ރާއްޖެ އިން އިތުރު 115 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 23 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 78 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 12 މީހުން އަދި ސަފާރީއަކުން ދެމީހުން މިއަދު ފައްސިވިއެވެ.

މިއަދު 5573 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.06 މީހުންނެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 2556 އަށް އަރައެވެ. އޭގެ ތެރެއިން 20 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ޖުލައި މަހުގެ 10 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 160 މީހުންނެވެ.

މިއަދަކީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު 100 އިން މަތީގައި ހުންނަތާ ހަވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާލި

    ދުނިޔޭގެ ސިއްހަތު ޖަމުއްޔާއަކީ އިންސާނުންގެ ސިއްހަތު ދުޅަހެޔުކުރުމަށްވުރެން ބޮޑަށް ވަކި ސިޔާސީ އެޖެންޑާއަކަށް ޓާގެޓް ހިފާފައިވާ ބައިގަޑެއް އެހެނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ ޑަބުލިއުއެޗްއޯ އަށް އެގިލައްވާނެ ފަދައިން މިދިޔަ 50 ހަކަށް އަހަރު ތެރޭގައި ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތި މިކަން ކޮންޓުރޯލް ކޮށް ހުއްޓުވަން ޤައުމުތަކަށް ބާރު ނޭޅުނީ ކީއްވެތޯ ކޮވިޑް 19 ކިޔާއެއްޗެއް ކޮންޓުރޯލް ކުރަން ބާރުއެޅި ކޮވިޑް ކޮންޓްރޯލް ކުރާފަދައިން ، ޤައުމުތަކުގެ ބޯޑަރުތަކުގައި ހަޔަސެކިއުރިޓީ ދާނުޖެހުނީ ކީއްވެތޯ ޑުރަގް ޑީލަރުން އަތުލާން !