ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން، އޭނާގެ ރިޔާސީ ދެވަނަ ވައުދު އާންމު ކުރައްވައިފި އެވެ.

ޝުޖާއު އާންމު ކުރެއްވި ބަޔާނެއްގައި ވާގޮތުން، އޭނާގެ ރިޔާސީ ދެވަނަ ވައުދަކީ "ހަމަހަމަކަމާއި، އަދުލުވެރިކަން ގާއިމުކޮށްދިނުން" އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި އަދުލުވެރިކަން ރައްޔިތުންގެ މެދުގައި ގާއިމުކޮށްދެވޭނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުން ހުއްޓުވިގެން ކަމަށާއި ފުލުހުން ކުރާ ކަންކަމަށް ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ "ނަހަމަ ނުފޫޒު" އެއްވެސް މިންވަރަކަށް ފޯރުވިގެން ނުވާނެ ކަމަށެވެ. ފުލުހުންގެ އިދާރާ ހިންގަންވާނި ގާނޫނުގައި ބުނާ ފުރިހަމަ އިހްތިޔާރާާއި މިނިވަން ކަމާއެކުގައި ކަމަށް އޭނާ ވިދާޅުވެއެވެ.

"ގާނޫނު އަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަކަށް، ރައްްޔިތުންނަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅެއްގެ ޒިންމާއެއް" ޝުޖާއުގެ ބަޔާނުގައި ވެއެވެ.

އޭނާގެ ވެރިކަމެއްގައި ރައްޔިތުންނާއި ފުލުހުންގެ އިތުބާރު ލިބިފައިވާ ކަމަށް ގާބިލު ބޭފުޅެއް ފުލުހުންގެ ކޮމިޝަނަރަގެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެެއަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާ ފަރާތްތަކުން ފޯރުވާ ނުފޫޒުތައް، އޭނާގެ ވެރިކަމެއްގައި ނިމުމަކަަށް ގެންނަވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ދީފައިވާ ބާރު އޭގެ އެންމެ ފުރިހަމަ މާނައިގައި ރައްޔިތުންގެ މަޖިލީހަށް ދީ، ޖުޑިޝަރީ މިނިވަން ތަނެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން ޝުޖާއު ދިވެހި ރައްޔިތުންނަށް އަރުވައެވެ.

"ޖުޑިޝަރީގެ މައްޗަށް ނުފޫޒު ފޯރުވުމުގެ "ތަޅުދަނޑި" އަކީ ރައީސްގެ ފަރާތްޕުޅުން ޖޭއެސްސީ އަށް އައްޔަން ކުރައްވާފައި ހުންނަވާ މެންބަރު" ކަމަށާއި އެހެންވެ އޭނާގެ ވެރިކަމެއްގައި ޖޭއެސްސީގެ މެންބަރުކަމަށް ރައީސްގެ ފަރާތްޕުޅުން އައްޔަން ކުރައްވާ މެންބަރަކީ، ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންނާއި ރައްޔިތުންގެ ރުހުމާއި އޮތް މީހަކަށް ހައްދަވައި ދޭނަން ކަމަށް އޭނާ ވިދާޅުވި އެވެ.

2013 ވަނަ އަހަރު ލޯކަލް ގަވަމަންޓް އޮތޯރިޓީ ގެ ނައިބު ރައީސް ކަމުން ޝުޖާއު ހުސައިން މަގާމުން ވަކިކުރީ އަމިއްލަ މަސްލަހަތު އިސްކޮށް، މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ. އެ އޮތޯރިޓީގެ ހަތަރު މެމްބަރަކު ސޮއިކޮށް އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަން އެދުމުން ވެސް ބައްދަލުވުން ބޭއްވުމަށް އިންކާރުކޮށް "އަމިއްލަ މަސްލަހަތު" އިސްކޮށްފައިވާ ކަމަށާއި ބޯޑުން ނިންމަންޖެހޭ ކަންކަން ކުރުމުގައި އޭނާ އިހްމާލުވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރ މަހުގެ ތޭވީސް ވަނަ ދުވަހު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ވަމުންނެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ ޝުޖާއުގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރަށް މިހާރުއްސުރެ ކެންޕޭން ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އާބިދާ

  ހަމަހަމަކަމާއި، އަދުލުވެރިކަން ގާއިމުކޮށްދިނުން ކަމުގައިވާނެތާ މަސައްކަތްނުކޮށް ގޭގައި ތިބޭބަޔަކަށްވެސް މުސާރަ ދޭނެކަމަށް ބުނެ، އެއްވެސް ދިވެއްސަކީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަން ނުޖެހޭ ބަޔަކަށް ހަދަން ބާރުއަޅަނީ، މަސައްކަތް ނުކޮށް މުސާރަ ލިބެންޏާ ކާކު މަސައްކަތް ކުރާނީ، މަސައްކަތެއް ނެތި ދެއަތް އުރާލައިގެން ތިބީމަ ޤައުމު ކުރިއަރާނެވަރު ކަލޭ ނިކަން ވިސްނާލަބަލަ ތިކަލަ ބޯގޯސް މީހުންނަށް ކާކު ވޯޓް ދޭނީ...............

