އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެހެންކަމުން އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުނއް ބެލެނެވެރިންނަށް ސްކޫލަށް ވަދެ ނުކުތުން މަނާ ވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި އިއުލާނެއްގައި ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ކޮވިޑް އިން ރައްކާތެރިވުމަށް ސްކޫލް ތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާ ކަމަށެވެ.

"ދަރިވަންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރަމެވެ". އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ހާއްސަ ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ. އެ ކެމްޕޭންގެ ދަށުން އެ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ސަރުކާރުން އަޒުމް ކަނޑަޅާފައިވާއިރު، އެ ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވެކްސިން ފުރިހަމަ ކުރެވިފައިވާ ކަމަށް ބަލަނީ، ވެކްސިންގެ ދެ ޑޯޒް ހަމަކޮށް 14 ދުވަސް ވުމުންނެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އެސްޓްރާ ޒެނަކާ ވެކްސިން އާއި ސިނަފޯމްއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކިޔާ

    މިސަރުކާރު އައިފަހުން ކިޔަވާދެވުނު ދުވަސްގިކަމުންތަ ތިއުޅެނީ. ގަމާރު މިނިސްޓަރ . މިހާ ކަނޑުކޮސް ގަމާރު މިނިސްޓަރަކު އަދި މިހާތަނަކަށް ނުދެކެން. އަމިއްލަ ތަރިކަ މުދާހެން ހީވަނީ ކަންކަން ނިންމާލާއިރު. ބޭނުންނުވާއިރު ވެކްސިންޖަހަން މަޖްބޫރެއް ނުކުރުވޭނެ. މި ރާއްޖޭގައި ކޯވިޑްގެ ދެރާޅު ބިންދާލީ ސަރުކާރުގެ ބޮޑުންނާހެދި. މަނާކުރިއަސް ވަންނާނަން. މަގޭ ދަރިން ނެރެން މަ ދާނަން.

    38
    2
  2. ލޮލް

    ދެޑޯޒު ވެކްސިން ނުޖަހާ މީހުންގެ ދަރިން ސުކޫލަށް ފޮނުވާނެކަމެއް ނެތް. ހޯމް ސުކޫލިންގ ދިނީމަ ރަނގަޅުވާނެ. ބެލެނިވެރިޔާ ވެކްސިން ފުރިހަމަނުކޮށޭ ކިޔާފައި ދަރިވަރު ސުކޫލުން ވަކިކުރާކަށްވެސް މިމީހުން ފަހަކަށް ނުޖެހޭނެ.

    38
    4
    • Anonymous

      މިއީ އިލުމިނާޓީން ފަތުރާ ދައްޖާލު އެޖެންޑާ. އިންސާނުން ކޮންޓްރޯލް ކުރުން މިއީ. ސަރުކާރުން ރައްޔިތުންގެ މިނިވަންކަން މިފޭރިގަންނަނީ.

      30
      5
      • ޢަހުމަދުވަގާރު

        މި.ދުނިޔޭގަ ތޯ. އަފްގާނިސްތާނަށް ހިޖުރަ ކޮށްލާ

        2
        3
  3. ސަމާ

    ވެކްސިންޖަހާފައި ތިބިކަން ބަލަން ހާދަ ވަގުަތަކާއި ޚަރަދުތަކެއްވެސް ދާނެއޭ ދޯ ؟

    36
    1
  4. މުހައްމަދު

    އެހެންވުމުން ދެން ސްކޫލަށް ދާން ޖެހޭނީ ކަރުގައި ސްޓޫޑަންޓް ކާޑް ގެ ބަދަލުގައި ވެކްސިން ކާޑް އެލުވާގެންކަމަށް ބަލަން

    44
    1
  5. ހެޔޮނުވާނެ

    ކޮންމެވެސް މީހަކު އެޑިޔުކޭޝަނަށް ހަނދާންކޮށްދީބަލަ ކޮވިޑަކީ ދިވެހިރާއްޖޭގައި އުފަންވި ބަލިމަޑުކަމެއް ނޫންކަން. އަދި ކޮވިޑުގެ ވޭދަނަތައް މަދުވާއިރަށް ބޭރު ކަރަކަރައިން ކޮވިޑުޖެހިފައިތިބޭ މީހުން ރާއްޖެ ގެނެސް ކަރަންޓީނު ހަބަކަށް ރާއްޖެ ހަދާ މިތާނގައި ކޮވިޑު ފަތުރަނީ ނިކަމެތި ރައްޔިތުމީހާ ނޫންކަން. އަދި ވެކްސިނަކީ މަޖުބޫރު މާއްދާއެއް ނޫންކަމަށް ސަރުކާރުން ބުނެފައިވާކަންވެސް މިނިސްޓަރަށް ހަނދާން ކޮށްދީބަލަ.

    35
    1
  6. Anonymous

    މީ ތަންކޮޅެއް ބޮޑުވަރު އަސްލު.

    ހުރިހާ އެންމެން ވެކްސިން ޖަހާ ކަށް ނުޖެހޭ. މިއީ ހަމަޖެހޭ ކަމެއް ނޫން.

