަލިޖަހަޖައި އިންނަން ކުރިއަށްދާނީ ޖެހޭ އޮއިވަރުގައި ހުރަސްކޮށް ދެވޭހާ ޖޯޝާއި ދުޅަހެޔޮކަން ހުރެގެން.