ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްގައި ސްޓިކާ ޖެހުން ހައްލު ކުރުމަށް ރައީސް ޔާމީން ނިންމަވައިފިއެވެ.

ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްގައި ސްޓިކާ ޖެހުން ހައްލު ކުރުމަށް ނިންމާފައިވާކަން ރައީސް ޔާމީން ހާމަކުރެއްވީ ކެމްޕޭން ވޮލެންޓިއަރުންނާއި ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޓްރެފިކް މައްސަލަތަކުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދަން ވެސް އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

"ޤަވައިދާއި ހިލާފަށް ޕާކް ކުރީމާ އަންނަ ދަތިތައް މިވަގުތައް ހައްލު ކޮށްދޭން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތަކުގައި ގާއެތުރުން ފަދަ މަސައްކަތްތައް ކުރިއަށް ދާތީ ޒުވާނުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.

"އެހެންވީމާ މިހެން އަންނަ ކަންތައްތައް އަޅުގަނޑުމެން ޝުކުރުވެރިކަމާއި އެކު ބަލައިގަނެ މިކުރައްވާ މަސައްކަތުން އަޅުގަނޑުމެންނަށް ނަތީޖާތަކެއް ނެރެވޭނެ. ހަމައެއާއިއެކު އިތުރަށް މިމަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭ އެދުމަކީ." ރައީސް ވިދާޅުވިއެވެ.

2015 ވަނަ އަހަރު ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކުރި އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ މައާފު ވިއެވެ.

ސައިކަލްގައި ސްޓިކާ ޖެހުމުގެ މައްސަލަ ހައްލު ކޮށްދެއްވަން ރައީސް ޔާމީން ނިންމެވިއިރު ސައިކަލް ގައި ސްޓިކާ ޖެހުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޢަހުމަދު

  ޛޫރިމަނާވެ، ލައިސަންސް ނުނެގިފަވާ ކުދިންނަށްވެސް މަޢާފެއް ދެއެވުން އެދެން..
  ޢުންމީދަކީ މި މެސެޖް ރައީސް ޔާމީން އަށް ލިބުން.

  • ޔާން

   ލިބިއްޖެ ޝުކުރިއްޔާ

  • އަހުމަދުގެ ބައްޕަ

   ކަލޭ ޖެހޭނީ ޖޫރިމަނާ ދައްކަން. އަދި ކަލޭ ތިހެން ބުނެގެން ވޭތަ؟

   • ޢަހުމަދު

    ކީއްވެ ރޯންތިފަށަނީ.. އެ ކޮމެންޓެކޭ

 2. ޢައިން

  ބައްޕައަށް 95 ޕޮއިންޓް ފްލެޓް ކަޓުވައިޅީ މުއިއްޒު. ރައީސް މިކަން ބައްލަވާފަ އިހްސާްންތެރިވެލައްވާ...

 3. އަކުން ބަކުން

  އަހުމަދު ދުއްވަން ޖަމަލެއް ގެންނާންވީނުން ސައިކަލް ނުދެއްވެންޏާ.

 4. ކަކު

  ކާކު ބުނެގެންތަ ސްޓިކާ ޖަހަނީ. އެހެނަވީމަ އެބަ އެނގެއެއްނު މާލޭގަ ޕާކުކުރުމުގެ ދަތިކަން އެނގިހުރެވެސް މަނިކުފާނު ކުރައްވާކަމެއްކަންމީ. ފަހުވަގުތު ހެޔޮފުޅުކަމުން މާފުކުރަންވެގެން ދެއްތޯ.

