އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަން ދައުލަތުން ހުށަހަޅައިފިއެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މިއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ދައުވާ އުފުލާފައިވާ ދެވަނަ މައްސަލައެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުކޮށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.

ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ކުރިއަށްދާ އަޑުއެހުމަކީ ދައުލަތާއި ދިފާއުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާ ހެކިތައް ހާމަ ކުރަން ގެންދާ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޔާމީނާ ދެކޮޅަށް 82 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ޝަފައީ ހެކިތަކާއި ކިތާބީ ހެކިތަކެއް ހިމެނޭ ގޮތަށެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ޝަފައީ ހެކިތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މޭސްތެރިޔާ ކަމުގައި ބުނާ ކުރިގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރިޝްވަތު ހޯދި ކަމަށް ބުނާ ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓްގެ ވެރިޔާ އަދި މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަން ހިމެނެއެވެ.

މީގެ ކުރިން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ ނަން ހުށަހަޅައި، އެ ދެ ބޭފުޅުންގެ ހެކި ބަސް ނެގިއެވެ. މި މައްސަލާގައި ބައިވެރިވި ކަން ސާބިތުވާ ބައެއްގެ ހެކި ބަސް ނުނެގޭނެ ކަމަށް ޔާމީންގެ ވަކީލުން އޭރު ވެސް ވަކާލާތު ކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ބައެއް ލިޔެކިއުންތަކާއި، ޓޫރިޒަމް މިނިސްޓްރީގެ ބައެއް ލިޔެކިއުންތަކާއި، ރައީސް އޮފީހުގެ ބައެއް ލިޔެކިއުންތައް ހިމެނޭ އެ ލިޔެކިއުންތައް ނެރުމުގެ އަމުރަކަށް ވެސް ޔާމީންގެ ފަރާތުން އެދިފައިވެއެވެ. މިއީ ޔާމީނާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ބޭނުން ކުރަން ކަނޑައަޅާފައިވާ ބައެއް ލިޔެކިއުންތަކެވެ.

އެކަމަކު އެ ގޮތަށް އަމުރެއް ނެރެދޭވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން އެ އޮންނަ އުސޫލުގެ ތެރޭގައިވާ ފޯމު މެދުވެރިކޮށް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ފާހަގަކުރެއްވިއެވެ. އެއާއެކު ހެކި ހުށަހެޅުމުގެ މަރުހަލާ ފެށިއެވެ. ދައުލަތުގެ ފަރާތުން 86 ހެކި ހުށަހެޅިއިރު، ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ. ދިފާއުން ހުށަހެޅީ ފަސް ޝަފައީ ހެއްކަކާއި 25 ކިތާބީ ހެއްކެކެވެ.

ޔާމީން މި ދެ ދައުވާއަށް ވެސް އިންކާރު ކުރާއިރު، ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ދައުލަތުން ވިދާޅުވާ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުގެ ފަރާތުން ޝަރީއަތުގައި އެދިވަޑައިގެންފައިވެއެވެ. މި ކަމާ މެދު ޝަރީއަތުން އަދި ވަކި ގޮތެއް ނުނިންމަވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަޒު

    ކުއްވެރިއެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަން ކިނބޫ ހަދާން ކުރާތި

    42
    3
  2. އަޝްރަފް

    ޅަޯންޑަރ ކުރުންދޯ ވެރިކަމުގަ ކުރި މަސައްކަތަކީ!! އަންތަރީސްވެއްޖެ.

    6
    41
  3. އިބްރާހިމް

    ދ އަތޮޅުގައި ރ ޔާމީނަށް ތާއީދު ކުރައްވާ އެންމެހައި ފަރާތްތަށް އަންނަ އިންތިޚާބްތަކުގައި އެމްޑީއެން ބޮއިކޮޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޔައުނީ ސަން ސިޔާމަކީ ރ ޔާމީނަށް ނުޙައްޤު އަނިޔާދިނުމުގެ ބައިވެރިއެކެވެ.

