އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ދިރިއުޅުއްވަމުން ގެންދަވާ ހ. ދޫވެހިގެ އަކީ އެމަނިކުފާނު ސައްޚަ މުއާމަލާތްތަކުގެ ތެރެއިން ހޯއްދެވި ގެކޮޅެއްކަން ސާބިތުކޮށްދޭނެ ލިޔެކިއުންތައް ކްރިމިނަލް ކޯޓަށް ހުށަހަޅުއްވަން ނިންމައިފިއެވެ.

މިއީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅުއްވި ލިޔެކިއުންތަކެކެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މި މައްސަލައާ ގުޅިގެން، ދައުލަތުގެ ފަރާތުން ވަނީ ޔާމީންގެ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފައެވެ. އެކަމަކު އެމަނިކުފާނުގެ މުދަލުގެ ތެރެއިން ހ. ދޫވެހި ނަގަން ދައުލަތުން ސީދާ އެދިފައެއް ނެތެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 30 ހެއްކެއް ހުށަހެޅުއްވިއެވެ. އެއީ ޝަފައީ ފަސް ހެއްކަކާއި ކިތާބީ 25 ހެއްކެކެވެ. ކިތާބީ ހެކިތަކުގެ ތެރޭގައި ހ. ދޫވެހީގެ ރަޖިސްޓްރީއާއި އެ ގެކޮޅު ހޯއްދެވި މުއާމަލާތްތަކުގެ ލިޔެކިއުންތައް ހިމެނެއެވެ.

ޔާމީން ވެރިކަމުގައި ހުންނެވިއިރު ވެސް ދިރިއުޅުއްވީ ގ. ދޫވެހީގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ހ. ނޫފަރު ހުންނަ އިމާރާތް ސިވިލް ކޯޓު މެދުވެރިކޮށް ހޯދައި ދޫވެހީގެ ނަމުގައި 17 ބުރީގެ އިމާރާތެއް އަޅަން ފެށްޓެވިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިހާރު ގޭބަންދުގައި ހުންނެވިއިރު އާއިލާއާއެކު އުޅުއްވަމުން ގެންދަވަނީ އެ ގެކޮޅުގައެވެ. ވެރިކަން ބަދަލު ވުމާއެކު ވެސް ޔާމީން އާ ގެކޮޅަށް ބަދަލުވިއެވެ.

17 ބުރީގެ އެ އިމާރާތުގައި އަދި ނިމިފައި ވަނީ ދެ ފަންގިފިލާއެވެ. ދެން ހުރި ފަންގިފިލާތައް ނިމުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދެއެވެ. އެކަމަކު އެ މަސައްކަތް މިހާރު ދަނީ ވަރަށް މަޑުމަޑުންނެވެ.

މިއީ ޔާމީނަށް އިދިކޮޅު ފަރާތްތަކާއި އާންމުންގެ ފާޑުކިއުން އަމާޒުވި އެއް ކަމެކެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވާއިރު، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

ދަށު ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ޔާމީންގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ޔާމީންގެ ސަޕޯޓަރުން ގަބޫލު ކުރަނީ މިއީ އެމަނިކުފާނަށް "ނުހައްގުން" އުފުލަމުންދާ ދައުވާތަކެވެ.

ފަސް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެންމެ މަތީ ކޯޓުގައި އޮތްއިރު އަދި ކްރިމިނަލް ކޯޓުގައި ދެ ދައުވާއެއް ހިނގަމުންދާއިރު އިތުރު މައްސަލައެއްގައި ވެސް ޔާމީނަށް ދައުވާ ކުރަން ފުލުހުން މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އެއީ ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ވެސް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާ ކުރި ކަމަށް ބުނާ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒާތީ ގޮތުން ޖައްސާލުން!!

    މިސަރުކާރާ ކޮންބެހޭ ކަމެއް! ޒާތީ ގޮތުން ޖައްސާލާފައި. ވެރިކަމުގައި ތިބީ ތަސައްރަފު ނުފުދޭ ބައެއް

    46
    3
  2. މާހިރު

    ދުނިޔޭގަ މީހުންގެ ސަހުސު ކަތިލަން އެންމެ އާންމުކޮށް ބޭނުން ކުރަނީ ހިޔާނާތުގެ ތުހުމަތު/ދައުވާ ދެން ޖިންސީ ފުރައްސާރަކުރުން. މި ދެބާވަތުގެ ތުހުމަތަކީ ވަރަށް ފަސޭހައިން އުފައްދާލެވޭ އަދި ހެކިވެސް އުފަން ކުރުވާގެން ޝާރީއަތަށް ދެއްކޭ ދެބާވަތެއް. އަބަދުވެސް ކުއްވެރީން މަސައްކަތް ކުރާނެ އެކި ބަހަނާ ދައްކައިގެން ފިލޭތޯ. މިސާލަކަށް ކުރީގަ ނަޝީދު ބޭސްފަރުގެ ނަމުގަ. ތަފާތަކީ ޔާމީން ނޫޅޭ ފިލާކަށް، ސަބަބު ވަރަށް ސާފު ކުއްނުކުރާމީހާހެ ހިތުގަ އޮންނާނެ އޭނާ ކުށެއް ނުކުރާކަމަށް ޔަގީންކަން އަދި ކިތޭވަރަށް ހެކިދެއްކިޔަސް ގަބޫލު ކުރޭނެ މައްސަލައިގެ ކޮންމެސް ހިސާބަކުން ކުށެއްނެތްކަން ހާމަވާނެކަން. ޔާމީން އެސާބިތުކޮށް ދެއްވަމުން އެދަނީ ކުށެއް ނުކުރާކަން.

