ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން ރާއްޖެއަށް ބަރު ހަތިޔާރު އެތެރެ ނުކުރި ކަމުގައިވީ ނަމަވެސް އެފަދަ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެމީހުންގެ ކިބައިގައި ހުރުމުން، ނިރުބަވެރި ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ނެޝެނަލް ކައުންޓާ ޓެރެރިޒަމްގެ ސެންޓަރުގެ ޑިރެކްޓަރު، ބްރިގޭޑާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހާ ގުޅިގެން "ވަގުތު" އަށް ދިން އިންޓައުވިއުގައި ޒަކަރިއްޔާ ވިދާޅުވީ މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރާ އުސޫލުން ބަރު ހަތިޔާރު ރާއްޖެއަށް ގެންނައުމުގެ މަސައްކަތް އެއްވެސް މީހަކު ކުރަމުންދާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފާރަވެރިވެ، ވަރަށް ކައިރިން ބަލަމުންދާކަން ފާހަގަކުރެއްވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ދީފައި ހުރި ނިރުބަވެރި ހަމަލާތަކުގައި ބޭނުންކޮށްފައި ވަނީ ގައުމުގައި ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް ކަމަށެވެ.

"ރާއްޖެއިން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން މިހާތަނަށް ހަމަލާތައް ދީފައި ހުރީ. އެހެންވެ އަޅުގަނޑު ދަންނަވަނީ މިގޮތަށް މިމަގުން ދާކަމަށް ވަނީނަމަ، އަބަދު ބިރުވެރިކަން ވެރިވެފައިވާ ގައުމުތަކުގެ ހާލަތަށް ރާއްޖެ ވެއްޓިދާނެއޭ، ނިރުބަވެރިކަމުގެ ބިރު ބޮޑު ގައުމަކަށް މި ގައުމު ވުމުގެ ފުރުސަތު އެބައޮތޭ. އެކަމަށް އަޅުގަނޑުމެން އެންމެންވެސް ސަމާލުވާން އެެބަ ޖެހެއޭ" ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި 2007 އިން ފެށިގެން ނިރުބެރި ހަމަލާތައް މި ގައުމުގައި ފެންނަމުންދެއެވެ. އެ ފިކުރުގެ އަނދިރި ވިއުގަތައް ފުޅާކޮށް، ދައުލަތުގެ އެކި މުއަސަސާތަކުގައި ވެސް މިހާރު އެ ފަލްސަފާ ގަބޫލުކުރާ މީހުން ތިބި ކަމަށްވެއެވެ.

ބާރުގެ ބޭނުން ކޮށްގެން، މުޖްތަމައުގެ ހަމަޖެހުން ނަގާލެވޭނެ، 1400 އެއްހާ މީހުން ރާއްޖޭގައި ތިބި ކަމަށް ސަލާމަތީ ހިދުމަތްތަކުން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބޮން ހެދުމަށް ކުޅަދާނެ މީހުން ކަމަށްވެއެވެ. އަދި އެ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިއުގައިގެ މޫތައް ވަރަށް ބޮޑަށް ފެތުރިފައިވާކަން ރަސްމީ އިދާރާތަކުން ފާހަގަކުރެއެވެ.

ދީނަށް ފުރައްސާރަކޮށް ދީނާ ހިލާފު ވިސްނުންތައް ފެތުރުމުގެ ފިކުރާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ތަކްފީރީ ފިކުރަކީ މިހާރު ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮވިޑް

    މަނިކުފާނަށް ރޭލާ ލީ ތޯ މިފަހަރު ؟ ރައްޔަތުން ނަށް ނުވެ ޒަކަރިއްޔާ އަށް ރޭކާ ލުމަކީ ރަނގަޅު ފާލެއް ހެން ހީވަނީ؟ ޕަކާސް

    9
    2
  2. ހަވާސާ ހަމީދު

    ތިޔަ ބުނާކަނކަން ކުރަނީ އިންޑިޔާ ސަރުކާރާއި ގުޅިގެން މިސަރުކާރުގެ ޑިފެންސް މިނިސްޓަރާއި ފޮރިންމިނިސްޓަރ

    14
    2
  3. ސަހީ

    1400 އެމީހުން
    5 ލައްކަ ދިވެހިން
    އެންމެ ފަރާތެއް ރައްކާތެރިކުރައްވާނީ ﷲ ☝

    13
  4. މުޖޫ

    ތިޔަ ދެއްވަނީ އައިޑިޔަރު ނޫންތޯ؟

  5. ކޮރަލް

    ދީނީ ހައްދު ފަހަނަ އެޅުން ހަފްތާ އަކު އެއްފަހަރު ނޫހުގަ އޮތުން މަޖުބޫރު މާއްދާ އެކެވެ. ދީނައް ފުރައްސާރަކުރުން ދީނުން ބޭރު ވުން ދެއްކުން މަނާ ވާހަކަ އަކަށް ހަދަން އުޅޭހެން ހީވެ އެވެ.

