22:03

މިއަދު 125 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:37

އއ. ހިމަންދޫއަށް ޗުއްޓީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފި

19:16

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު "ނިއު ނޯމަލް" އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ

16:59

ކޮވިޑް-19ގެ ނައްސި ނަތީޖާއެކު މާލެ އިން ލ. އަތޮޅު ފޮނަދޫއަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވުމާއެކު، އެރަށާއި ގުޅިފައިވާ ގަމަށް އަރާ ފޭބުން މަނާ ކޮށްފި

16:52

ކޮވިޑް-19ގެ ނައްސި ނަތީޖާއެކު މާލެ އިން ލ. އަތޮޅު ފޮނަދޫއަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވެއްޖެ

15:58

ކޮވިޑް-19ގެ ޥޭދަނަތަކެއް ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކ. ކާށިދޫއަށް އިންޑިއާ ފަތުރުވެރިންތަކެއް އަންނާތީ އެރަށުގެ ރައްޔިތުން ނުރުހުން ފާޅު ކުރަން ފަށައިފި

15:49

އޮސްޓްރޭލިޔާގެ އެންމެ އާބާދީ ބޮޑު ސިޓީކަމަށްވާ ސިޑްނީގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ އުސޫލުތަކަށް ލުއިތަކެއް ދޭނީ އާބާދީގެ %50 ވެކްސިން ޖެހުމުންކަމަށް އެގައުމުގެ އިދާރާތަކުން ބުނެފި

14:33

ކޮވިޑް-19 ޖެހިގެން ފުވައްމުލައް ސިޓީން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

09:53

ސްކޫލަށް ވަންނައިރު ވެކްސިން ޖެހުން މަޖުބޫރުކުރަން ނިއުޔޯކް ޓީޗަރުން ދެކޮޅުހަދައިފި.

08:22

ކޮވިޑް ޖެހިގެން އިންޑޮނޭޝިއާ އިން އިތުރު 1568 މީހުން މަރުވެއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިއަދު އަނެއްކާވެސް ވަރަށް ބޮޑަށް މަދުވުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. އީދު ޗުއްޓީއަށް ފަހު އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަކަށް ނުދައްކައެވެ. ނަމަވެސް މިއީ އީދު ޗުއްޓީގައި ކޮވިޑް ފެތުރިގެން ނުދާކަމަށް އަދި ނިންމެން އޮތް ސަބަބެއް ނޫނެވެ. ހާލަތަށް އަންނަ ބަދަލުތައް ފައްސިވާ މީހުންގެ އަދަދުން ފާހަގަ ކުރެވެން އާއްމުކޮށް ދެހަފްތާގެ މުއްދަތެއް ނަގައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނައިރު ކޮވިޑުން ދިފާއުވުމަށް ގިނަ ބަޔަކު އަންނަނީ ވެކްސިން ޖަހަމުންނެވެ. މިއަދުވެސް މުޅިން އަލަށް 800 އަށްވުރެ ގިނަ މީހުން ވެކްސިން ޖެހިއެވެ. އަދި 3000 އަށްވުރެ ގިނަ މީހުންގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރިއެވެ.

ހޯމަ ދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 86 މީހުންނެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ހޯމަ ދުވަހު ދަށަށް ގޮސްފައި ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ހަދުވަސް ފަހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.