    46
    5
  4. Anonymous

    މިސަރުކާރުން މިއުޅެނީ މޮޔަވެގެންތަ؟ މިކަހަކަ ކަންކަން ކުރީމަ ޔާމީންގެ ސަޕޯޓް ހައްތަހާ ބޮޑުވާކަމެއް ނޭނގޭތަ؟
    ބޯމައްޗަށް ޖަހައިން ތިބޭ ކޮންމެ މީހަކަށް އެނގޭނެ ސަރުކާރުން ތިހުށަހަޅަނީ ފާސިދު ހެކިކަން. ހެކި އުފައްދަނީކަން.. ގާނޫނީގޮތުން ޔާމީން އެކަމެއްގައި ޒިންމާ އުފުލަން ނުޖެހޭ ކަންކަމުގައިކަން ތި ދައުވާކުރަނީ.
    ދިވެހިރާއްޖޭގެ ޒުވާން އުމުރުގެ ގިނަ މީހުންނަކީ ގާނޫނު ދަންނަ މީހުން. ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ ގާނޫން އަސާސީގެ 1 ވަނަ ބާބުގައި އެއޮތީ ލިޔެފަ. ތަންތަނަށް ލާފަ ތިބޭ މީހުންކުރާ ކަންކަމަކީ އެމީހުން ޒިންމާވާންޖެހޭ ކަންކަން.
    ހީވަނީ 2023 ބޭނުން ނުވާތީ ބޭކާރު ދައުވާކޮށް ރައްޔިތުން މޑޕ މަތިން ހައްތަހާ ފޫހިކުރުވަން އުޅޭހެން.

    45
    3
  5. އަލިބެއްޔާ

    އިސްލާމީ ޝަރީޢަތުގައި ފާސިޤުންގެ ހެކިބަސް ޤަބޫލު ކުރޭތޯ؟؟؟

    28
    1
  6. މިތުރާ

    ހިސްޓުރީ އޮތް އެ އްވެސް ފަރާތަކަށް ވޯޓުނުދެވޭނޭ

    1
    2
  7. އަޝްރަފް

    ލޯންޑަރ ކުރީކޮން ވައްތަރަކަށްތިބި ކޮންސިފައެއްޖަހާ ކޮންކުލައެއްގެބައެއްކަން އަދިއެނގޭނެ ކެތްތެރިކަމާއިއެކު ހަޖަމުނުވިޔަސް އިންތިޒާރުކޮށްލާ؟

    4
    2
  8. އިންޑިޔާއައުޓް

    މިސަރުކާރު އެއުޅެނީ ވެރިކަމައް ތިންއަނހަރު ވާއިރުވެސް ރައްޔިތުންގެ ތަރައްޤީއައް އެއްވެސް ކަމެއް ނުކޮޮއދެވޭތީ ބޯގޮވައިގެން ކޮންމެތަނެއްގަ މިކުރަންޖެހެނީ ރައީސްޔާމީން ފަޓަވާދެއްވާފަ ހުރި މަސައްކަތް ދެންލަދުވެސްގަންނާނެދޯ

  9. ފޭރާން

    ތެޅި ތެޅި މިސަރުކާރު ހަމަ ހުނބުޅު ތެޅޭނީ 2023 އަށް ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން ތެޅޭ ދެއުޅިއެއްނުވާ ކޯލިސަނެއް! ކޯލިސަނޭ ކިޔާގެން ރައްޔިތުން ކޯލިސަން އޮޔާުލާނޫ 2023ގައި! އެމް ޑީޕީ ލާދީނީ ބައިގަނޑު ތައްޔާރުވޭ ފޮށިތަން،މަތިއަޅާގެން ފަރަންޖޭސި ވިލާތަށް ދާން1 ގައުމަށް އެއްކަމެއްނުކޮށްދެވުނުތާ ކަމެއްކޮށްދިން މީހާގެ ގައިން ނައްޓާނުގަނެވި ދެއުޅިއެއްނުވާ ފިތުނަވެރިން .ނަފްރަތުގެ ބިލު 2023ގައި ބަދަލުވާނެ އަލިފާނަށް އިންޝާﷲ

  10. ނަސީ

    ބްޜޯމީ ބޮނޑު ވަގެއް މީނާގެ ހެއްކެއް ކޯޓުން އަޑުއަހައިގެންވެސް ނުވާނެ ،