ކުޑަކުދިންގެ ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުށީ" ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސެނެޕް ކަޕް ނުވިއްކުމަށާއި، ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ބާވަތެއް ކަމަށެވެ.

އަދި މި ބާވަތް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ބުނެފައި ވެއެވެ.

 

އެމްއެފްޑީއޭ އިން ބުނީ، އެ އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެމްއެފްޑީއޭ އިން ވަކި ގޮތެއް އަންގަންދެން މި ބްރޭންޑްގެ އެ ބާވަތްތައް ބޭނުން ނުކުރުމަށް އަންގާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަރުދީ

    ކިވީ އެންޑް ބެރީސް ކިޔާ ފިހާރައެއްގަ ތިއެބަހުރި ވިއްކަން!! ޕޭޖުގަވެސް އެބަހުރި ފެންނަން

  2. ފަރުދީ1

    ހެއިސްޓިލް.އެމްވީ އިންސްޓަ ޕޭޖުގަ ބައިވަރު ތި އޮބޮތް ވިއްކަން!

  3. ބައިގެންދާ

    މިވަރު ސަމަަާލުކަމަށް މިކަންގެންނައިރު ކޮވިދުވެކްސިންގެ ނުރައްކާ ސަރުކާރުން ބުނެނުދީ މީހުންގަޔަށް ޖަހަން މަޖުބޫރުކުރުވަނީ ކީއްވެ؟ ވެކްސިންތަކަކީ ބޮޑުވިހައެއްކަމަށް ދުނިޔޭގެ ސއިންޓިސްޓުން ެދަނީ ބުނަމުން