ގދ. ނަޑެއްލާ އިން ކޮވިޑް-18 ޖެހުނު މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފިއެވެ.

މިއަދު އެރަށުން ހަ މީހަކު ކޮވިޑަށް ފައްސިވިއިރު، ޖުމްލަ އަދަދު ވަނީ 206 އަށް އަރާފައެވެ.

މިހާރު ގދ އަތޮޅުގައި ކޮވިޑް ފެތުރެމުންދާ ހަމައެކަނި ރަށަކީ ނަޑެއްލާއެވެ. މީގެ ކުރިން އެ އަތޮޅުގެ އެންމެ ބޮޑަށް ކޮވިޑް ފެތުރެމުންދިޔައީ ތިނަދޫގައެވެ. އެރަށުގައި ކޮވިޑް އަދަދުތައް 900 އިން މައްޗަށް އެރިއިރު، މިހާރު އެރަށުން ފައްސިވާ އަދަދުތައް މަދުވެ ރަށް ވަނީ ހުޅުވާލާފައެވެ.

ނަޑެއްލާއަށް ބަލާއިރު، އެރަށުން ކޮވިޑް ފެނިގެން ރަށް ބަންދު ކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އޭގެ ފަހުން އެރަށުގައި ވަރަށް ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.

މިހާރު އެރަަަށުގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 112 މީހަކަށެވެ. އެރަށުން ކޮވިޑް ޖެހުނު 94 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.

ކުރިން ކޮވިޑް އެންމެ ބޮޑަށް ފެތުރެމުން ގޮސްފައި ވަނީ މާލެ ސަރަހައްދުގައެވެ. ނަމަވެސް މިހާރު މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއާއި ހިލާފަށް އަތޮޅު ތެރޭގައިވަރަށް ބޮޑަށް ކޮވިޑްގެ ވޭދަނަތައް ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢައިސަ

    ޢަދިވެސް އީދުކުޅެވޭތޯ ބަލާތި.އެއްމެން

    2
    1