ހިލާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމަން އެ ފްލެޓް ލިބުނު ފަރާތްތަކަށް ސަބްސިޑީ އެހީއެއް ފޯރުކޮށްދޭން އެދި އެންސްޕާއަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން ދީފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ. ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަން ޖެހެނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގައެވެ.
މީގެ އިތުރުން މެއިންޓެނަންސް ފީއާއެކު ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 8،500 ރުފިޔާއެވެ. އެހެންކަމުން ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ކަންބޮޑުވުމާއި ޝަކުވާތައް އޮތީ އިތުރުވެފައެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް ވިދާޅުވީ ރައްޔިތުންގެ މާލީ ހާލަތު ވެސް ދަށްވެފައިވާ މި ދަނޑިވަޅުގައި ފްލެޓް ލިބުނު ފަރާތްތަކަށް ފިނިޝިން ނިންމަން ދަތިތަކެއް ހުންނާނެ ކަމަށެވެ. އެހެންވެ އެންސްޕާއިން ސަބްސިޑީއެއް އެހީއެއް ދޭން ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ސިޓީ ކައުންސިލުން އެ ގޮތަށް ނިންމައި ފާސްކޮށްފަ ވާނެ، އަޅުގަނޑުމެން މިއަދުގެ ވަގުތެއްގައި އެންސްޕާއަށް މި ނިންމި ނިންމުން ހުށަހަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތައް ލުއިތަކެއް ހޯދައިދޭން މުއިއްޒު ގޮވާލައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. މި ގޮތުން ފިނިޝިން މަސައްކަތްތައް ނިންމަން ދީފައިވާ ތިން މަސް ދުވަހަކީ ކުރު މުއްދަތެއް ކަމަށާއި އެ މުއްދަތު ނުވަ މަސް ދުވަހަށް ދިގުކޮށްދޭން މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
މީގެ އިތުރުން ފިނިޝިން މަސައްކަތްތައް ނިންމަން ދާނެ ޚަރަދުތައް ފްލެޓް ލިބުނު މީހުންގެ ޕެންޝަން ފަންޑުން ހަމަޖެހޭނެ ގޮތެއް ހަމަޖައްސައިދޭން ވެސް މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިމުގެ ސަރަހައްދުގައި ހިޔާ މަޝްރޫއުގެ 7،000 ފްލެޓް ގާއިމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނަވައިގެންނެވެ.
އަހަރެމެންވެސް މިތިބީ ގެދޮރުމަރާމާތު ކުރަންޖެހި ނުކުރެވިފައި މިދަތި ދަޑިވަޅުގައި ތިޔައެހީ ލިބެންޖެހޭނެ އެއްނު..
1000 ރުފިޔާ ދޭންޖެހުނަސް ކަންބޮޑުވެ މުޒާހިރާ ކުރާނެ ދިވެހިންނަށް ކަމެއްދަސްވެއްޖެ.
އެތައްބައެއްގެ ތެރެއިން އެވަރުގެ އެއްޗެއް ލިބުނީމާވެސް ޝުކުރުކުރުމެއް ނެތެވެ. އަދިވެސް ހަމަ ދޭންވީ ލިބުނު މީހުންނަށެވެ. ތިއަށްވުރެ ބޮޑެތި އަގުތަކުގައި ތިތަންތަން ހިފާނެ ގެދޮރުނެތް މީހުންވެސް އެބަތިއްބެވެ.
ޢެހެން މީހަކައް މިންވަރު ކުރައްވާ ރިޒްގައް ހަ ސަދަލުމަކީ ހާދަހާވާ ދެރަކަމެކެވެ. ޢެއީ އަނެކާއަށް ކިތަންމެ ބޮޑު ރިޒްގެއް މިންވަރު ކުރެއްވިޔަ ސް ތިބާ އަށް މިންވަރު ކުރެވިފައި ވާ ރިޒްގަކުން ޒައްރެއްގެ މިންވަރުވެ ސް އެކަމާ ހެދި އުނިނުވާނެކަމީ ކަށަވަރުކަމެއް. ޔާ ﷲ އަޅަމެން މިފަދަ ފިތުނަވެރިން ގެ ފިތުނައިން ސަލާމަތް ކުރައް ވާ އަޅަމެން ގެ ހިއްތައް އަނެކުން ގެ މައްޗައް ސާފު ކުރައް ވާނދޭވެ.