    49
    6
  7. ރިޒާ

    އަޖައިބެއްނުތީ... އައިސްތު ދައިތަަގަނޑާ.. އިސްތިއުފާދޭންވީނު.. ވަޒިފާގެ ބިރު ނުދައްކާ..!
    ތިހެން އެޑިޔުކޭޝަނަކަށް މަޖުބޫރެއް ނުކުރެވޭނެ ވެކްސިންޖަހާކަށް.. ވެކްސިންޖެހުން މަޖުބޫރުކުރަން ތިހާ ބޭނުންވާނަމަ އެޗްޕީއޭއިން މަޖްބޫރުކުރަންވީނު، ކޮންމެހެން އޮލުވާލައިގެން ވަޒީފާގެ ބިރުދައްކައިގެން މަޖުބޫރުކޮށްގެން އެޑިޔުކޭޝަނުން ކޮން ސަރަކަތެއް ތިޖަހަނީ..

    އަދި ބުނަންތަ..އެޗްޕީއޭގެ ވެކްސިންޖަހާ ފޯމުގެ ވެކްސިންޖަހާ މީހާގެ އިޤުރާރުގަވެސް އޮންނާނެ ކަޅާއިހުދުން ލިޔެފައި ވެކްސިން ޖަހަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށް!
    އައިސް ދައިތަގަނޑުގެ ތިޔަ ނިންމުމުގެ ސަބަބުން މިހާރު މިވީ ވެކްސިން ޖެހުން މަޖުބޫރުކަމަކަށް. މަޖުބޫރުން ކުރުވާކަމަކުން ލިބޭ ގެއްލުމުގެ ޒިންމާ ނަންގަވާ ގޮތަށް ފޯމުތަކުގައިވާ އިޤުރާރު ބައި އިސްލާހުކޮށްފަ ދެން ވެކްސިންޖެހުމަށް މަޖުބޫރުކުރޭ!

    ކޮންމެހެން އެޑިޔުކޭޝަނުން ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް އުދުޅިބާނާނި ކަމެއް ނެތް..

    ވެކްސިން ޑިޕްލޮމެސީ ޖައްސާންޏާ އެޒިންމާވެސް އުފުލާބަލަލަ އިބޫ..
    އެވޯޑު ހޯދަން ކަތިލާ ކަންބަޅިތަކަކަށް ރައްޔިތުން ހައްދާނި ކަމެއް ނެތް!

    34
    2
  8. Anonymous

    ގާނޫނާ ހިލާފު އަމުރުތައް. މިފަދަ ގާނޫނާ ހިލާފު އިންސާނިއްޔަތާ ހިލާފު އަމުރުތަކާ ދެކޮޅަށް ޔޫކޭ ޔޫއެސް އިޓަލީ ފްރާންސް އިޒްރޭލް ފަދަ ގައުމުތަކުގައި 24 ގަޑިއރު މުޒާހަރާ ކުރޭ.

    28
    2
  9. Anonymous

    އަހަރެމެންގެ ހަށިގަޑު، އަހަރެމެންގެ ޗޮއިސް. ތިއީ ޔޫޑީއެޗްއާރް އިން ލިބޭ މިނިވަން ކަމުގެ ހައްގަށް އަރައިގަތުން.

    33
    1
  10. Anonymous

    ދަރިވަރުންނަށް ބަލިޖެހިދާނެތީ އެޑިޔުކޭޝަނަށް ނުޖެހޭނެ ފިޔަވަޅު އަޅާކަށް. ކެންސަރާ ކިޑްނީގެ ބަލިތަކާ މިކަންކަން ހުއްޓުވަން އެޑިޔުކޭޝަނުން ކޮންމެ ރައްޔިތަކަށް 1 ބިލިއަން ދީބަލަ.

    24
    4
  11. .......

    ތިބުނާ ވެކްސިން ޖަހައިގެން ތިކިޔާ ކޮވިޑް19 ކޮންޓްރޯލް ވީ ގައުމެއް މިދުނިޔެ އަކު ނެތް...ދެން ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުން މަޖްބޫރު ކުރަނީ ކޮން ފަދަ އަޖައިބު ކުރުވަނިވި ހިސާބަކުން ތޯ...

    31
    1
  12. އެރަށުމީހާ

    މިއީ ސިޔާސީ ގޮތުން އިބޫ ސޯލިހު ރެލެވެންޓް ވާން ވެގެން ކުރާ ކަމެއް. އެހެންޏާ 90% އެއީ ކޮންތާކުން ހޯދި އަދަދެއް؟

    25
    1
  13. އަޙްމަދު

    ދެޑޯޒް ޖެހިޔަސް ކޮވިޑްޖެހޭކަމަށް ތިކަމުގައުޅޭމީހުންބުނަނީ.

