އައްޑޫ ސިޓީ ފޭދޫގެ ދެކުނުން ހިއްކާފައި އޮތް ބޮޑު ސަރަހައްދެއްގައި ޖަހަން ގެނެސްފައިވާ ބޮޑު ހިލަ އިންޑިއާއިން އަޅަމުން އަންނަ ޕޮލިސް އެކަޑަމީ އަށް ގެންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފޭދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ އެ ރަށަށް ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އެ ހިލަ ތަކަކީ ފޭދޫ ދެކުނުން ކުރީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދު ގިރަމުން އަންނާތީ އެތަނުގައި ޖެހުމަށް ގެނެސްފައިވާ ހިލަތަކެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިލަތައް ފޭދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރި އިރު، މިއަދުގެ ވަގުތެއްގައި އިންޑިއާ ބަޔަކު އެތަކެތި ޓްރެއިނިން ސްކޫލަށް ގެންދަން ފަށާފައިވާ ކަމަށް އެ ރަށުގެ ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ.
ފޭދޫ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސް އަބްދުﷲ ސައީދު "ވަގުތަށް" ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ހިލަތައް ނަގަން ފަށާފައިވާ ކަމަށާއި އެތަކެތި ގެންދަނީ ޕޮލިސް އެކަޑަމީއަށް ކަމަށެވެ. އެކަމާއި ގުޅިގެން ރައްޔިތުން ހިތްހަމަ ނުޖެހިގެން އެސަރަހައްދަށް ޖަމާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހިލަތައް ނަގައިގެން މި ގެންދަނީ އެތަނަށް [ޓްރެއިނިން ސްކޫލަށް]. ދެ ލޮރީ ވަރަކަށް މިހާރު ނަގައިފި. މިހާރު ފޭދޫ ރައްޔިތުން އެތަނަށް އެއްވެގެން ތިބީމަ އިތުރު ލޮރީއެއްގެ ހިލަ އަދި ނުގެންދެވޭ." އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ހިލަތައް އިންޑިއާ މީހުންނަށް ވިއްކާލާފައިވާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
"ހިލަ ގެނައި ބަޔަކު އަދި ނޭނގޭ. އެމީހުން [އިންޑިއާ މީހުން] ބުނަނީ ޝާހީން ހަމީދު ނަމަކަށް ކިޔާ މީހެކޭ ހިލަ ގެނައީ ފޭދޫއަށް. އަދި ހިލަ ވިއްކި ކަމަށް. އެކަމަކު ވިއްކީ ކޮންބައެއް ކަމަށާއި ހަދާފައިވާ ޑީލެއް އަދި ނޭނގޭ" ސައީދު ވިދާޅުވިއެވެ.
ފޭދޫގައި ހުރި ހިލަތައް އިންޑިއާ މީހުންނަށް ދީފައިވާތީ ޕީޕީއެމް ހިތަދޫ ސްޓިއަރިން ކޮމިޓީގެ ރައީސް ،ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވެސް ވަނީ އެކަން ކުއްވެރި ކޮށްފައެވެ.
"ރައްޔިތުންނަށް މަންފާވާ ގޮތަށް ހިލަތައް ބޭނުން ކުރެވެން އޮއްވާ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަދާ އެކަޑަމީ އަކަށް ހަދިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެއީ ރައްޔިތުން ރުހޭނެ ކަމެއް ވެސް ނޫން" މޯޑު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މިއަދު އައްޑޫ މީހުން ތިކަން ކަމާ ކަން ބޮޑުވުމުގެ މާނަ އެއް ނެތް. ތިކަން ތިހެން ވާނެކަން އެނގިހުރެ ދޯ ތި ސިޓީގެ ކައުންސިލް މެޖޯރިޓީ ދިނީ. މޭޔަރު އެމްޑީޕީ އަށް ދިނީ. ތީ އަދި ހިލަ ތައް ދޯ މާދަމާ ކަން ނޭންގެ ފެންވަރުގަ ހަދާފަ ހުރި ގެތަކުން މީހުން ނެރެ އިންޑިއާ މީހުން އެ ގެ ތަކަށް ވަންނާނީ؟ އަދި ވެސް އައްޑޫ މީހުން ގްންބޯ ހެދިފަ ތިބޭ.
މަމެންގާތަށް ހިންޏެނޫން އަންނީ ބޮޑެތި ކިނބުލާ ގެރިއަންނަނީ...އައްޑޫމީ ހުންނަ އިންޑިޔާއިން އައްޑޫ ތަރައްގީކޮއްދޭނެގޮތުގަ ކުޑަމިސާލެ ތިފެނުނީ.. ބުނަންޖެ ހޭއެތި ބޮޑުކަމުން ހަނު ހުންނަން މާރަގަޅު..ދެންއޮތީ ހަނިމާދޫ ވަރަށް ބޮޑު އެއާރޕޯޓެ ބޭނުންވެގެން ރަށަށްގެރިއަރުވައިގެން އެތިބީ..
އިންޑިއާ 450 ލޭބަރުން 3 އިރު ކެއުމަށް ކައްކަނީ ދަރު ބޭނުންކޮށްގެން. އައްޑޫގެ މަގުތަކާއި ހޭޅިފަށުގައި ހުރި ހުރިހާ ގަހެއް ކޮށާއި ޖަމައުކުރަނީ އެމީހުން ކައްކަން ބޭނުންކުރުމަށް.
މިފެންވަރށް ތަރައްގީވެފައިތިބި ބަޔަކު އައިސް އައްޑޫ ތަރައްގީކުރީމާ ދެން ވާނެގޮތް ވިސްނާ !!
އައްޑޫ މީހުން ގެއިންވެސް ނެރެ އެމީހުންގެ ގެތަކަށް އެނީހުން އަތުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައްޗޭ !! ބަރާބަރު