    29
    1
  3. ވގ13

    މިނޫނީ ދިވެހިރާއްޖޭގެ ވެރިކަމެއް މީހަކުނުކުރޭދޯ ވައްކައް ވައްކަން ފިއްކަޑައިންދާވަރުގެ

    5
    30
    • Anonymous

      މީނަ މިއުޅެނީ ރާއްޖެޔަކު ނޫން ތޯއްޗެއް. ރަނގަޅަށް ވިއްޔާ ހިނދުކޮޅު އައިސްގެން އުޅޭނީ

  4. ހޭލަމާ

    ކޮންމެ އެއ އްޗެ އް ހުށަ އެޅު އްވިޔަސް ރަ އީސްޔާމީން ނުކުރަ އްވާ ކަމެ އްގެ ޝަރިޔަތް މިސަރުކާރުން ބޭނުގޮތަކަށް ކުރިޔަށް ގެންދާނެ އެ އްގޮތަކުން ނުވި އއްޔާ އަނެ އްގޮތަކުންވެސް ރަ އީސްޔާމީން ކު އްވެރިކުރަން އުޅުނަސް ރަ އީސްޔާމީން ނުކުރާކަމެ އް ކުރިކަމަކަ އްނުވާނެ ހުދު އެކަންކުރިރީނދޫވަގުން ނަށް އެނގޭނެ ރަ އީސްޔާމީން ނޫން ކަން އެކަންކުރީ ރަ އީސްޔާމީން ނުކުރާކަމެ އްކަން އެނގިތިބެ ރަ އީސް ޔާމީން އާއ އި ދެކޮޅަށް ރަ އީސްޔާމީން ގެދުޝްމަނުން ކުރާޝަރިޔަތް ބަލަ އި ގަންނަރަ އްޔިތަކު މިހާރު މިދިވެހިރާ އްޖެ އަކުނެތް މިހާރު ހުރިހާމީހުނަށްވެސް އެނގޭ އަދި ގަބޫލުވެސްކުރޭ އމ އމޕރސ ގެ ވަ އްކަމަކާ ރަ އީސްޔާމީނަކާ އެ އްވެސް ގުޅުމެ އްނެތްކަން އެމްޑީޕީ ފިޔަވަ އި މުޅިދިވެހި ރާ އްޖޭގެ ރަ އްޔިތުން ރަ އީސްޔާމީން އާ އި އެ އްކޮޅަށް ހެކިބަސްދިނަސް އެމްޑީޕީ ވަގުން ރަ އީސްޔާމީނާ އި ދެކޮޅަށް އެކުރާ ބާތިލް އުފެދުމުގަ އިވެސް ބަތިލް ހަރާން ސަރިޔަތެ އްކަން އެނގިތިބެ އެޖާހިލުން އެޝަރިޔަތް ކުރިޔަށްގެން ދާނެ ރީނދޫ ޖަ އްބާރުން މަ އިތިރިކުރަން ޖެހޭނީ ގޮށްމުށުގެބާރުން އެހެންނޫނީ އެލާދީނީބަ އިގަނޑު މުޅިރާ އްޖޭގެދުވަސްދު އްވާލާނެ އެބަ އިގަނޑާ އި ފިސާރިރަނގަޅަށް ކުރިމަތިލާ އިގެންނޫނީ ދެންމިދިވެހިރާ އްޖެ ސަލާމަތެ އްނުކުރެވޭނެ މިޤަ އުމުސަލާމަތްކުރަން ޤަ އުމުދެކެލޯބިވާ ކޮންމެމީހަކުވެސް މިޤަ އުމުސަލާމަތް ކުރަންތެދުވުން މި އަދުމަޖުބޫރު!

    23
    1
  5. ޝައްފަ

    މިއީ ޔާމިނުގެ ބޭބެ، މައުމޫނު އަޑީގައި ހުރެގެން މައުމޫނުގެ ދަރި އަށް މިނިސްޓަރު ކަން ދިން މީހާ ކުރުވާ ކަންތައް.

    30
    1
  6. ހުސެން

    ތީހަމަ ވަރައްބޮޑު ތެދެއް

  7. މިރު

    މިއީ އެމްޑީޕީ ގެ އެކްޓިވިސްޓުން ހިތްރުއްސަން ކުރާކަމެއް. މިދައުރު ނިމެންދެން ކޮންމެވެސް އެއްޗެކޭ ކިޔާފަ އެމަނިކްފާނު ސަލާމަތްނުވާނެ ހުރިހާ ކަމެއް މިސަރުކާރު ކުރާނެ. މި ނާޤާބިލް ސަރުކާރުގެ .ބޭނުމަކީ މިސަރުކާރުދެމިއޮތުން.