  6. ކާސިމް

    ކިހާ ބޯޑު ކަމެއް މިއޮތީ މިގައުމަށް ޖެހިފަ
    ބޯހަލާކު

  7. ަްއައިސާ

    މި މެސެޖް ކިޔާލާ ހުރިހާ ބޭފުޅުން އަޅުގަނޑު އައް ދުއާ އެއް ކޮއްދެއްވާ
    ﷲ ގެ އިރާދަފުޅުން އަޅުގަނޑު ޤުރުއާން ހިތުދަސް ކުރަންފަށަނީ
    މި ކުރާ ކަމުގަ ﷲ އިރާދަފުޅުން ބަރަކާތް ލެއްވުމައް އެދި ދުއާ އެއްކޮއްދެއްވާ
    ފަސޭހަ ކަމެއް ކުމުގާ ﷲ ލައްވަވާ
    އާމީން 🤲🤲

    11
  8. ލޮލް

    ނިރުބަވެރިތަނަކަށް ވުމުގެ ކުރިން ލާދީނީ ތަނަކަށް މިގައުމު ހަދަން ބަޔަކު މީހުން އެބަ ވަރަށް މަސައްކަތް ކުރެއެވެ. ނިރުބަވެރިތަނަކަށް މިގައުމުވާނީ ލާދީނީ ތަނަކަށް މިގައުމު ވުމަށްފަހު ރައްޔިތުންނަށް ލާދީނިއްޔަތު ޓޮލަރޭޓު ނުކުރެވުނީމައެވެ.

  9. ބުރާންތިޒަކު

    ސަޅިބައިސާ 2

  10. ޥާނުވާ

    ގޭންގުތަކުން ހިންގާ ގައުމަކަށް މިގައުމުވަމުންދާ ކަމުގެ ބިރެއްނެތްތަ؟

  11. ޒާތްކޮޅު ބޮޑު

    ޒަކަރިއްޔާ މީ ހަމަ ދެވަނަ ނަޝީދު.

  12. ހަސަދު

    ބަލަ އެކަހަލަ ގައުމަކަށް ވިޔަ ނުދޭން ތިބި މީހުން ދައކަވާ ވާހަކަ. އެބިރު އޮވެމެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ފެންނަންޏާ ގައުމަށް ޓަކައި އިސްތިއުފާ ދެއްވުން ރަނގަޅު

  13. އަނގައިން ޗޮއެ ބަހުން މެޓާ

    މިގައުމު މިހާރުވެސް މިވަނީ ޒަކޭމެން ނަސީދުމެން ކަަހަލަ މީހުންގެ ހައްޕުނޑުގެ ދުއްޕާން ފިހާބަދިގެއަކަށްވެފަ. ކައެމެން ހީވަނީ ހަރުކަށި ފިކުރަށް ހަޔާތް ކުޑަގޮތަކަށް ހިތްވަރުދޭ ބައެއްހެން، ވާހަކަ ތިހުންނަނީ ވަކަރުގޭ ސްޓައިލަށް. ކޮއްމެ ކައްޓާއެކުން ކިރިޔަސް ލާދީނިއްޔަތާ ދެކޮޅަށް ވަކާލަތުކުރުން އެ އަދި ހަރުކަށި ކަމަކަށް ނުވާޅެ.

  14. ކޮސް

    އަސްލު؟ ޒަކަރިއްޔާ ބުނެބަ ތިފަދަ ވާހަކަތައް ދައްކައިގެން ރައްޔިތުންގެ މެދުގއި ބިރުވެރިކަމާ ނާމާން ކަމުގެ އިހުސާސް ނުއުފެދޭނެތަ؟ ޖިންނިވެސް އުޅޭ. މަދު ބަޔަކު ޖިންނިމޮޔަވެސް ވޭ. ދެން ޖިންނި އުޅެޔޭކިޔައިގެން ބިރުވެރި ވާހަކަދެއްކީމަ ހީވާނެ ފަތެއް ހެލިލިޔަސް އެއީ ޖިންނި ކަމެކޭ ޖިންނި މޮޔަވީޔޭ. ގައުމުގެ ނަން ހަޑިކުރުން ދެއްތޯބޭނުމަކީ. ލާދީނީއްޔަތު ފެތުރަން ޖަހާ މަޅިތަކުގަވެސް ކޮއްމެސް ބަޔަކު ޖެހެނީ. ވަރަށް ދެރަވަރުގެ ބޮޑެތި ކަންކަން ވިސްނާއެންމެން.