    28
    1
  14. ހުސޭނުބޭ

    ބޮޑު ސުވާލު
    ވެކްސިން ނުޖަހާ ހުއްޓާ މަރުވެއްޖެނަމަ ވަޅުލާދޭނެތަ؟

    26
    1
  15. ޙަދިސައިބު

    ކެރަފާނަސީމު ބޭނުންވާގޮތަށް ލިޔުންނެރެންތިބިބަ އެއ އއްނޫން އެޑިޔުކޭސަނަކީ މީތަންކޮޅެ އެއ އް ބޮޑުވަރު

    26
    2
  16. ށުމަން

    ދަރި ބަލާ ނުވަދެވޭ ސްކޫލް ތަކަށް ކުދިން ނުފޮނުވާތި. ވައްކަން ކޮއްކޮށްފަ މިހާރު ބެލެނިވެރިން ގެ ބޮލަށް އަރަން ތިއުޅެނީ!

    12
  17. ޑެޑުއހފޯސް

    އަނބި ފިރިކަމުގެ ގުޅުން ހިނގޭނީވެސް ދެން ވެކްސިން ޖަހައިގެން

    12
  18. އިންތިޒާރު

    ޙެއްދެވީ ތިޔަބުނާވެކުސިނާއިލައިގެންކަމައް ވިދާޅުވާން ކެރޭނެތޯ

  19. ކާފަރު އެލެކްސް

    ކިތައް ޑޯޒް ޖަހައިންތަ ކަލޭމެންނައް ގެރެންޓީއެއް ދެވެނީ ބަލިނުވާނެކަމައް

  20. ފޫހި

    މިވަރުން ދަންޏާ ވެކްސިންނުޖަހާ މީހުނަށް ހޮސްޕިޓާތަކަށް ނުވަދެވޭގޮތްވެސް މިވެރިން ހަދާފާނެ.

    15
  21. ސސ

    ތިޔަބުނާ ކޮވިޑަށްވުރެން މަސްތުވާ ތަކެތި މާނުރައްކާ، މަސްތުވާ ތަކެތި ބޭނުން ކުރާމީހުން ސުކޫލްތަކަށް ނުވައްދާގޮތެއް ހަދަންވީ ނުންތޯ ؟

  22. ވެކްސިން

    ހޫން ދެން ވެކްސިން ނުޖަހާ އެންމެން ޤައުމުންވެސް ބޭރު ކުރަންވީނު. ޥަރަށް ބެލޭނެވިއްޔަ ކޮންމެ ސެޝަންއެއް ނިމޭގަޑިގެ ވެކްސިންޖެހިތޯ؟ ކިހިނެއް ބާ ޔަޤީން ކުރާނީ؟ މޮޅު އެންގުން އަންގައިގެން މީހުންގެ ސަމާލުކަން ހޯދަންވެގެން

  23. ނާޅި

    ވެކްސިނަކީ ބަލި ނުޖެހޭނެ ކަމުގެ ސެޓްފިކެޓަކީތޯ ނުވަތަ ބަލި ކޮންޓުރޯލް ވެފައިވާ މީހެއްކަން އަންގައިދޭ ލައިސަނެއްތޯ ؟

  24. ޏަމް

    އިންޑިއާމީހެއްވިއްޔާ ސުކޫލަށްވަދެވޭނެ ހޮޅިނަހަށްލާ.

  25. ލަންޗިއޮން ކުކީސްޒް

    ދެން އިސްކޫލް އައް ނުގެންދިޔައީމަ ނިމުނީނު. އެކަމު ކުދިން ސްކޫލް އައްވައްދަން މަޖްބޫރް ކޮއްފަ އިންނަނީ ގާނޫނުގެ ތެރެއިން. ތިހިންވީރު ސްކޫލްއައް ގެންގޮސް ގެންނާނެ ބަޔަކު ސަކުކާރުން ހަމަޖައްސަދޭންވީނު.
    ކޮވިޑު ތެރޭ އިސްކޫލްއައް ވައްދާގެން ދަރިވަރައްވާ ފައިދާއެއް އެބައޮތްތަ. ބެލެނިވެރިޔާ ހުރިހާ އެއްޗެއްދަސްކުރަން ޖެހެނީ ވީޑިއޯ ޖައްސާގެން. ބޭކާރު ޚަރަދު ތަކެއް..

  26. އަހުމަދު

    ވެކުސިން މާގިނަވީ ދޯ. ކުރިންބުނި ފުރަތަމަ ވެކުސިންޖަހާފަ ދެވަނަ ވެކްސިން 4 ހަފްތާ ޖަހަން ޖެހޭނެއޯ އެންމެފަހުން މިހާރު ހައްދެއް ނެތް ޖަހާނެ ދުވަހަކުން ޖެހިޔަސް އޯކޭ ވެކްސިން ނުލިބުމުން މައުޟޫޢު ބަދަލުކޮށްލީ ކޮވިސީލްޑް ޖެހިމީހަކަށް އެހެން ވެކްސިނެއް ނުޖެހޭނޭވެސް ކީ އެކަމު މިހާރު ކޮންމެ އެއްޗެއް ދޭއް ހަމަކުރަން ޖެހިޔަސް އޯކޭ ކަންކަން ބޮއްސުން ލީމަ މިއޮށް ވާގޮތެއް ދޯ