އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިސްވެ ފަށާފައިވާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތުގައި ބައިވެރިވާން ހަތަރު ޕާޓީއެއްގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވާފައިވާ ކަމަށް އިދިކޮޅު ދެ ޕާޓީގެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ އިން ބުނި ގޮތުގައި އެ ކެމްޕޭނާ ގުޅުމުގެ ދައުވަތު ފޮނުވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމްއާއި، އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުއަށް ވަނީ ފޮނުވައިފައެވެ.

މިއީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީ ފިޔަވައި ރާއްޖޭގައި އެންމެ ހަރަކާތްތެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ހަރަކާތެއް ފަށަން ޕީޕީއެމްއާއި ޕީއެންސީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަނީ މި ދައުވަތު މި ޕާޓީތަކުގެ ލީޑަރުންނަށް ދެއްވާނެ ކަން ހާމަ ކުރައްވައިފައެވެ.

މި ލީޑަރުންގެ އިތުރުން އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް މި ދައުވަތު އަރުވާނެ ކަމަށް އަދުރޭ އެ ދުވަހު ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން ދައުވަތު ދިން އިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ. މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    ޕީޕިއެމުން ޔަމިން ދުރުވެ ހުންނަވައިގެން ތިޔަ ދައުވަތު ފޮނުވިނަމަ އެންމެން އިޖާބަ ދިނީސް އެކަމަކު މިހާރު އެކަކުވެސް އިޖާބަ ދޭނެ ކަމަކަށް ނުފެނޭ.

    7
    34
  2. ނަމަނަމަ

    އައްޗީޑަ ރައީސްޔާމީން އަކީ މުޅި ދިވެ ހި ޤައުމު ރައީސްޔާމީން ެެެެެެެެއެކަނިވެސް މިޤައުމު ހިންގާނެ ރައީޔާމީން ދޫކޮށްލާފައި އަތުގައިހި ހިފާނެ ލީޑަރެއް މި ހާރަކު މިޤައުމަކުނެތް ރައީސްޔާމީން އާއި ނުލައި ދެން މިޤައުމެއް ނު ހިންގޭނެ ރައީސް ޔާމީން އެކަ ހެރިކުރަން ހިތަށްވެސް ނާރުވާތި އެ ހެން ހިތަށް އަރާނަމަ އެމީ ހަކުޖެ ހޭނީ މުޅިޕޕއެމާއި އެކަ ހެތިވާން ރައީސްޔާމީން އާއި ދެކޮޅު މީ ހަ ކު ޕޕއެމް ތެރޭގައި ހުރެގެން ވެސްނުވާނެ އެފަދަމީ ހަކު ހުރިނަމަ ޕޕއެމްގެ ތެރެއިން ބޭރުވުމަށްގޮވާލަން މިދިވެ ހިޤައުމާއި މާތްވެގެންވާ އިސްލާމްދީ ނުގައި ސާބިތުކަމާއި ކެތްތެމާ ހިތްވާރާއެކު ބިރެއްޖެ ހިލުމެއްނެތި ދިވެ ހިރައްޔިތުން ގޮވައިގެން ކުރިޔަށް ދެވޭނެ ލީޑަރަކީ ހަމައެކަނި ރައީސްޔާމީން ފާޑުފާޑުގެ މީ ހުން ޕޕއެމް ތެރެއަށް ވަދެ ޕޕއެމް ފަނިކުރަން އުޅޭނެކަމެއްނެތް އެފުރުސަތެއް ދެން އެއްވެސް މީ ހަކަށްޕޕއެމްގެ ތެރެއަކުންނުލިބޭނެ؟

    9
    1
  3. ހަސަދު

    ހަދާނަށް އަންނަނީ ފެބްރުއަރީ7. ތިޔަފޮޓޯ އަކުން ނުފެނޭ ބޭނުންވާ ކަހަލަ ލީޑަރެއް

    13
    2
  4. އަން

    ޑީއާރުޕީގެ ލީޑަރު ޖާބިރު އަށް ދައުވަތެޢް ނުދޭތަ

    13
    2
  5. އަބްދޫ

    ޙުރިހާބާރެއް އަތުވީހެން ހީ ވީމަ މިހިސާބަށް ދިޔައީ ޕީޕީއެމް ވެރިކަމަށްގެނެވޭނީ ޔާމީނާ ނުލާ

  6. ފޮޅާލަބަލަ

    ފަހަ ލައުރާ ހާމޫން މިމީސް މީހުންނަކީ މިހާރު މިޤައުމަށް ބޭނުންބައެއްނޫން އެއީ އުޅޭ ބައެއްކަމަށް ވެސް ދެކޭނެކަމެއްނެތް އެމްޑީޕީ މީހުން ވެސް އެއީ ތިންކުނިގަޑު ކަމަށްހަ ދާފަ ސަރުކާރުތެރޭން ބޭރުކޮށްލިއްޔާ މާބޮލަށް ފަސޭހަ ވާނެ އެއީ ހުރިހާ ތަނަކުންކަމުން ދު ވާބައިގަނޑެއް