ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަރުތަކާއި ބެހޭ ކޮމިޝަނަށް ހާޒިރު ކުރަނީ އެ ކޮމިޝަން ފެއިލްވުމުން ކަމަށް އެ މަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ، އަންނަ އަންގާރަ ދުވަހަށް ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަން އިއުލާނު ކުރައްވަމުން ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރި ވުމަށް ކަމަށާއި އެކަން ހާސިލު ކުރުމަށް މަރު ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި ކަމަށް ޖަމީލް ވިދާޅުވިއެވެ.

"މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން." ޖަމީލް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އެމަނިކުފާނު މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައެވެ.

ރިލްވާންގެ މައްސަލައާ މީގެ ކުރިން ކޮމިޝަނުން ހާމަކޮށްފައި ވަނީ ރިލްވާން ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.

އެ ކޮމިޝަނުން އެފަދަ 24 މައްސަލައެއް ބަލަން ނިންމާފައިވާ ކަަމަށް 2018 ވަނަ އަހަރު ތެރޭގައި ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، އަޙުމަދު ރިލްވާން ގެއްލުމުގެ ޙާދިސާ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރައުދާ އާތިފުގެ މަރުގެ މައްސަލަ ހިމެނެއެވެ. އަދި ޖަލުތަކާއި، ކުޑަކުދިންގެ ހިޔާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައެއް މީހުން މަރުވި މައްސަލަތައްވެސް ބަލަން ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަލްޖިބްރާ

  ޔާމީނުގެ ވެރިކަމުގަ ކަލޭ ރައްޔިތުންގެ މަޖްލީހަށް ހާޒިރުވާން އެންގީ ކޮންތަނެއް ފެއިލްވެގެންތަ ؟ އަގަގަޅާތި !

  3
  13
  • ކޮވިޑް

   އަނގަ ގަޅާނެ ދޯ ؟ ބަލަ ތިޔަ ބުނާ ކަމިޝަން އިން ނޭ ބުނީ ލައިވް ޓީވީގަ މި އިން އެއްވެސް މަރެއްގަ ޔާމީން ބައިވެރި ވިކަން އެނގެން ނެތޭ. ހުސްނުއްސޫދު ބުނީ ދޯ؟ އަލްޖިބްރާ ބަލަ އަނގަގަޅަނީ ގެޅޭގޮތައް ކަން ކުރާތީ. ދެން ލަލަލާ......

 2. އހ

  ޕީޕީއެމް ވެރިކަމެއްގަ ހުރިހާ ސިއްކަ ބާޙީން ވާނެ ޖަލައްގެންދަން.. މުނާފިގު އިބޫ ވިސްނާތި އަބަދު ވެރިކަމުގައި ނުހުރެވޭނެކަން..

  11
  2
 3. އަލީ

  ތީގޭން އެގެނީ ރައްޔިތުންގެ އިތުބާރު ގެއްލިޖެކަން. ހީވަނީ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ހީވާން ފަށައިފި ހެން.

  15
  1
 4. ތުއްޓެ

  ޖަމީލުއެވެ ޖަމީލަކީ ތީ ދެން ހާދަހާ ވާ އަމިއްލަ އެދުން ބޮޑު މީހެކޭ ދޯ؟ ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ކަރުން ނާރު ފުއްޕާފައި ހަޅޭލެވީ ވަހީދުގެ ސަރުކާރުގައި މަޤާމެއް ލިބޭތޯ. ދެން އައިސް އެކުވެރިޔާ ހަސަނަށް 2013ގެ އިންތިޚާބުގައި ނާއިބުރައީސް ކަން ލިބިދާނެ ހެން ހީވީމާ އޭނާ ބޮލާލާ ޖަހާފައި ނުކުމެގެން އައިސް ޔާމީން އުނގަށް ވެއްޓިގަތީ ހަސަނު ފެއިލް ކޮށް މަތީ މަޤާމު ދަމައިގަންނަން. ދެން ނާއިބުރައީސް ކަމުގައި ހުއްޓާ ޔާމީން ބަލި ބުޅާގަނޑެއްހެން ނަގާ ލަދުވެތި ގޮތަކަށް ޖަމީލު އެއްލާލައި މަގުމަތި ކޮށްލީމައި ޔާމީނާއި ދިމާލަށް ހަޅޭލަވަން ދިޔައީ ޤާސިމުގެ ކިއްލާތެރެއަށް. އިނގިރޭސި ވިލާތާއި ޖަރުމަނުގައި ހުރެ ޔާމީނަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ބަވާފައި "ވެރިކަން ލިބުނަސް ހަވާލު ނުކުރާނަމޭ" "ދިގުމުއްދަތަށް ޖަލަށް ލާނަމޭ" ތިމާގެ އަމިއްލަ ދުލުން ގޮވި ނަޝީދާއި އެކީ އެމްޔޫއޯ ހަދައިގެން ނުކުމެ ނަޝީދަށް ސަނާކީ މިވެރިކަމުގައި ކަންފުޅެއް ވޭތޯއެވެ. ދެން މާބޮޑު ކަންފުޅެއް ނުވީމައި ގޮސް އަނެއްކާ ޔާމީނު ނަގާ ބޮލައްލައިގެން މިހާރު ތިޔަދުވަނީ 2023 ގައި ކަންފުޅެއް ވޭތޯ ނޫންހެއްޔެވެ. މީހާ ތިހާ ދަށުދަރަޖައަށް ތިޔަ ވެއްޓިގަންނަނީ ހަމަ މަޤާމާއި ނުފޫޒަށް އޮތް ދަހިވެތިކަން ހަމަ އެހާބޮޑީ ހެއްޔެވެ؟

  2
  2
 5. ވާނުވާ

  ފެއިލްނުވަނީ ތީގެން ކާކުތޯ މިހާރު ރައްޔިތުންއެބައާ

  1
  3
 6. ހިޔަޅު

  ކުރިން ޔާމީންގެ ބޮލުގައި އެޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ. މިހާރު އަނެއްކާ ރިލްވާންގެ މައްސަލަ. މިއީ އަޖާއިބު ހައިރާން ވާންޖެހޭކަމެއް.މިމީހުން ރިޔާސީ އިންތިޚާބުގެ ދައުރުގައި ވީ ވަޢުދު ފުއްދަން މިއުޅެނީ ޔާމީން ޤުރުބާންކޮށްގެން. ޔާމީނާ ދޭތެރޭ ނަފްރަތުކުރުވައިގެން ވެރިކަމަށް އައިސް އެމީހުން ހައްލަންކުރާމަސައްކަތަކީ އެއްވެސް ރައްޔިތަކަށް ބަލައި ގަނެވޭނެ ކަމެއްނޫން. މިހާރު ހަރުކަށި ފިކުރުގެ މީހަކަށް ޔާމީންވީ.

  5
  1
 7. ބޭބެ

  ކޮންމެ މީހަކު ހާޒިރުކުރިއަސް ރިލްއާންއަށް ވީގޮއި އެގުނީމަ ނިމުނީ !