އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގައުމުގައި ނެތް ހާލަތެއް އޮތް ކަމަށް ބުނެ ހިންގާ ހަރަކާތަކީ ގައުމު ހަލަބޮލި ކުރުމުގެ މަގްސަދުގައި ހިންގާ ހަރަކާތެއް ކަމަށް ބެލެވޭތީ އެފަދަ ހަރަކާތެއްގައި ބައިވެރިނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ފަށާފައިވާ ހަރަކާތުގައި ބައިވެރިވާން ޕީޕީއެމްއާއި ޕީއެންސީން ރަސްމީކޮށް ދައުވަތު ފޮނުވާފައިވާ ކަމަށް ބުނެފައިވަނީ އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއާއި އެމްޑީއޭއަށެވެ. އެމްޑީއޭ ނޫނީ ދެން ހިމެނެނީ ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކެވެ.

މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލަށް އަސަރު ކުރާ ފަދަ ހާލަތެއް ގައުމުގައި އޮތް ކަމަކަށް ބެލެން ނެތް ކަމަށެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ ނަޒީރު ވިދާޅުވީ އެފަދަ ހާލަތެއް އޮތް ނަމަ، ސަރުކާރުން އިސްވެ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީ ވެސް އިސްވެ މަސައްކަތް ކުރާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ، ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ވަކިވަކި ފަރުދުންގެ މާލީ ހާލަތު ވެސް ދަށްވެފައިވާ ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު ހަލަބޮލި ކުރަން ކަމަށް ބެލެވޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"ގައުމުގައި ނެތް ހާލަތެއް އޮތް ކަމަށް ދައްކައިގެން ކުރާ ކަމަކީ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ގައުމު ހަލަބޮލި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް، އެފަދަ ކަމެއްގައި އަދާލަތު ޕާޓީން ބައިވެރިއެއް ނުވާނެ،" ނަޒީރު ވިދާޅުވިއެވެ.

އަދަލާތު ޕާޓީއަށް ވެސް ރަސްމީކޮށް ދައުވަތު ފޮނުވާފައިވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީއިން ބުނި ނަމަވެސް ނަޒީރު ވިދާޅުވީ އެފަދަ ދައުވަތެއް ރަސްމީކޮށް އެ ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން ދައުވަތު ދިން އިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ. މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އެޑޮޕްޓް

    ރަނގަޅު ބާއްވާނެ ކަމެއްނެތް އެއްގޮަތަކަށްވެސް
    ޕީ.ޕީ.އެމް.
    ޕީ.އެން.ސީ މީހުން އުޅެނީ ދުނިޔެއިން މޮޔަވެގެން

    7
    58
  2. ލޮލް

    ކޮބާހޭ ލިޔުންތައް؟

    44
    1
  3. ޕިސް ޕިސް

    ގައުމު ވިއްކާލާ ހަރަކާތުގައި ބައިވެރިވެގެން ތިބުން އޯކޭތޯ؟

    56
    1
    • ނުކުޅަދާނަ

      ދެރަކަމަކީ މާދަމާވެސް ތިއިމްރާން ކޮޅު ބަދަލުކޮށްލާއިރަށް ޕީޕީއެމް އިންވެސް އޭނާ ބަލައިގަނެ މިނިސްޓަރ ކަން ދޭނެތީ. ދެފުށަށް ނުކެނޑޭ އެކަކުވެސް ނެތް. ޢެންމެ ކުޑަމިނުން މައުމޫނުވެސް އަދި އަންނިވެސް ކޮޅު ބަދަލުކޮށްފި. ވެރިކަމަކީ ހަމަ ހަޤީޤަތުގައިވެސް އަވަލަވާ އެއްޗެއް.

  4. ޑަބިޔާ

    މެއި 1 ގަ ކަލޭމެން ގައުމު އެއްބައިވަންތަ ކުރީތަ ޔާމީނު ބޮލުގަ ދޮގު ތުހުމަތު އަޅުވާފަ. އެދުވަހު މުޒާހަރާގަ ޕޮލިހަކަށް ދިން އަނިޔާގެ ޒިންމާ އިމްރާނު ނަގަންޖެހޭނެ.

    58
    2
  5. .......

