އައްޑޫސިޓީ ފޭދޫގައި ހިއްކާފައި އޮތް ސަރަހައްދުގައި ޖަހަން ބަހައްޓާފައިވާ ބޮޑު ހިލަތައް ޕޮލިސް އެކެޑަމީއަށް ގެންދާތީ އެރަށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ފޭދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ އެ ރަށަށް ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އެ ހިލަ ތަކަކީ ފޭދޫ ދެކުނުން ކުރީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދު ގިރަމުން އަންނާތީ އެތަނުގައި ޖެހުމަށް ގެނެސްފައިވާ ހިލަތަކެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހިލަތައް ފޭދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރި އިރު، މިއަދުގެ ވަގުތެއްގައި އިންޑިއާ ބަޔަކު އެތަކެތި ޓްރެއިނިން ސްކޫލަށް ގެންދަން ފަށާފައިވާ ކަމަށް އެ ރަށުގެ ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާއި ގުޅިގެން އެރަށުގެ ގިނަ ބަޔަކު ވަނީ މިއަދު ހެނދުނުން ފަށައިގެން އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

އެ ސަރަހައްދަށް ޖަމާވެފައިވާ ފަރާތްތަކުން އަންނަނީ މިއީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަޑީގައި ހުންނަވައިގެން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް ނިޒާރުގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންނެވެ.

ފޭދޫ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސް އަބްދުﷲ ސައީދު "ވަގުތަށް" ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ހިލަތައް ނަގަން ފަށާފައިވާ ކަމަށާއި އެތަކެތި ގެންދަނީ ޕޮލިސް އެކަޑަމީއަށް ކަމަށެވެ. އެކަމާއި ގުޅިގެން ރައްޔިތުން ހިތްހަމަ ނުޖެހިގެން އެސަރަހައްދަށް ޖަމާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހިލަތައް ނަގައިގެން މި ގެންދަނީ އެތަނަށް [ޓްރެއިނިން ސްކޫލަށް]. ދެ ލޮރީ ވަރަކަށް މިހާރު ނަގައިފި. މިހާރު ފޭދޫ ރައްޔިތުން އެތަނަށް އެއްވެގެން ތިބީމަ އިތުރު ލޮރީއެއްގެ ހިލަ އަދި ނުގެންދެވޭ." އަބްދުﷲ ސައީދު ވިދާޅުވިއެވެ.

ރައްޔިތުން މުޒާހަރާ ކުރަމުން އަންނަ ސަރަހައްދަށް މޭޔަރު އަލީ ނިޒާރު ވަޑައިގެންފައިވާއިރު، އަދި ނިޒާރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  ކޮން ޕޮލިސް އެކަޑަމީ އެ އްތަ ކިޔާބަލަ އިންޑިޔާ މިލިޓަރީބޭސް.... ނުފޯރާފޮތިން ފޫގަޅަ އިގެންވެސް ގަ އުމުތަ އް އަޅުވެތިކުރަން އެބަ އުޅެޔޭ...ހިންނަވަރު އިބުރާހިމާ ދެންތިވަރުން ވެރިކަންކުރަން ލަދުގަނެބަލަ..ހިންނަވަރު އިބުރާހީމުގެ މަ އްސަލަ މަޖިލީހަށް ބައްދަ ބަލަ ޕޕމ އިން..

  65
  3
 2. ދެރަ

  އިންޑިއ އާ ޓީޗަރުން ސްކޫލްކުދިންގެ އއ އިނޓަވަލް އަށްދޭ ކިރުޕެކެޓް ގެ އަށްގެންދަންފެށި ހިސާބުން ފާރަވެރިވެ ހެލިކަޕްޓަރުވެސް ބޭރުކުރެވުނުނަމަ ހިލަގެންދަން އެމީހުން ނުތިބޭނެ

  21
 3. ހުސޭނުބޭ

  ހެޔޮނުވާނެ އިންޑިޔާއިން ގެނެސްދޭ ތަރައްޤީއާ ދެކޮޅަށް މުޒާހަރާކުރަން!
  ކަލޭމެން ހޮވާފައި ހުރި މޭޔަރު ނިޒާރު ކިތައް ފަހަރު ބުނިތަ އިންޑިޔާގެ ސަބަބުން އައްޑޫ އަތުނުޖެހޭވަރަށް ތަރައްޤީވާނެޔޭ! މީހުން ވަގަށްނަގައިގެން ގެންދިޔަޔަސް ހެޔޮކަމަށް ތިބެބަލަ! އޭރުންނޭ ތަރައްޤީވާނީ!

  19
 4. އިންޑިއަން

  ސާބަހޭ ކީއްކުރަން ރީއްޗަކަށް ބަހައްޓާ އެތްޗެއް ގެންގޮސް ހުސްކޮއްލާ

  3
  16
 5. އައްޑޫ

  ބުނަންތަ، އައްޑު އަތޮޅު ހިތަދޫ ބުރާންތިން ތިބޭނެ ކޮންމެ ގޮތެއް ހެދިޔަސް، އެކަމަކު ފޭދޫ މީހުން މަޑުންނެއް ނުތިބޭނެ.

  25
  1
  • Anonymous

   ހެހެހެހެ...ހިތަދޫ ގޯނި ބޮލުއެޅި މީހުންދޯ..

   9
   2
 6. އައްޑޫކޫދެކެ

  ތިޔަހަރެ އައްޑޫ ތަރައްގީ ވަނޫ ނިޒާރޫ ފެނިބަލަ މަގުތައްމަތީ އެތައްބަޔެއް ސަލާންޖަހަމުންދާއިރު އެހީތެރިކަމެއް ނުވެވުނު ބަޔަކައް ދެން ކޮންބޭރުގަމެއްތޯ ތަރައްގީ ކުރެވޭނޫ ަލާމް

  21
 7. ސަޓޯ

  އިބުރާހިމް ސޯލިހު ހިލަ ވަގު...