ފުވައްމުލަށް ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެ ސިޓީން ކަރަންޓު ކެނޑުނު މައްސަލަ އަށް ވަގުތީ ހައްލެއް ލިބިފައިވާ ކަަމަށެވެ. ނަމަވެސް މިވަގުތު ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އާލާތްތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ފުވައްމުލަކުން ކަރަންޓު ކެނޑިފައި ވަނީ ރޭ ފަތިހު ހަތަރެެއް ޖަހާ ކަންހާއިރުއެވެ.

ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ އިންޖީނުގެ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށް ފުވައްމުލަކަށް ފެނަކަ އިން އެރަށު ކޮމިއުނިޓީ ވައިބާ ގްރޫޕަށް ކުރި މެސެޖެއްގައި ބުނެފައި ވެއެވެ. ފެނަކަ ކޯޕަރޭޝަނުންާތު ދޭ ގޮތުގައި މި މައްސަލަ ދިމާވީ އެ ސިޓީގައި ބޭނުން ކުރަމުންދިޔަ 2500 ކިލޯވޯޓުގެ ޓްރާންސްފޯމަރެއް ހަލާކުވެގެންނެވެ.

މީގެ ކުރިން ފެނަކައިން ކުރި ޓްވީޓެއްގައި އެކުންފުނިން ބުނީ ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް 10-12 ގަޑިއިރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރު ލޯ ވޮލްޓޭޖުގައި ފުވައްމުލަކުގެ ބައެއް ގޭގެ އަށް ކަރަންޓު ދިނަސް އެއީ ވަރަށް މަދު ގެއެއް ކަމަށް ފެނަކަ އިން ބުނެއެވެ. ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނާ ގޮތުގައި މިހާރު ކަރަންޓް ދެވެނީ %30 ގެއަށެވެ.