އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަން ހުށަހަޅުއްވައިފިއެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މި ޝަރީއަތުގައި ދެ ފަރާތުން ހުށަހަޅާ ހެކި ހާމަ ކުރުމުގެ ގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން 86 ހެކި ހުށަހަޅާފައިވާ އިރު، ޔާމީންގެ ފަރާތުން ފަސް ޝަފައީ ހެއްކަކާއި 25 ކިތާބީ ހެކި ހިމެނޭ ގޮތަށް 30 ހެކި ހުށަހަޅާފައިވެއެވެ.

ޝަފައީ ހެކިންގެ ގޮތުގައި ހުށަހެޅީ ސަން ސިޔާމް އާއި ނަރީޝްގެ އިތުރުން، ގ. އަދުނީ އަބްދުﷲ ރަޝީދު އާއި، ދޮންވެލި ގއ. ކޮލަމާފުށި އަބްދުﷲ ސައީދު އާއި، މއ. ކުރެކޭލިޔާ އަހުމަދު ރިޒާގެ ނަމެވެ. މި ފަސް ނަން ހުށަހެޅީ ވެސް ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓްގެ ވެރިޔާ ސިޔާމަށް 1.1 މިލިއަން ޑޮލަރު ހޯދަން ޔާމީން ކުރެއްވި ކަމެއް ނެތް ކަން ސާބިތު ކޮށްދޭން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

ސަން ސިޔާމްގެ ނަން ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންގެ ގޮތުގައި ވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިންގެ ގޮތުގައި ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ވެސް ދައުލަތުން ހުށަހެޅުއްވިއެވެ.

މީގެ ކުރިން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ ނަން ހުށަހަޅައި، އެ ދެ ބޭފުޅުންގެ ހެކި ބަސް ނެގިއެވެ. މި މައްސަލާގައި ބައިވެރިވި ކަން ސާބިތުވާ ބައެއްގެ ހެކި ބަސް ނުނެގޭނެ ކަމަށް ޔާމީންގެ ވަކީލުން އޭރު ވެސް ވަކާލާތު ކުރެއްވިއެވެ.

މިއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ދައުވާ އުފުލާފައިވާ ދެވަނަ މައްސަލައެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުކޮށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.

މިއިން ކޮންމެ ދައުވާއަކަށް ވެސް ޔާމީން އިިންކާރު ކުރައްވާއިރު، ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ދައުލަތުން ވިދާޅުވާ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުގެ ފަރާތުން ޝަރީއަތުގައި އެދިވަޑައިގެންފައިވެއެވެ. މި ކަމާ މެދު ޝަރީއަތުން އަދި ވަކި ގޮތެއް ނުނިންމަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މެން

    އަދީބުއާއި ޒިޔަތު ހެކިންގެ ގޮތުގައި ބޭނުން ކުރެވޭނެތަ؟

    41
    10
    • Anonymous

      ވައްކަންކުރިކަން ސާބިތުވެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަކީ، ފާސިގުން. އެމީހުންގެ ހެކިބަސް ކޯޓްތަކުން ދުވަހެއްގައިވެސް ބަލައިގެންފައިނެތް.

      57
      1
  2. އިންޑިއާ އައުޓް

    އެމް އެމްޕީ އރސގެ އެބޮޑު ވައްކަން ކުރިމީ ހުން ލާދީނީ ވަގުސަރުކާރުގެ ތެރޭގައި ބަނޑު ފުއްޕާފަތިބެގެން ރައީސްޔާމީންގެ ބޮލުގައި ތިއަޅުވާ ރޯބު ހުތާން ބޮޑު ވަގުދޮގުގެ ނަތީޖާ އާއި ތިރީނދޫ ވަގުންތައްކުރިމަތިލާންޖެ ހޭނީ ވަރަށް ހިތިގޮތަކައްކަން އެމްޑީޕީގެ ލާދީނީ ހުރި ހާރީނދޫވަގުން ހަނދާންކޮށްގެން ތިބޭތި އެދުވަ ހުން އަނިޔާވެރިޔޭ ގޮވުމުގެޖާގައެއް އެމްޑީޕީ ކޯލިޝަނަކަށް ނޯންނާނެ ﷲ އީކޮންމެކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެ ވަގުންނަކީކޮންބައެއްކަން ނިންމަވާނީ އެންމެމަތީފަރާތުން ﷲ ގެ ނިންމެވުމަކީ އެންމެފަ ހުގެނިންމެވުން ﷲގެ ނިންމެވުން ބަދަލަކުރެވޭނެ ހަމައެކަކުވެސް ﷲފިޔަވައިނު ހުންނާނެ ރައީސްޔާމީން މައްޗަށް ސާބިތުނުކުރެވޭ ބާތިލްސަރިޔަތެއް ކުރުމުގައި ބައިވެރިވި ހުރި ހާ ދޮގުވެރިންނަށް މާތްﷲ އޭގެ ބަދަލު ދައްކަވާނެ އިންޝާﷲ

    50
    2
  3. ކޮވިޑް

    ކުރެވޭނެ ޝައްކެއް ނެތް. އަދި 100 ހަމަ ކޮށްލަން ދައުލަތުން މާރުކޭޓަށް ގޮސް ދެތިން ރިހާކުރު ފުޅި އާ އެކި ރަހަލާ ގިތެޔޮއު މިރުސް ކޮޅެއްގެ ވެސް ނަން ހެކިންގެ ލިސްޓް ގައި ހިމަނާލި ނަމަ؟ ދެން މަސް މާރުކޭޓް އަށް ޕީޖީ ވެދެލީމް އެކިބާވަތުގެ މަސް ތަކުގެ ކަރު ގޮހޮރު ކޮޅެއް ހެކިންގެ ލިސްޓަށް ލީމަ 100 ހެކިން ހަމަވީ. ސަދޫމަށް ވުރެ ނުބައި ހުވާ.

    47
    2
  4. ސަަދޫމް

    މިމީހުން ލަދުގަންނަން ޖެހޭނެ ސަދޫމޭ ކިޔާފަ އަނގަހުޅުވަން އަސްލު ސަދޫމުގެ ނަކަލު މިފެންނަނީ

  5. ކީއްތޯ ކުރާނީ

    އާ ކުރެވޭނެ ސަދޫމުގެ ސަރީޔައް ބެއްލެވީީމުތޯ