    އިމްރާން ކުރީމަ އިސްލާހް....އެހެންމީހަކު ކުރީމަ ހަލަބޮލި...މަޖާދޯ

    56
    2
  6. ޢިއްތިހާދު

    ކައްނެލިއޮޑިއަކައްދައުވަތު ދިއްނަމަ ދުވާނެ ރާއްޖޭގަ ތިބިދިވެހިން އަދިވެސްތިބީ އަވައްޓެރިގައުމެއެްގެ ބައެއްނޫން ދިވެހިންގެ އެއާޕޯޓް ދިވެހިނައް ކިޔާފަމާލެތެރޭ ތެޅިބޭލިހަނދާނެއްނެއްތަ އޭރުދުވީ ކޯޗެއްނުލިބިގެންތޯ އެރުވެސް މިހާރުވެސް އެމްޑީޕީ ހަމައިންޑިއާ

    45
    1
  7. ރަޝީދު

    ޢިމްރާން ކަލޭ ތީ ޚާއިނެއް

    40
    2
  8. ހުސޭނުބޭ

    ބައިވެރިނުވާކަމުގެ ޑޮކިއުމަންޓް ކޮބައި؟

    31
  9. Anonymous

    ގައުމައް ވުރެން މިނިސްޓަރކަން ބޭނުންވޭ

    50
    2
  10. ށާން

    އިމްރާން މޭޑޭގަ މަގުމައްޗައް ނިކުތް އިރު ގައުމު ހަލަބޮލި ނުވޭތޯ؟ އަދި އެމްޑީޕީ ވެރިކަމުގެ ލާދީނީ ސިޔާސަތުތަކާއި ދެކޮޅައް 23 ޑިސެމްބަރުގައި މާލޭގެ ލޮނުޒިޔާރަތްކޮޅުގަ ބޮޑު އެއްވުމެއް ބާއްވައި ދީނުގެ ދިފާއުގައި ނިކުންނާނެ ކަމައް ބުނި ހަނދާންނެތް ނެތްތޯއެވެ.؟

    20
  11. ޞީޓާ

    ކިތައް މީހުން ތިބީ ތިތާގަ. ތިވެސް ހަރާން ލާރި 10000މީހުން ހަމަ ނުވަންޏާ..

    17
  12. ޖަހަންނަމާގެ އެންމެއަޑި ތިފަދަޝައިތާނުންގެ ޖާގައަކީ

    ތަސައް ވުރު ކޮބާ ގުއި ނުދެކޭ ކާޅަށް ގުސިފެނިނީމަ ވާގޮތް ތި ވަނީ ޔާﷲ ދޮގު ހަ ދާމަކަރު ވެރިން ނަށް އިންތިހާ ދަރަޖައިގެ އަނިޔާ ވެރިކަން ދައްކަ ވާށި އާމީން :

    19
  13. މީ ޤާރޫންގެ ބަދަލްތަ؟

    އަލްހާން ވަރަށް މޮޅު ވާނެ މުނާފިޤުންގެ ސިފަތައް ކިޔާލަން :

    14
  14. މުނާފިޤު

    އިމްރާނޫ، ކަލެއަކަށް ނުކެރޭނެ ނުކުންނާކަށް. ކަލޭ އޮތީ ރަނގަޅަށް ވެސް ފިތިފައި. އެނގޭތަ އައްޑޫ އެއާރޕޯޓް، ހަނިމާދޫ އެއާރޕޯޓް، އޯޑިއޯން، އޮލިމްޕަސް، ދަފްތަރު، ސެނެހިޔާ، ދިރާޤު، ހުޅުމާލެ ފޭސް ދޭކުން 1000 އެތަކެއް އަކަމީޓަރު ބިން. މީ ހުސް އިންޑިޔާ އަށް މޯގޭޖް ކޮށްފަ ހުރި ތަންތަން.

    20
  15. ޢިލްޔަ

    ޥަރަށްތާހިރު ތިޔަ ބުނި ވާހަކަ... ކަލޮގެ އަތް ކޮނޑުހުޅުން ނައްޓާފަ ހޫރަ ހޫރާފަ ހަޅޭއްލެވި ދުވަސްމަތިން ހަނދާންވޭތަ؟

    20
  16. މުބީނު މާރނީ

    މަޖްލިސް ގަ ގޮނޑިއެއް ނެތް ޕާޓީ އަކަށް އެންމެ ބާރުގަދަ ހޯމް މިނިސްޓްރީ ތިހިރީ އިބޫ ދީފަ. ނުވި ތާކަށް އެ މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރު ކަން ވެސް. ދެން އިމްރާން މިނިސްޓަރު ކަމުގަ ހުރެވޭނެ ގޮތް ހަދާނެ ކަން މަށަށް އިނގޭ.

    18
  17. ބަކުރު

    ﷲ ގަންދީ ހުވާކުރީ ކޮންކަމަކަށް ކަލޭ އިމްރާން ދަށްކާވާހަކަ ގަރަހިކަވެސް ގަބޫލެއް ނުކުރާނެ އިމްރާނަކީ ހާއިނެއް މިގައުމު އަޅުވެތި ކުރި އެއް މޭސްތިރިއެއް.

