ސަރުކާރު ފެއިލް ވަމުންދާ ވަރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބިރު ދެއްކުން އިތުރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދެދައުވާއެއްގެ އަޑުއެހުންތައް މިއަދު ބާއްވާފައި ވަނިކޮށް، ޔާމީން އަންނަ އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވާން މިއަދު އެންގުމުން ކުރެއްވި ޓްވީޓެއްގައެވެ.
އަދުރޭ ވިދާޅުވީ ޔާމީނަކީ މިސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. "މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން މިދަނީ އިތުރުވަމުން. ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން. ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު." އަދުރޭ ވިދާޅުވިއެވެ. އަދުރޭގެ ޓްވީޓްގައި ވަނީ ޔާމީން މިނިވަން ކުރުމަށް ވެސް ގޮވާލާފައެވެ.
އަންގާރަ ދުވަހު ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ސުވާލު ކުރަންށެވެ. އެމައްސަލައިގައި ޔާމީނާއި ސުވާލު ކުރަނީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހްގީގަށް ޔާމީން ހުރަސް އެޅި ކަމަށް ތުހުމަތު ކޮށެވެ.
ރިލްވާން ގެއްލުނު މައްސަލައިގެ ތަހްގީގަށް މާބޮޑަށް އިސްކަން ނުދިނުމަށް އަންގާ ފަދަ މޭރުމަކުން ޔާމީން އެހާދިސާ ހިނގި ދުވަސްވަރު ހޯމް މިނިސްޓަރު އުމަރު ނަސީރަށް މެސެޖެއް ކުރެއްވި ކަމަށް "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގައި ބުނެފައި ވެއެވެ. ނަމަވެސް އުމަރު ވަނީ ޔާމީން އެފަދަ އެންގުމެއް ނާންގަވާ ކަމަށް ވިދާޅުވެފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭނަށް މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ "ރިލްވާން ނިޔާވެއްޖެ ކަމަށާއި އެއީ، ހިތާމަހުރި ކަމެއް" ކަމަށެވެ. ނަމަވެސް ހަމަ އެދުވަހު އެހެން ބައްދަލުވުމެއްގައި ޔާމީން ވަނީ އެހެން ވިދާޅުވެވުނީތީ މާފަށް އެދިވަޑައިގެންފައެވެ. އަދި ރިލްވާން ދިރިހުއްޓާ ފެންނާނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާންގެ މައްސަލަ ތަހްގީގު ކުރުމަށް ފަހު ނިންމާފައި ވަނީ ރިލްވާން މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށެވެ.
ރިލްވާންގެ މައްސަލައިގައި ޔާމީނާއި ސުވާލު ކުރަން ތައްޔާރުވަމުން ދާއިރު ރިލްވާންގެ މައްސަލައިގެ ތަހްގީގު ނުނިމޭތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މުޒާހިރާއައް ނުކުންނަންވީ ނުކުމެ ސައިޒުކުރަންވީ މިހެންބުންޏަސް މާދަމާރޭ ކޮވިޑް އަދަދު މަތިވާނެ ކަންނޭންގެ
އަދުރޭ ކަލެއަށް އެގޭތަ. މިއަދުގެ ސަރުކާރަކީ ޔާމީނު ކަމުނުގޮސްގެން ވެރިކަމުން ބާލުވައި ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަ ބަލާދިނުމަށް އެދި ހޮވާފައި ހުރި ސަރުކާރެއް. އެމްޑީޕީ އާއި ސަރުކާރަށް ޕްރެޝަރު އަންނަނީ ޔާމިނު ގިނަގިނައިން ފުލުހަށް ނުގެންދާތި. ގިނަ ރައްޔިތުން ބޭނުންވަނީ ގިނަ ގިނައިން ޔަމިނު ޕޮލިހަށް ގެންގޮސް އިންސާފުވެރި ތަހުގީގެއް ހިންގައި އެމަނިކުފާނު ކޮސްފަ ހުރި ކަންތައް އަވަސް ސްޕީޑެއްގަ ނިންމުން. ކަލެއަށް ފެންނަ އެއްޗަކާއި ރައްޔިތުންނަށް ފެންނަ އެއްޗަކާއި ދިމާނުވޭ. ރައްޔިތުން ބޭނުންވާ ސްޕީޑެއްގަ އަދިވެސް ޔާމީނުގެ މައްސަލަ ނުބެލޭ. މިރާއްޖޭގަ ހުރި އެންމެ ބޮޑު ވަގު މައްސަލަ ނުބަލާ ބެހެއްޓުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން. އެގިއްތަ؟ މިކޮމެންޓު ނުކެރޭނެ މިނޫހަކުން ޖަހާލާކަށްވެސް.
ޓުރިޕަލް ފޭލި ވެފައި ތިބި ބަޔަކު ތިހިން ވާހަކަ ދެއްކީމަ މީހުން ގަބޫލެއް ނުކުރާނެ
ވަންކަންކުރުމާ، ކަރަޕްޝަނާ، ރޯމާދުވާލު ޖަރީމާ ހިންގުމާ، ނުހައްޤުފައިސާއިން މުދާހޯދުމާއި، އަންބިދަރިންނަށް އެފައިސާއިން ކާންދީ މުދާހޯދާދީ، ރޯމާދުވާލު މީހުންގެ ހައްޤުތަކަށް އަރާގަނެ ބިރުދައްކާ، އިންސާނިއްޔަތާ ޚިލާފު އެތަށް އަމަލެއްހިންގާބަޔަކު އެމީހުން ތިމަންނާމެންނަކީ ދީނަށްޓަކައި ރައްޔަތުންނަށްޓަކާ އުޅޭބައެކޭ ބުނީމަ ވަރައް ޖޯކްވާނެ.
ކިތަންމެ ވަރަކަށް ދާންބުންޏަސް ދާނެ ފަހަކަށްނުޖެހޭނެ. މީ ފިސާރެ ކެރޭ މީހެއްކަން މިހާރު ގަބޫލްކުރަން ބޭނުންނުވާމީހުންވެސ ޤަބޫލްކުރާނެ. 800 މިލިއަން ޑޮލަރުގެ ވަގު ތެލުގެ ތުހުމަތުގައިވެސް މިކަލޭގެ މަޖިލީހގައި ވަކާލާތުކުރީ އެކަނި މާއެކަނި. ދިވެހިން މިހާރު މޮޔަ ހީވާނެ މި ގޮލާ ވެރިކަމުން ބާލެވުނީތީވެ، މީކީ އަހަރެންވެސް މާ ރުހޭމީހެއްނޫން އެކަމަކު މިހާރު ސަރުކާރު ހިންްގާ ގޮތުން މިނޫން އެހެން ގޮތެއްނެތީ. ކޮންމެބަޔަކު ވެރިކަމުގަ ތިބިކަމުގަ ވިޔަސް އަހަރެމެންކަހަލަ ނިކަމެތިން އުޅެންޖެހޭނީ ހަމަ ލިބޭ އެއްޗަކުން ދެކޮޅުޖައްސައިގެން. ވޯޓް ލާ ދުވަހު ފެންނާނެ..