މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގާފައި ވަނީ ސ. މަރަދޫ، މީނާޒް، މައުމޫން ނާޞިރު އަށެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުންގެ އިއުލާނުގައި ވެއެވެ. ނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 އޯގަސްޓް 10 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އާދީއްތަ ދުވަހު ވެސް ފުލުހުން ވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގައި އިއުލާނު ކޮށްފައެވެ. އެދުވަހު އިއުލާން ކުރީ މީހަކަށް ފޯނުކޮށްގެން މަކަރާއި ހީލަތުން -/60000 ރުފިޔާ ހޯދި މީހަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާށެވެ.

ފޯނުން ގުޅައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާއްމު ވެފައިވާ މައްސަލައެކެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް އަނބުރާ ފައިސާއެއް ނުލިބެއެވެ. އަދި މިކަން ކުރާ މީހުން ވެސް ވަރަށް މަދު ފަހަރަކު ނޫނީ އަތުލައެއް ނުގަނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަލަން ތުނޑު

    ރާޢްޖޭގެ ދެވެރިންގ ނަން

  2. ހޮނޑާފުށީ ބޮޑުހުސޭނު

    ރަގަޅު ތިކަހަލަ މީހުން ފަލީހަތް ކުރަން ސަޅި ގޮތެއްތީ