 5. ޙަނަފް

  ބައްޕަ ކަޓްވާލީ މުއިއްޒަށް މަޖްބޫރުވެގެންކަން ނޭގޭތަ ، މެޑަމްގެ ފެކްޝަނުން އަންގާގެނެނޭ ، ދެން ރައީސައްވެސް ކުރެވޭނެ ކަމެއްނޯންނާނެ

 6. ޥވވ

  ތިގޮތައް އެތެރޭ ޓިކެޓްތަކުގެ އަގުތައްވެސް ރަނގަޅު ކޮށްބަލަ ހާދަބޮޑޭ

 7. ދިސްވޭ

  ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދެނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކެވެ. މަމެން އުއްމީދު ކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އިސް ނަގައިގެން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އެމެން ރަށަށް ފޮނުވާލުމުުގެ މަސައްކަތް އެޓްލީސް މާލެ ސަރަހައްދުގައި ފުލުހުން މެދުވެރިކޮށް ފަށާނެ ކަމަށް. ފުރަތަމަ ކަމަކީ އެއްވެސް ފެރީއެއްގައި ސައްހަ ވޯކް ވިސާ ނެތި ބޭރު އެއްވެސް މީހަކަށް ދަތުރު ނުކުރެވޭނެ ގޮތް ހެދުން އެއީ ފުރަތަމަ ސްޓޭޖް ކަމަށް ބަލާ އެކަން ފަށައިފިނަމަ ވެސް މާލެ ސަރަަހައްދުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އެމެން ރަށަށް ފޮނުވާލުމުގެ ކަންކަން ހިނގާނެއެވެ. މާލޭގެ 10 ހޮޓާ ބަލާއިރު 10 ހޮޓަލުގެ %90 އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް ވުން އެއީ އެއްގޮތަަކަށް ވެސް ޕީޕީއެމްގެ ވެރިކަމެއް ގައި ލޯ މަރާލަން ޖެހޭނެ ކަމެއް ނޫނެވެ. ނުރައްކާތެރި ބަލި ކަމުގައިވާ ހެޕެޓައިޓަސް ބީ ޖެހިފައިވާ މީހުން ކާބޯތަކެތި ތައްޔާރު ކުރުން އެއީ އެއްގޮތަަކަށް ވެސް ދޫކޮށްލައިގެން ތިބެން ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ. މިކަން މިގޮތަށް ހިނގާކަން މަމެންނަށް މެޑިކަލް ރިޕޯރޓްސް ތަކުން އެނގުމުން މާލޭގެ ހޮޓާ ތަަކުން ކެއުން ސައި ބުއިން އަދި ހޮޓަލުން ގެންނަ އެއްޗެއް ނުކެއުން އެއީ އަޒުމެއް ކަމަށް މަމެން ކަނޑައެޅީ. އެކަމަކު މީ އެންމެންނަށް އެގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ.

 8. ވޮންޓްޔޫ

  ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދެނީ ނަމަ އެއިން އެގިގެން މިދަނީ މިއަދު ރަނުގެ ފުރުސަތު ލިބިފައި އޮތީ އެއީ ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރަށް ކަން ބިކޮޒް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު ވިދާޅުވާ ކަންކަން ރައީސް ކޮށްދެއްވާ ކަން ފެނިގެން މިދަނީ ކަން މިހެން ހުރުމުން މަމެން އުއްމީދު ކުރަމޭ އޭކޭ މެން އެމީހުންގެ ރަންދުވަސް ތަކުގައި ރައްޔިތުންގެ ތެރޭގައި ހަގީގަތުގައި އޮތް ކޮންސާރންސް ތަކަށް އެޑްރެސް ނުކޮށް ރައްޔިތުން ބޭނުން ނުވާ ކަންކަން ހައްލު ކުރަން އޭކޭ މެން ރައީސް އަށް ދެންނެވި ގޮތަށް ނިހާން ނަހަދާނެ ކަމަށް މަމެން އުއްމީދު ކުރަނީ ނިހާން މެން މޭގައި އަތްޖަހާ ފަޚްރުވެރިވާ ފަދަ ކަންކަން ރައީސް އަށް ދަންނަވައިގެން ސަރުކާރުގެ ތެރޭން ހައްލު ކުރާނެ ކަމަށް އެގޮތުން ބަލާއިރު ރާއްޖޭގެ އިކޮނޮމީ އަށް ވަރަށް ގެއްލުން ހުރި ކަމެއް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އާބާދީ 40 ހާހުގައި އުޅުން. މީ ސިންގަޕޯރ ނަމަ އެލާރޓް އަށް އަންނާނެ އެތާ ސަރުކާރުން.

