ފ. ނިލަންދޫ އިން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ބަލިމީހަކަށް ތިން ގަޑިއިރުވީ އިރުވެސް ފަރުވާ ނުދޭ ކަމަށް ބަލި މީހާގެ އާއިލާއިން ބުނެފިއެވެ.

ބަލި މީހާގެ އާއިލީ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށާއި މާލެ ގެނެސްފައިވަނީ ބަނޑުގައި ރިއްސާތީ ކަމަށެވެ.

އައިޖީއެމްއެޗްގައި ފަރުވާ ނުދޭ ކަމަށް ބުނެފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެނެކަށެވެ.

އާއިލާ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ، މީގެ ތިން ދުވަސް ކުރިން ނިލަންދޫ އަތޮޅު ހޮސްޕިޓަލަށް އޭނާ ދެއްކުމުން އެންމެ ފުރަތަމަ ޓެސްޓް ތަކެއް ހަދައި ބޭސްދީ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ބަނޑުގައި ރިއްސާތީ އަނެއްކާ ދެއްކުމުން ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ބުނެ އައިޖީއެމްއެޗަށް ދައްކަން ރިފާކުރިކަމަށެވެ.

"ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ބުނީ. އަދި އެޕެންޑިކްސް ވެސް ދުޅަވެފައިވާ ކަމަށް. އެހެންވެ އެމަޖެންސީކޮށް މާލެ އައީ" އޭނާ ބުންޏެވެ.

އޭނާ ބުނީ، ހޮސްޕިޓަލުގެ އެމަޖެންސީ ފަޅީގެ ގޮނޑިއެއްގައި އޭނާ އިންނަތާ މިހާރު ތިން ގަޑިއިރު ވެދާނެ ކަމަށާއި ނަމަވެސް ހޮސްޕިޓަލުން އޭނާ އަށް ފަރުވާ ދިނުމަށް ސަމާލުކަމެއް ނުދޭކަމަށެވެ.

"ކައުންޓަރަށް ވެސް ތިން ފަހަރު ދެވިއްޖެ. ބުނަނީ ޑޮކްޓަރު އެބަ އަންނަ ކަމަށް. އެކަމަކު އަންނަ ތަނެއް ނުފެނޭ." އޭނާ ބުންޏެވެ.

އޭނާ ބުނީ، އެފިރިހެން މީހާގެ ބަނޑުގައި ރިއްސާތީ އެތަނުގެ ގޮނޑީގައި ރަނގަޅަށް އިށީނދެގެން ވެސް ނީނދެވޭ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ްއަލީ

    ހާލަތު ވަރަށް ދަށް ސްޓާފުންގެ އެއްވެސް މޯޓިވޭޝަނަށްނުފެނޭ. ހަމައެހެން ތަނުގެ ވެބްސައިޓް އަޕްޑޭޓެއްނުވޭ. ކަންތައް ދަނީގޯހުންގޯހަށް.

    11
    • ސްޓާފް

      މީ ތަނުގެ ސްޓާފުންގެ މައްސަލައެއް ނޫން. މީ ތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ މައްސަލައެއް. ކްލިނިކުތަކުގައި ދުވާލަކު މަދުވެެގެން 30 މީހުން ބަލާ ޑޮކްޓަރުން އައިޖީއެމްއެޗްގައި ބަލަނީ ޑިއުޓީއަށް ނުކުންނަ ދުވަހެއްގައި އެންމެ 10 މީހުން. ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއުގައި ބައެއް ބަލި މީހުން މަހެއްހާ ދުވަހު ތިބޭއިރު އަނެއް ބަޔަކު އަހަރުދުވަހު ތިބެގެން އެޕޮއިންޓްމަންޓް ލިބިފައިވެސް އެބަހުރި. މި މައްސަލަ ހައްލުވާނީ ރައީސް ނާސިރު ކަންކަން ކުރައްވާ ގޮތަށް ޑޮކްޓަރުން ލިބެން ތިބީ ކޮންތާކުންތޯ ބަލާފައި ލިބެން އޮތް އަގެއްގައި މަދުނުވާވަރަށް ޑޮކްޓަރުން ގެނެސްފައި މިހާރު ތިބި ހުރިހާ ޑޮކްޓަރުން އެއްފަހަރާ ވަޒީފާއިން ވަކިކޮށްފައި ގެޔަށް ފޮނުވާލުން. މި ނޫން ގޮތަކަށް މި މައްސަލަ ހައްލުނުވާނެކަން އެއީ ޔަގީންކަމެއް. އެދުވަހެއް ފެންނާނެނަމަ މިހާރު އޮންނާނީ ފެނިފައި.

  2. ޙަސަނުލް

    އިންޑިއާ އަށް ޤައުމު ވިއްކާލާފަ ދިވެހިން އަޅުވެތި ކޮށް ނިންމާފި

    8
    1
  3. މަރީ

    ތީ އައިޖީއެމްއެޗް ގެ ހާލަތު ހަމަ

  4. މިތުރާ

    ގައުމުގެ އާބާ ދޭ 4ލައްކަ، މިހުރިހާ އެންމެން ޑރ ދައްކަން ދާން ހުރީ ތިބުނާ އައިޖީ އެމް އެޖު، ހޮސްބިޓަލްގެ ޑރގެ އަ ދަ ދު 10ހަމަ ނުވޭ، އަތޮޅު ތެރޭގަވެ ސް ފަރުވާ ދޭތަންތަން ހުރޭ ،ނިޔަފަތިކޮޅެއް ކަޑަން ޖެހުނަސް މާލެއަށް އަރަން ޖެހޭ، ރައްޔިތުން ހަނާނުކޮށް މިކަމަށް ހައްލެއް ސަރުކާރު ތެރެއިން ހޯ ދަދ ދޭން ޖެހޭ!

  5. ރައީސްޔާމީންގެ ތަސައްވުރަކީ އިންޑިއާ އައުޓް

    ތަސައްވުރު ރައީޔާމީންގެ ތަސައްވުރު 25 ބުރީގެ ތަސައްވުރު މުޅި ދިވެހިރާއްޖޭގައި އުތުރާއި ދެކުނު އިރުމައްޗާއި ހުޅަގު ގައިވެސް ރައީސްޔާމީންގެ ތަސައްވުރު އެކިކުލައަކުލައިގައި ރައީސްޔާމީންގެ ތަސަވުރު މުޅި ރާއްޖެއާއި ރައްޔިތިންގެ ތަސަވުރަކީވެސް ހަމަ ރައީސްޔާމީން ގަޓް ރައީސް:

    10
    1
  6. އަލިބެއްޔާ

    އަހަރެންގެ އަންހެނުން ބަނޑަށް 9 މަސްވެ ބަނޑުގަ ރިއްސާ، ބަނޑުން ފެންފައިބާތީ އައި.ޖީ.އެމް.އެޗަށް ދިޔައިމަ 2 ގަޑި އިރުވީ ފަހުން ޑޮކްޓަރެއް އައިސް ބަލާފަ ބުނީ ބޭބީ އޮތީ ބަނޑަށް ޕުއްޕު ލާފަ ކަމަށް.. އެމަރޖަންސީ ސިޒޭރިއަން އެއް ހަދަން 7 ގަޑި އިރު އަހަރެން އަންހެނުން އެ ޙާލުގައި މަޑު ކުރުވި.. ކިތަންމެ ބޮޑު އިހުމާލެއް ތިތަނުން ވިޔަސް ޒިންމާއެއް ނުވާނެ.. ފަރުވާ ކުޑަ ކަމުގެ އިންތިހާ..