 2. ކަސަބު

  ސަންޓްރެވަލް ސިޔާމަކީ އަމިއްލަފައިދާއަށް އޭނަގެ ދާއިރާގެ ރައްޔިތުން ވިއްކާމީހެއް ޢައްމު ރައްޔިތުންނަށްދޭ ފައިސާ ކޮޅަކަށްވުރެ މާބޮޑުފައިދާ ސަރުކާރުންނަގައި ނަމަވެސް މިކަންއެގެނީ މަދުބަޔަކަށް

 3. ކަސަބު

  ސަންޓްރެވަލް ސިޔާމަކީ އަމިއްލަފައިދާއަށް އޭނަގެ ދާއިރާގެ ރައްޔިތުން ވިއްކާމީހެއް ޢައްމު ރައްޔިތުންނަށްދޭ ފައިސާ ކޮޅަކަށްވުރެ މާބޮޑުފައިދާ ސަރުކާރުންނަގައި ނަމަވެސް މިކަންއެގެނީ މަދުބަޔަކަށް ދާއިރާގެ ރައްޔިތުންހޭއަރާ!

 4. ނައިންޓީ

  ތިޔައީ ސޭކުސުޖާ. ހަމަ ޖެހޭ އިންސާނެއް ނަމަ ޢުމުރާ ނުބައްދަލް މަގާމަކަށް އަމިއްލަޔަށް ކުފޫ ހަމަވެގެން ނޫޅޫނީސް. ޢުމުރުން ކުފޫހަމަނުވަނީސް ބޮޑެތިމަގާމްތަކަށް ނިކުންނަން އުޅުމަކީ ކުކުޅަށްވުރެން ބިސްދޮށިވެގެން އުޅުން. އެއީ ކަމުދާ ބައެއްނޫން.

 5. އިސްމާޢީލު

  ރުކުރާ ބޭނުންކުރާ މީހުންނާ ގުޅޭނީވެއް ކުރުރާ ބޯމިހުންނާ

 6. ރައްޔިތުން

  ބައިކޮޅަށް ގޯލަ ޖަހައި ބަލިވެގެންދާ ޒާތުގެ މީހުން ތިކަމާއި ނޫޅުން ރަނގަޅުވާނެއެވެ.

 7. ރޮންދާ

  ދައުލަތުގެ އެންމެމަތީވެރިޔާގެ ބާރުތަށް ހަނިނުކުރުވޭނެ...ރައްޔިތުންގެ މެޖޯރިޓީ ވޯޓުން އައްޔަންކުރާ ރައީސް، ދައުލަތުގެ އެންމެ މަތީވެރިޔާ މުޅިދައުލަތާއި ދައުލަތުގެ އެންމެހާ ބާރުތަކާއި ގާނޫނު އަސާސީޔާއި ރާއްޖޭގެ މިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބެލެނިވެރިޔާ، ކޮމާންޑަރ އިން ޗީފް. ދައުލަތުގެ އެހެން ބާރަކުންވިޔަސް ގާނޫނާ ޚިލާފް ކަމެއްކުރާނަމަ ވަގުތުން ފިޔަވަޅު އެޅުމަކީ އެއީ ރައީސް ކުރަންޖެހޭ ކަމެއް. ފާއިތުވެ ދިޔަތަނުން ފެނިގެން މިދިޔައީ ރައީސްގެ ބާރުތަށް ފުރިހަމަޔށް އިމްޕްލިމެންޓްކޮށް ގައުމާއި ދައުލަތް ހިމާޔަށްކުރިތަން! ތިބޭފުޅާ ތިދައްކާވާހަކައިން އެނގޭ އެއްޗަކީ ރައީސްކަމަށް އަދި ކުފޫ ހަމަނުވާކަން! ބައެއްގެ ދަށުވެގެން ބުނިގޮތަކަށް ކަންތައްކުރަން އޮންނަ ރަބަރު ސްޓޭމްޕެއްގެ މިސާލުގަހުރިކަން.! ތިކަން ހުއްޓާލާފަ ކުރެވޭވަރުގެ ކަމަކާއިގެން އުޅުން ވަރަށް މުހިންމު! ސަލާމް

 8. ބިރިޔާނީ

  ތި ސޮރު ޝަންގްރިލާ ރިސޯޓުން ކަނޑާލީ ކީއްވެތޯ އަހާބަލަ

 9. ސައްޔިދު

  ގައުމު ކުރިއަރުވަން ބޭނުންނަމަ ޕިޕިއެމްއާގުޅޭ ފަސް އަހަރުގެ ތެޜގައި ގައުމަށް ލިބުނު ކުރިއެރުން ނުފެނޭތަ ކީއްކުރަން ފައިސާވެރިންނާގުޅެނީ! ތިޔައުޅެނީ ފައިސާ ބޭނުންވެގެން! ކަލެޔަށް އެލްޖީެޢޭ ނުހިންގުނު ގައުމު ހިންގާނީ ކިހިނެއް!

 10. އަސަރީ

  ފޯމު ބަލައިގަންނަ މަންޒަރު ރީއްޗެއްނޫން ދެ މީހުންގެ މޫނުންވެސް ފެންނަނީ ދެފުތްދެގޮތް

 11. އަލީ

  ސޭކު ޝުޖާޢު ދެއުޅިއެއްނުވާ ސިޔާމު