މާލޭގެ އުތުރު ފަރާތުގައި، ރަސްމީ ފާލަން ކައިރީ އޮންނަ އަތޮޅުތަކަށް ދަތުރުކުރާ ފެރީ އުޅަނދުފަހަރު ލަފާ ފުރާ ސަރަހައްދުގައި ޓެކްސީ މަޑުކުރާނެ ޖާގައެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ޓެކްސީ މަޑު ކުރާނެ ޖާގައެއް ހެދެމުގެ މަސައްކަތް ފެށީ، އެ ސަރަހައްދުގައި ތަރުތީބެއް ނެތުމުގެ ސަބަބުން ލަފާ ފުރާ ފަރާތްތަކާ އަދި ވެހިކަލް ދުއްވާ ފަރާތްތަކަށް ވެސް ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ހާދިސާތައް ހިނގަން ވެސް މަގުފަހިވާނެކަމަށް ފެންނާތީ ކަމަށެވެ.
ޓެކްސީ މަޑު ކުރާނެ ޖާގަ ހަދަނީ އިއްޒުއްދީން ފާލަމުގެ ހުޅަނގުން އެމް.އެމް.އޭ ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަހައްދުގައެވެ. އަތޮޅުތަކުން މާލެ އަންނަ އަދި ރަށްރަށަށް ފުރާ ގިނަ ފަރާތްތައް ބޭނުންކުރަނީ މި ތަނުގައި އޮންނަ ތޮށްޓެވެ.
މާލެއިން އަތޮޅުތަކަށް ދަތުރު ކުރުން އެންމެ އާންމު ދުވަސްވަރަކީ ސަރުކާރު ބަންދު ދުވަސްވަރެވެ. ނުވަތަ އެކި މުނާސަބަތުތަކާ ގުޅިގެން އަންނަ ދިގު ޗުއްޓީގެ ދުވަސްވަރެވެ.
އެެފަދަ ދުވަސްވަރުގައި މި ސަރަޙައްދަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެންދެއެވެ. މިކަމުގެ ސަބަބުން މަގު ތޮއްޖެހި ފުރަން މީހުން ޓެކްސީތަކަށް އެރުމުގައި ދަތިތައް ކުރިމަތިވެއެވެ. އަދި ޓެކްސީތައް މަޑުކުރުމުގައި ވެސް ދަތިތަކާ ކުރިމަތިވަމުންދެއެވެ.
މާލޭގެ އެކި ސަރަހައްދުގައި ކަންކަމަށް ހަރަކާތްތެރިވާ ފަރާތްތްކަށް ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޕާކިންގް ޒޯންތައް ހަދައި މަގުތައް ތަރުތީބުކުރުމުގެ މަސައްކަތް މުހިއްމު ކަމެއްގެ ގޮތުގައި ދަނީ ކުރަމުންނެވެ.
ސާބަހޭ މުއީޒު ތިޔައީހިންގުންތެރިން ރައީސް ޔާމީނުތަސައްވަރު ތިޔަފުރިހަމަވަމުންތިދަނީ ދެންމާލޭރައްޔަތުންނައް ދެހާސް ފުލެޓް އެޅުމުގެ މަސައްކަތް ވަރައްބާރައްގެންގޮސްދީ ދެހާސްތޭވީސް ރައީސްޔާމީނު ނުވަތަ މުއީޒު ރީދޫ ތޭވީސް ސަލާން؟؟