އޭރެއްގައި އޮންނަ ސަރުކާރެއް ހައްދުން ނައްޓައިގެންދާ ހިސާބަށް ދިއުމުން ދެން ތިބި ސިޔާސީ ލީޑަރުން އެއް ގަލަކަށް އަރަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވީ، މެލޭޝިއާގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޚިއްސާ ކުރައްވަމުންނެވެ. އެއީ މެލޭޝިއާގައި ސިޔާސީ ދެ ވާދަވެރިންގެ ގޮތުގައި ތިއްބެވި މަހާތިރު މުހައްމަދާއި އަންވަރު އިބްރާހީމް އެކުގައި މަސައްކަތް ކުރައްވަން ފެށި ޚަބަރެކެވެ.
ޖަމީލް ވިދާޅުވީ ސަރުކާރު ހައްދުން ނައްޓައިގެން ދިއުމުން ސިޔާސީ ވެރިން އަބަދުވެސް އެއް ވިސްނުމެއް ހޯދަން ޖެހޭ ކަމަށާއި އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ސިޔާސީ މަސްރަހުގެ ހަގީގަތް ކަމަށެވެ.
"ޒީރޯ ޓޮލެރެންސް ޖޯކަކަށް، ބަދަލު ނުހިފާނެ ކަމަށް ބުނެ ރައީސްއަކު ޖަލަށް، ގާނޫނަކީ ވާދަވެރިންނަށް އެކަނި އޮތް ބިރެއް، އިގްތިސާދު ފުނޑި އިސްތިގްލާލް ގެއްލެމުން ދާއިރު މިއީ އިބްރަތެއް،" ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޖަމީލް ލިޔުއްވާފައިވެއެވެ.
މިއީ ސިޔާސީ ޙަޤީޤަތް. ސަރުކާރު ހައްދުންނެއްޓީމާ ސިޔާސީވެރިން އަބަދުވެސް ކޮމަން ގުރައުންޑް ހޯދަންޖެހޭ. ޒީރޯ ޓޮލަރަންސް ޖޯކަކަށް. ބަދަލުނުހިފާނެ ކަމަށް ބުނެ ރައީސަކު ޖަލަށް. ޤާނޫނަކީ ވާދަވެރިންނަށް އެކަނި އޮތް ބިރެއް. އިޤްތިޞާދު ފުނޑި އިސްތިޤްލާލް ގެއްލެމުންދާއިރު މިއީ ޢިބްރަތެއް. https://t.co/N9A7yAuqrA
— Mohamed Jameel Ahmed (@MJameelAhmed) August 3, 2021
ސަރުކާރު ހައްދުން ނެއްޓީމަ އެހެން ސިޔާސީ ހުރިހާ ވެރިން އެއް ގަލަކަށް އަރަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވި އިރު، ރާއްޖޭގައި އޭރު އޮތް ކޮންމެ ސަރުކާރަކާ ދެކޮޅަށް އުފެދުނު އިއްތިހާދެއްގައި ޖަމީލް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ވެސް އޭރު އޮތް އެހެން ހުރިހާ ޕާޓީއެއް އިއްތިހާދުވެގެން މަސައްކަތް ކޮށްފައިވެއެވެ. ވެރިކަންތައް ނިމުމަކަށް ގެނެވުނީ ވެސް އެ ގޮތަށް މަސައްކަތް ކޮށްގެންނެވެ.
ސިޔާސީ ހުރިހާ ވެރިން އެއް ގަލަކަށް އަރަން ޖެހޭ ވާހަކަ ދެކެވޭއިރު، ޕީޕީއެމްއާއި ޕީއެންސީއިން "މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި ފަށާފައިވާ ހަރަކާތުގައި ބައިވެރިވާން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމްއާއި، އެމްޑީއޭއަށް ވަނީ ދައުވަތު ވެސް ފޮނުވައިފައެވެ.
މިކަމާ ގުޅޭ ގޮތުން، ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ބުނެފައިވަނީ މި ދައުވަތާ އެއް ގޮތަށް އިދިކޮޅު ހަރަކާތުގައި ބައިވެރިނުވާނެ ކަމުގައެވެ. އެމްއާރުއެމް އިން ބުނެފައިވަނީ އަދި ގޮތެއް ނުނިންމާ ކަމަށާއި މިއަދު ގޮތެއް ނިންމާނެ ކަމުގައެވެ. އެމްޑީއޭއިން އަދި މި ކަމުގައި ބަހެއް ނުބުނެއެވެ.
ޖަމީލުމެންތިރާވަނީބަގާވާތެއް
ޖަމީލު ތިއުޅެނީ މަކަރުން އެއްކަލަ ބަތްގަނޑު އަނބުރާގޮތައް ސިޔާސީ ޕާޓީވެސް އެބުރޭތޯ
ނުކެރޭނެ ކޯލިޝަން އެއވެސް ޕާޓީއަކާ ގުޅޭކައް އެއައްވުރެން ބޮޑައް ބޭރުމީހެއްގެ ދަށުވެ ތާށިވެފާ އެތިބީ ދެން ތިބެންޖެހޭނީ ހައްޕު ކިޔައިގެން
މިހާރު ތިއުޅެނި ޔާމީނުގެ މައްސަލަ ބަލަން ފެށީމާ ގޮތް ހުސްވެގެން އެހެން މީހުން ތިކަމުގައި ބައިވެރި ކޮށް ސަރުކާރަށް ޕްރެޝަރު ކުރަން. ބަލަ ޔާމިނުގެ ވެރިކަމުގައި ތި ހުރިހާ ޕާޓއެއްގެ ވެރިން ޖަލަށް ލައި ބާކި ކޮށް ހެދިއިރުގެ ހަނދާން މިހަރު ނެތުނި ދޯ. އޭރު ޔާމިނު ބުނީ އެއްމޭޒު ދޮށަށް ގޮސް ދައްކާނެ ވާހކައެއް ނެތޭ. އިށިންނާނެ ގޮޑިއެއް ނެތެ. އަދި ރައީސު މީހާގެ ބަދަލުގައި ޝައިނީމެން ފޮނުވައިގެން ހެދި ޑީލްތަށް ފަހުން ބުނީ އެއީ ސަރުކާރަށް އެގޭ ކަމެއްވެސް ނޫނޭ. މިހާރު މައްސަލަތަށް ބޮމަތިވެ ދެއިރު ދެދަޅަޔަށް ފުލުހަށާއި ކޯޓަށް ހާޒިރު ކޮޮށްގެން މައްސަލަ ބަލަން ފެށީމަ ތެޅި ބާލާނެ ކަމެއްނެތް. އޭރު ވައްކަން ކުރި އިރުވެސް އެގެންޖެހޭނ މިދުވަސް އަންނާނެކަން.