މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ވަކި ތަރުތީބެއް ނެތި ސުންކު ނެގުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންގެ ޓީމްގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ))އިން ދިން ސައިކަލުގައި މަސައްކަތަށް ނުކުމެއްޖެއެވެ.

މީގެ ކުރިން އާރްއާރްޓީން އެ މަސައްކަތުގައި އުޅެނީ އެމްބިއުލާންސްގައެވެ. މާލޭގެ ބޮޑެތި މަގުގެ އެކި ސަރަހައްދުތަކުގައި މަޑުކޮށްގެން ސުންކު ނެގުމުގައި ހަރަކާތްތެރިވެއެވެ.

ޑަބްލިވްއެޗްއޯ މޯލްޑިވްސް އިން ބުނީ، ޑަބްލިވްއެޗްއޯ އިން ހެލްތް މިނިސްޓްރީއަށް ދިން ހަ ސައިކަލުގެ އެހީގައި އެ ޓީމަށް މާލޭގެ ކުދި މަގުތަކުގައި ސުންކު ނެގުމުގައި ފަސޭހައިން އުޅެވޭނެ ކަމަށެވެ.

ކޮވިޑް ސުންކު ނަގަން ހިދުމަތްތެރިން ސައިކަލުގައި

އެ ޖަމިއްޔާގެ ރާއްޖޭގެ ގްރޫޕުން އާއްމު ކުރި ފޮޓޯތަކުން އެ ޓީމުން ސައިކަލުގައި މާލޭގެ މަގުތަކުގައި އުޅޭ މަންޒަރު ފެނެއެވެ.

"ސައިކަލުގެ ސަބަބުން އަވަަސް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވުމުގެ އިތުރުން، ކޮވިޑް ސުންކު ނެގުން އަވަސް ކުރުމަށާއި، އެމާޖެންސީ ހާލަތްތަކުގައި އަވަހަށް ފުރަތަމަ އެހީ ޓީމް ސީނަށް ދިއުމަށް އެހީތެރިވެދޭ".

މިއީ ސިއްހީ ހިދުމަތްތެރިންނަށް ލިބުނު އިތުރު ފަސޭހައަކަށް ވެގެން ދާނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ދަށްވެފައިވާއިރު، ކުރިއަަށް އޮތްތަނުގައި ބަލި ޖެހޭ މީހުންގެ އަދަދުތައް މަތިވެދާނެކަމަށް ބަލައި ސުންކު ނަގައި ޓެސްޓުތައް ކުރަން ވަނީ ފަށާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހޮކި

    ޖަރީމާ ސައިކަލްސް

    9
    1
  2. ނާޒް

    ޖައްސާލަބަލަ މިގޭ ދޮށަށް

  3. ގދ. ތިނަދޫ މީހާ

    މިރަށަށް ވެސް ސަ އިކަލެ އް ފޮނު އްވާލަ ދެ އްވާ

    1
    1
  4. ސސ

    ދުނިޔޭގެ ސިއްހަތު ޖަމުއްޔާއަކީ އިންސާނުންގެ ސިއްހަތު ދުޅަހެޔުކުރުމަށްވުރެން ބޮޑަށް ވަކި ސިޔާސީ އެޖެންޑާއަކަށް ޓާގެޓް ހިފާފައިވާ ބައިގަޑެއް އެހެނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ ޑަބުލިއުއެޗްއޯ އަށް އެގިލައްވާނެ ފަދައިން މިދިޔަ 50 ހަކަށް އަހަރު ތެރޭގައި ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތި މިކަން ކޮންޓުރޯލް ކޮށް ހުއްޓުވަން ޤައުމުތަކަށް ބާރު ނޭޅުނީ ކީއްވެތޯ ކޮވިޑް 19 ކިޔާއެއްޗެއް ކޮންޓުރޯލް ކުރަން ބާރުއެޅި ކޮވިޑް ކޮންޓްރޯލް ކުރާފަދައިން ، ޤައުމުތަކުގެ ބޯޑަރުތަކުގައި ހަޔަސެކިއުރިޓީ ދާނުޖެހުނީ ކީއްވެތޯ ޑުރަގް ޑީލަރުން އަތުލާން !

    4
    2
  5. ލލ

    ކޮވިޑް އެއީ ސިޔާސީ މީހުންގެ ސިޔާސީ ހަތިޔާރު !

  6. ގެރިމަސް

    ކީއްވެތަ މާލެތެރެއިން ސައިކަމު ގެއްލެނީ މިހާރަކަށް އައިސް މާގިނައިން.. ސައިކަލް ގެއްލިފަ 2 ހަފްތާވަނީ. އަދިވެސް ނުފެނޭ

  7. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    އަހަރުމެންގެ ސައިކަލްތައް ޓޯ ކުރަންޏާ މި ސައިކަލްތައްވެސް ނުގަވާދުން ޕާކު ކުރީމަ ޓޯ ކުރަންޖެހޭނެ..