 9. އޯނޯ

  ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދޭން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އިސްނެގުން އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ މަމެން ޝުކުރުވެރިވަމޭ ޕީީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރަށް. ސަބަބަކީ މަމެން ދަންނަން ޕޮލިހުން ސްޓިކާ ޖަހާ ގޮތް ވެސް ވަރަށް ރަނގަޅަށް. މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އާބާދީ 40 ހާހަށް އެެރީ އެއީ އޯވަރ ނައިޓަކުން ނޫނެވެ. އެއީ 20 އަހަރު ދުވަސް ތެރޭގައި އައި އެގްރިގޭޓް އެކެވެ. މިކަން ހައްލު ކުރަން މީންސް ހުރި ގޮތެއްގައި ނޫޅުނު ރައީސް މައުމޫނު އަދި ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އިލީގަލް މީހުން ލީގަލް މީހުންނަށް ހަދަން އުޅުން މީ މީގައި މިކަން ނުރައްކާތެރި ހާލަތަަކަށް ދިޔަ ކަމަކީ. މެޑިކަލް ޗެކް އަޕް ނަހައްދާ ބަންގާޅުން ރާއްޖޭގެ އެތަން މިތަނުގައި ނުރައްކާތެރި ޑިޒީސް ކެރީ ކުރަމުން ދަނީ އެއީ ހީވެސް ނުކުރާ ސީރިއަސް ހާލަތުގައި އެމެން ތިބެގެން ނެވެ. އެމެން ނިދާ އެނދުގައި ތަތް މަކުނު އޭގެ ސަބަބުން ލެއިން އަރާ ބަލި ތައް ވެސް ދަނީ އެކްސެލެރޭޓް ވަމުން އެކަމަކު މިކަން އިކޮނޮމިކް މިނިސްޓަރަށް ނުފެނުން ނުވަތަ އޭނާ މިކަމަށް ބްލައިންޑް އައި އެއް ދިނުން އެއީ އެއްގޮތަކަށް ވެސް އެކަން ވާން ޖެހޭނެ ގޮތެއް ނޫން އެއީ އެއް ނޫން އެކައުންޓަބިލިޓީ އަކީ. މިކަމަށް ބްލައިންޑް އައިއެއް ދީގެން ރައްޔިތުންނަށް މިކަން ނޭގޭނެ ކަމަށް ހީކޮށް ސަރުކާރުން ތިބެއްޖެނަމަ ރާއްޖޭގެ ބިޒްނެސް ކޮމިއުނިޓީގެ ވޯޓް އެއް ނުލިބޭނެއެވެ. ތިޔާ ސްޓިކާ ފްރީ ކޮށް ދިން ނަމަވެސް ތިޔާއީ ޒުވާނުންނޭ ތިޔާއީ އެއްވެސް އިތުބާރެއް އޮތް ބަޔެއް ނޫނެވެ. އެއްވެސް އިތުބާރެއް އޮތް ބަޔެއް ނޫނެވެ.

