ކޮވިޑް-19 ގެ ވޭދަނައެއް ފެނިގެން ގއ. ވިލިނގިލި އަނެއްކާ ވެސް މޮނިޓަރިން ހާލަތަށް މިއަދު ގެނެސްފިއެވެ.

ހުވަދު އަތޮޅުގައި ފެތުރެމުންދިޔަ ކޮވިޑް-19 ގެ އިހަލުގެ ތެރެއިން ވިލިނގިލިން ވޭދަނަތައް ފެނި އެރަށް މޮނިޓަރިންގައި އޮންނަތާ 72 ދުވަސް ފަހުން އެ ހާލަތު އުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަލުން އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ރަށުން ކޮވިޑް ވޭދަނައެއް ފެނިގެންނެވެ.

އެންމެ ފަހުން އެ ރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ހެދުމުންނެވެ.

އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެންނެވެ.

ވިލިނގިލިން މިހާތަނަށް ޖުމްލަ 178 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، ރަށް މޮނިޓަރިން ހާލަތުން ނެގި އިރު އެކްޓިވް ވޭދަނަތަކުގެ އަދަދު އުޅެނީ ފަހެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ކޮވިޑަކީ ސިޔާސީ މީހުން ގެންގުޅޭ ސިޔާސީ ހަތިޔާރެއް ނުންތޯ ބަންދު ކުރަންވީމާ ސުންކު ފެނި އިތުރުވަނީ އޭ ބުނެލީމާ ނިމުނީ ނުންތޯ ؟

  2. އަލިބެއްޔާ

    ރިކަމެއް.. ދޯނީގަ ފަޅުގައި ތިބޭތާ 2 މަސްދުވަސް.. ކަލޭމެންގެ ފަރުވާ ކުޑަކަމުން ރާއްޖެ އެތެރެވި އެއްޗެއް.. ކަލޭމެން އަރާމުގައި ތިއްބަސް އަހަރުމެން ބަނޑުފުރާ މުއްތިކުރަން ހާދަމަސައްކަތެއް ކުރަން ޖެހެޔޭ..