    21
  18. ކިޔާހުވާ

    އެހާލަތައްދާނީ ޕާޓީކުދިންކޮޅުގެ ވަޒީފާ ގެއްލޭހިސާބުން އެއިރު އޮންނާނީވާނެ 6 އެތިވެފައި ދެނެއް ރަކަނި މަހެއް ނުކެވޭނެ ވެދުން

    17
  19. ޅިޔަނު

    އަދާލަތަކީ ޅިޔަޅު ، ޅިޔަނަކީ އަދާލަތު ވ ސާފު އިމުރާނޫ ، ތީ ޕާރޓީއެއް ނޫން ތިޔައީ ބައިގަނޑެއް ހެހެހެ

  20. ކޮވިޑް

    ވާނެ ކަމެއް ނެތް . އެކަމް ޖީބައް ބަރު ވާ ކޮންނެ ކަމެއްގަ އެންމެ ކުރީގަ ހުންނާނީ ތިޔަ އިމްރާން. އެ އޯކޭ ދީނާ ޤައުމު ވިއްކާ ލަން ވެސް. މުނާފިޤު ކަން ބޮޑީ ހަމަ.

  21. ވަޒީރު

    މުޅި ކޮޅުފުއްޓަށް ކޮވިޑް ފަތުރާފަ އައިސް އަރާމުގަ ހުންނަން އޯކޭ ދޯ؟ ރަށަށް ކޮވިޑް ފަތުރާފަ ރައް ކަރަންޓީނު ކޮށްފަ މީނާ އައިސް މާލޭގަ ތާހިރެއްނު؟

  22. ދިރާސާ

    ގައުމުގެކަންތައްރަގަޅުކުރުމަށް ރަށްޔިތުންގެފައިސާއިން ޑުމުސާރަދެއްވާފައިވާބޮޑެތިމަގާމުތަކުގައި
    ތިއްބަވާބޭފުޅުން ގައުމާ.ރަށްޔިތުންނަށްއޮޅުވާލާ ޚިޔާނަތްތެރިވުމުން އެކަންރަށްޔިތުންނަށް އެނގި އެކަންހުއްޓުވުމަށް ނުވަތަ ކަމެއްރަގަޅުކުރުމަށް އިންސާފުވެރިވުމަށް ރަށްޔިތުން އަޑު އުފުލުމަކީގައުމުހަލަބޮލިކުރުމެއްނޫންވައްކަމާދެކޮޅަށް،މާރާމާރީއާދެކޮޅަށްލުއިންސާފުންއެއްކިބާވުމުން
    އިސްލާމީގައުމެއްގަ މެޖޯރެޓީއޮންނަ އިސްލާމީރަށްޔިތުންއުޅުއްވާގައުމެއްގައި ލާދީނީފިކުރަށްތަންދީ
    ލާދީނީކަންތަށްފަތުރާނަމަ، މިނިވަންގައުމެއްގެ ިމނިވަންކަމަށް ބުރޫއަރާގޮތަށް ކަންކަމުގެ މަސްއޫލިއްޔަތާ ހަވާލުވެގެން ތިއްބަވާބޭފުލުން ކަންކަންކުރެއްވުމުން އެކަމާދެކޮޅަށްއަޑުއުފުލުމަކީ
    ގައުމު ހަލަބޮލިކުރުންތޯ ؟ ފަހަރެއްގައި ގައުމުހަލަބޮލިކުރުމުގެ ތަޖުރިބާލިބިލައްވާފައިވާބޭފުޅުން
    ނަށްމާނަކުރެވޭގޮތްތަފާތުވެދާނެ ފާރުބުޑުންދާނަމަ ކެޔޮގަނޑު ކަނޑާލާނޭ ހީނުކުރައްވާ އެހެންކަމްށްވާނަމަ މޭޑެގެ މުޒާހަރާއެއްަކަމުނުދާނެ ނަމަވެސް ޢަބްދުﷲ ގާޒީ ރަހުނުކުރުން.....

  23. އާޚިނުންގެ ޓިސްލު

    1. އަންނި
    2. އީވާ
    3. ހިސާނު
    4. އިންތި
    5. އިބޫ ސޯލިޙް
    6. އިމްރާން

  24. އިކްލީލް

    ރައީސް ޔާމީންގެ ބޮލަށް އަފްރާޝީމުގެ ޤަތުލުގެ ޒިންމާ ކަނޑާލީ ކާކުތަ؟ އެމީހެއްގެމައްޗަށް ޖިނާއީ ދަޢުވާ އުފުލި އަދަބު ލިބޭތަން ދެކެން ކެތްމަދުވެފަ ދިވެހިން މިތިބީ!