ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ %85 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ %95 ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުން ހިމެނެއެވެ.

އަދި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 28.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުމާ

    ކުރީގެ މެންބަރު ޖައުފަރު ދާޢޫދު ގެ މަސައްކަތް އަދިވެސް މި ފެންނަނީ ....މީ ވަރަށް ވާހަކަ

  2. ާއުގޫފާރު

    ސުކުރިއްޔާ ރައީސް ޔާމީން
    ތީވެރިންނަކީ