 10. ވެންއިޓް

  ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދޭނަމަ އެއީ ރަނގަޅު ކަމެކޭ މާލެ ތެރޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުން އެއްވެސް ރަޖިސްޓްރީ އެއް ނުކޮށް އަތް ގާޑިޔަލުގައި ކާޑުގެ ބާވަތް ތައް ސަޕްލައި އެކުރަނީ އެއީ ޓްރާންސްޕޯރޓް އޮތޯރިޓީގެ ކޮން ބޮޑަކަށް އެމެން ކަޓް އަޅާތީތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމެކޭ ކަން މިހެން ހުރުމުން އަތް ގާޑިޔާ ވެސް ޖެހޭނީ ސްޓިކާ ވެސް ޖެހެން އަދި ރަޖިސްޓްރީ ވެސް ކުރެވެން މިކަމަށް ވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ދެނީ ބްލައިންޑް އައި އެއް އިކޮނޮމިކް މިނިސްޓްރީ އަށް އިމިގްރޭޝަން ގެ ކަންކަން ނުބެލޭ އަދި ޓްރާންސްޕޯރޓް އޮތޯރިޓީގެ ކަންކަން ނުބެލޭ އަދި މާލެ ސަރަަހައްދުގައި ތިބި އަމިއްލަ ވިޔަފާރި ވެރިންނަށް ބިން ނުލިބިގެން އެމެންގެ ވިޔަފާރި ހުއްޓިފައިވާ ކަން އިކޮނޮމިކް މިނިސްޓަރަށް ނޭގެއެވެ. އެވާހަކަ ނުވެސް ދައްކަނީ އޭ އިކޮނޮމިކް މިނިސްޓަރު. މަމެން ހިތަށް އަރަނީ ސައީދު ހަގީގަތުގައި ދުވާލަކު 1 ގަޑިއިރު ނަމަވެސް އޭނާގެ މިނިސްޓްރީން ނުވެ ހުރި ކަންކަން ބަލާ ދިރާސާ ކޮށް މަހަކު ކަމެއް ހައްލު ކުރަން އުޅުނު ނަމަ 5 އަހަރު މިނިސްޓަރު ކަމަށްވާއިރު ވަރަށް ގިނަ ކަންކަން ހުންނާނީ ހައްލުވެފައި ކަން. މިނިސްޓަރަށް ނުއުފުލޭ ވަރުގެ ބޮޑު ޒިންމާ ބޮލު އަޅައިގެން މިނިސްޓަރު އުޅުއްވާއިރު އެކަން ކަން ފުރިހަމަ އަށް ހައްލު ކުރެވޭތޯ އެއީ މަމެން ބަލަން ބޭނުންވާ ކަމަކީ. ވޮންޓް ޔޫ އިވޭލުއޭޓް އިޓް ވޮންޓް ޔޫ ވޮންޓް ޔޫ އޯޕަން އަޕް ޔުއަރ މައިންޑް އިޓްސް ޔުއަރސް ޓު ކީޕް އިޓް އޭޒް ޔުއަރސް ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިންޑް އޮން އިޓް ވޮންޓް ޔޫ ފީލް އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާްންސް ޑާންސް ޑާންސް ޑާންސް ޑާންސް...

 11. ރީޒަން

  ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދޭ ގޮތަށް ރާއްޖޭގެ ރިސޯރޓްސް ތަކަށް ރާއްޖޭން ބޭރު މީހުންނަށް ވާރކް ވިސާ ނުދީ އެމެންނަށް އެކަނި ބިޒްނެސް ވިސާދީގެން ރާއްޖޭގެ ރިސޯރޓްސް ތަކުގެ ވަޒީފާ ތަކަކީ އެއީ %100 ދިވެހިން ވަޒީފާ އަދާ ކުރާ ތަންތަނަށް ހެދުމަށް ޓަކައި ސަރުކާރާއި ގުޅިގެން ރިސޯރޓްސް ތަކަށް ބޭރު މީހުންނަށް ވާރކް ވިސާ ދިނުމާއި ބެހޭ ގާނޫނެއްވެސް އުފަން ކުރުވަން އެބަޖެހެއޭ މަމެންގެ ދިރާސާ ތަކުން ދައްކައޭ ރާއްޖޭގައި ޓޫރިޒަމް ފާހަގަ ކުރެވޭ މިންވަރަށް ކުރި ނާރައިގެން އުޅެނީ އެއީ ރިސޯރޓްސް ތަކުގެ މަތީ ފަންތީގައި އާއި މެދު ފަންތީގައި ބޭރު މީހުން އުޅޭތީއޭ އެ އެންމެން އެބަޖެހޭ ފަހާލަން މިކަން ނުކުރާނެ މަޓީން ބިކޮޒް މަޓީގެ ބޮޑުން އެންމެ ރުޅި އަންނަނީ ދިވެހިންނަށް އެމެންގެ ރިސޯރޓްސް ތަކުން ވަޒީފާ ދިނުމޭ އެން ދަ ރީޒަން އިޒް ދެމް އެން ދަ ރީޒަން އިޒް ދެމް އެން ދަ ރީޒަން އިޒް ދެން އެން ދަ ރީޒަން އިޒް ދެމް އެން ދަ ރީޒަން އިޒް ދެމް...

