ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ކުރީގެ މިނިސްޓަރު އަބުދުﷲ ކަމާލުއްދީނަށް ދޭން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން ފުރަތަމަ ކަމާލުއްދީން ހުށަހެޅުއްވި ފޯމު ބާތިލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އޭނާގެ ނަން އޮތުމުންނެވެ.
ކަމާލުއްދީން ވަނީ އެމްއާރްއެމްގެ ދަފުތަރުން އޭނާ ވަކި ނުކުރާކަން އެނގިފައިނުވާ ކަމަށް ވިދާޅުވެ، ޕާޓީން ވަކިކޮށްދިނުމަށް އެދި ހުށަހަޅައިފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އާ ސިޔާސީ ޕާޓީން ސިޔާސީ ބޭފުޅުންގެ އިތުުރުން ޒުވާނުންވެސް ފެނިގެންދާނެ ކަމަށް ވެސް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ. އަދި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުރަތަމަ ޑީއާރްޕީ އުފެއްދެވިއިރު އެޕާޓީގައި އިސް ދައުރެއް އަދާކުރެއްވި ކަމާލުއްދީން އެމްއާރްއެމް އާއި ގުޅުމުގެ ކުރިން ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވެވިއެވެ. ކަމާލުއްދީން ޕާޓީއެއް އުފައްދަވައި އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމާއިއެކު އޭނާ ވެގެން ދާނީ މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ސީނިއާ ބޭފުޅުންގެ ތެރެއިން މައުމޫން ފިޔަވައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހަމައެކަނި ބޭފުޅާއަށެވެ.
ތޫތޯ ކަމާލްހޭ
ކަލޭމެން ކޮންމެ މީ ހަކައް ޕާޓީއެއް ހަދާގެން ރަތްޔިތުން އަތުން ނަގާ ޓެކްސް ފައިސާ ކަމުން ގެންދަންވީ ރަތްޔިތުން ތިބޭނެ އަތް ޖަހަމުން ފަތުގައި ދުވަން
ކަމާލުއްދީން ކަހަލަ މީހުންނަކީ މިހާރު މިސްކިތު ވަކަރަށްވެސް ބޭނުން ނުހިފޭ މީހުން . މިފަދަ މީހުން އުފައްދާ ޕާޓީ އެއް ރަޖިސްޓްރީ ވިއަސް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ. ތި ޕާޓީ އަށް މީހުން ވަނުމަކީ މިޒަމާނުގައި ޔޫޓިއުބުން ލަވަ ބެލުމުގެ ބަދަލު ކެސެޓް ރޯލުން ލަވަޖެހުން ކަހަލަ ކަމެއް. މިހާރު އުފައްދާ ލަވަޖަހާ ސެޓް ތަކުން ކުރީ އަންޒަމާނުގެ ކެސެޓް ރޯލް ތަކުން ލަވަޖަހާނަމަ ވަރަށް ބޮޑަށް ހެޑަށް އޮޅޭނެ. ތި ޕާޓީ ގެ ފަހަތުގައި އަސްލު ހުންނެވީ ސޭޓް ކަމަށް ވަރަށް އިތުބާރު ހުރި ފަރާތަކުން އަހަންނަށް މައުލޫމާތު ލިބުނު.
ކަމަލް އަޅުގަނޑު މި ހުރީ ތިޔަޕާޓީ އަށް ސޮއި ކުރަން ތައްޔާރަށް ...ސަރުތަކީ ކަމަލް އަށް ރައީސް ކަން އަޅުގަނޑަށް ބޮޑުވަޒީރު ކަން.
ޢެގޮތް އޯކޭތޯ