ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފިއެވެ.

ނަޝީދުގެ އާއިލާގެ މެމްބަރަކު "ވަގުތަށް" މިއަދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެ މަނިކުފާނުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އައި ނަމަވެސް ފައިގެ ބައެއް ކަންކަން ރަނގަޅުވާން އަދި ތިން ހަފުތާއެއް ވަރު ނަގާނެ ކަމަށް ބެލެވޭތީ ރާއްޖެ އާދެވޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

"ބެލެވެނީ ސެޕްޓެމްބަރު މަހު ކަމަށް ނަޝީދަށް ރާއްޖެ ވަޑައިގެންނެވޭނީ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ހަމަލައިގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މެއި 13 ގަ އެވެ. އޭގެ ފަހުން ޖުލައި 1 އިން ފެށިގެން ނަޝީދު އިތުރު ފަރުވާ ހޯއްދަވަނީ އިނގިރޭސި ވިލާތުންނެވެ.

ނަޝީދު އެންމެ ފަހުން މީޑިއާގައި ވިދާޅުވެފައިވާ ގޮތުން ގޮތުން ނަމަ އެ މަނިކުފާނު ވިދާޅުވީ މިދިޔަ މަސް ނިމުމުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން 10 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި ހަމަލާ އާއި ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީންއެވެ.

މީގެ ތެރެއިން ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޓަކިބެ

    ނަޝީދުއަށް ރާއްޖެ އާދެވޭނީ އަންނަމަހު ކަމަށް އާއިލާއިން ބުނެފި...ނަޝީދު ރާއްޖެ ނައިސްގެނެއް ރާއްޖޭ ބަޔަކު ނުތެޅޭ...ރަނގަޅީ ނައިއްޔާ..އައިސްފިނަމަ ބޮލަށް ތުރާކުރުން ނޫންކަމެއް ނުކުރާނެ..

    28
    1
  2. އިބްރާހިމް

    ނަޝީދު މިހާރު ހަދަންވީގޮތަކީ މަޖިލިސް ރައީސްކަމުން އިސްތިއުފާދީ ކުނިގޮނޑު ބެލެހެއްޓުމާއި ހަވާލުވާންވީ. އޭރުން ކުނިގޮނޑު ބަލަހައްޓާ މީހާއަށްވެސް ދައުލަތުން ގެއާއި ސިކިއުރިޓީ ދޭން މަޖިލީހުން ޤާނޫނުހަދާނެ.

    18
    • އައްޔާ

      އެތަން ބަލަހައްޓާކަށްވެސް ކަމަކުނުދާނެ. ކުނިގަނޑަލަށްވެގެން އޮތިއްޔާ ރަގަޅުވާނީ

  3. ހުސޭނުބޭ

    އިގިރޭސިވިލާތުގައި ހުރެ ބަޣާވާތެއް ގެންނަން ތެޅެތެޅެ ހަންވިއިރުވެސް ކޮޅަކުލައްވާނުލީ! ދެން ޖެހޭނީ އަންނާކަށްނު!

    19
  4. ސުވޭ

    މަޖުނޫނު ކަލޭގެ ނަޔަސް ހެޔޮ

    18
  5. ރަބަރޭ

    ބޮޑަށް ރަނގަޅީ މަނިކުފާނު ހަމަނުޖެ ހުން އުފައްދަން ރާއްޖެއަށް ނައިސް އިގިރޭސި ވިލާތުގައި ހުރިއްޔާ

  6. އަބްދޫ

    އެ ފޮޓޯ ބަލާލުމުން ހީވަނީ މިނިކާ އެއްޗެއް އަރާއިންހެން، އޭތި ރަނގަޅުވާނީ ކިހިނެތް. ހާދަ ރުލަިއާދޭ. މީނަ ބުނަހާ އެއްޗެއް ނޫހުގަ ޖަހަން ޖެހޭތަ؟

  7. ޒަބީބޫ

    ނަޝީދު އަވަހަށް މާލެ އަންނަންވީ. އައިސް އެންމެ ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ބަނގުރާބޮމުން ދިޔަކަމަށް ވެފައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށް މަޖިލިސް ރައީސްކަމާއި މެމްބަރުކަމުން އިސްްތިއުފާދޭންވީ. ނަޝީދު މާލެ އައިސް މިނޫން ކަމެއް ކުރާކަށް ރައްޔިތުން ނޭދޭ.

  8. ކަޅުބެ

    އަންނަތަނުން ހަށްޔަރުކުރަން ސަރުކާރަށް ކެރޭނެބާ ގަޓެއްހުރިއްޔާ ތިކަންކުރޭ.

  9. ވައިކިންގ

    އަންނާނެކަމެއް ނެތް.

  10. މުހަންމަދު

    މިދސަރުކަާރުން ހެވަކަށް އެދި ކުރި އެއްވެސް ކަމެއް ނެޔް ނެަްތް