 12. ހިއްކާލާ

  ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާ ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ބަލާއިރު މާލޭގެ އުތުރު ފަރާތުން މަސްވެރިންގެ ޕާރކް އިން ފެށިގެން ގޮސް ފުނަދޫ އާއި ދެމެދު އޮތް ތިލަ ކަނޑުއޮޅި ހިއްކަން ނާސިރުގެ ވެރިކަމުގައި ނާސިރު މަސައްކަތް ކޮށް އޮންނާނީ އެތަން ވަރަށް ތިލަ ކޮށްފައޭ ގާއަޅައިގެން ކަން މިހެން ހުރުމުން މަސްވެރިންގެ ޕާރކް އިން ފެށިގެން ގޮސް ފުނަދޫ އާއި ދެމެދު އޮތް ކަނޑުއޮޅި ހިއްކާލާ ކޮންމެ އަހަރަކު 1 ކިލޯ މީޓަރަށް އެތަން ބޮޑު ކުރަމުން ހިއްކަމުން ދާންވީއޭ އަދި އެތަނުގައި ޕާރކިންގް ބިލްޑިންގްސް ތައް ހަދާ މާލޭގައި ސައިކަލް ހުންނަ މީހަކަށް އެތަނުން ޕާރކިންގް ސްޕޭސް ވިއްކަންވީއޭ އަދި ކާރު ހުންނަ މީހުންނަށް ވެސް އެތަނުން ޕާރކިންގް ސްޕޭސް ވިއްކަންވީ އޭ ނުވަތަ ކުއްޔަށް ދޭންވީއޭ މާލެ އެބަބޭނުންވޭ ނިއުމާލެ އެއް މާލެ އަށް އެޑްއޮން ވާން މަމެން ނަށް ޔަގީނޭ މިކަން ވާނެ ކަން މާލޭގެ އުތުރު ބިތް އަދި ހުޅަނގުބިތު ކަނޑުއޮޅި ހިއްކޭނެއޭ..

 13. ާުއުމަރު

  ދުނިޔޭގެ އެންމެ ޓުރަފިކް ވައިލޭސަން އަގުބޮޑު ޤައުމު، ދެއްކީމަ ކުލިއަރ ވާނަމަވެސް އޯކޭ، 250 ނޫނީ 500 ވެސް އޯކޭ

 14. ހ މ ޒ

  ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފިޔަވައި ދިވެހި ގައުމުގެ ހައްގުގައި ބަސްބުނަން ކެރޭ އަދި ބަސްބުނަން ކެރުނު ވެރިޔަކު ނެތްކަމަށް!

 15. ހ މ ޒ

  ރައީސް ޔާމީންގެ ކިބައިން ބޮޑާކަމުގެ ސިފަ އެއްގޮތަކަށްވެސް ނުފެންނަ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް އޯގާތެރިކަމާއެކު ކަންތައްތައް ކޮށްދޭ ވެރިޔަކީ ރައީސް ޔާމީން!