ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުތް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
"ވަގުތު" އާއި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތި އެމަނިކުފާނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ރައީސް ޔާމީނާ ޒާތީ ގޮތުން ދިމާކޮށް ޖެއްސުން ކުރުމަކީ ދެރަވަރުކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެއްވެސް މަރެއްގެ މައްސަލައާ ރައީސް ޔާމީންއާ ގުޅުމެއް ނުވާކަން ޝަހީމް ވިދާޅުވިއެވެ. މިފަދައިން ވިދާޅުވީ މީގެ ކުރިން މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ރައީސް، ހުސްނުއްސޫދު ވިދާޅުވި ބަސްކޮޅެއް ފާހަގަކުރައްވަމުންނެވެ.
"ސަރުކާރުން މިހާރު އުޅެނީ ހަމަ ސީދާ ރައީސް ޔާމީން ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން، ރައީސް ޔާމީންއާ މަރުގެ މައްސަލަތަކާ ގުޅުމެއް ނުވާ ކަމަށް މީގެ ކުރިން ހުސްނުއްސޫދު ވެސް ވިދާޅުވެފައި ވާނެ ޕްރެސް ކޮންފަރެންސްއެއްގައި" ޝަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައެވެ. ރިލްވާންގެ މައްސަލައާ މީގެ ކުރިން ކޮމިޝަނުން ހާމަކޮށްފައި ވަނީ ރިލްވާން ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.
ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރަނީ މިއަދު ދޭއް ޖަހާއިރަށެވެ.
ރޔާމީން ހާޒި ރު ކު ރަންޏާ އުމަ ރުނަސީ ރާ އޭ ރުގެ ސީޕީ ހުސައިނާ ރނަޝީދުވެސް ހާޒި ރުކު ރަންވާނެ..ﷲގެވާގިފުޅާއެކު ރޔާމީން ބަލިނުކު ރެވޭނެ އެއްގޮތަކުންވެސް...
ޙައްޤުގެ މަގުގަ ހުންނަ މީހަކަށް ނިކަމެތިކަމެއް ދެވޭނެ މީހަކު ނުހުންނާނެ.
ކޮމިޝަންގެ ރައީސް ބަދަލުވީމަ އުންސުރުތައް އުތުރި ގަތީ ތޯއްޗެއް. ނޫނީ ވެދާނެ ކަމެއް ނުކޮށް ބޮޑު މުސާރަ ނަގައިގެން ތިބޭތީ ރައްޔަތުން ކިޔާ އެއްޗެހިން ހިތް ކުދި ކުދި ވީމަ ކަމެއް ކުރިކަމަށް ދައްކަން ކޮށްލި ކަމަކަށްވެސް . މީ ފިސާރި ދެއްކުން ތެރި ސަރުކާރެއް. ނޫނީ ވެދާނެ އަނެއްކާ އިންޑިއާ އާއި އެކު ބޮޑު ޖަރީމާ އެއް ހިންގާލާ އެ ކަން ފޫބައްދަން ކޮށްލި ކަމަކަށްވެސް،
މާޝާﷲ ރައީސް ޔާމީން އަށް ﷲގެ ހިމާޔަތާއި ރައްކާތެ ރިކަން މިންވަ ރުކު ރުކޮށްދެއްވާށި އާމީން
މިހުރިހާ ވައްކަމާއި ކޮރަޕްޝަން ހިންގަފަ ހުރި އިރުވެސް ހުދު ފޮތިކޮލަކަށް ހަދާފަ ވާހަކަ ދައްކަާ ބަޔަކުވެސް އުޅޭ. ގައި މިު މިރާއްޖޭގަ ކޯކުދަޅެއް ވިއްކިޔަސް ޔާމިނުގެ އެކައުންޓަށް ބޮޑުބައެއް ވަންނަ ގޮތަށް ނުނި ނުވިއްކާ. އޮޅިގެންވެސް ތިއިން ރައްޔިތެއްގެ އެކައުންޓަކަށް ލޯ ލާރިއެއް ވެއްދި ބަޔަކުވެސް ނެތް . އަދި ވެއްދި ކަމުގައި ވިޔަސް އެފައިސާއެއް އަބުރާ ހޯދަން ކުރާމަސްއްކަތެއްވެސް އޮވޭ. އެކަމަކު ޔާމިނުގެ އެކައުންޓަކަށް އޮޅިގެން 1 މިލޔަން ޑޮލަރު ލެވުނަސް އެއިން މީހަކު އެ ފައިސާ ހޮދަން އުލުނު ތަނެއް ނުފެނޭ ދުވަހަކުވެސް. މީ ކޮންކަހަލަ ޕީޕީ އެމް ގަމާރުންތަ މިއުޅެނީ.
ރައީސް ޔާމީންގެ ވެ ރިކަމުގައިވެސް ސިޔާސީ މީހުންތައް ހިފާ ހައްޔަ ރުކޮށް ހުކުމްކު ރީ މިވެ ރިކަމުގަވެސް ސިޔާސީ މީހުންގެ ފަހަތުން ދުވެ ހައްޔަ ރުކު ރަނީ
ދެން މަނިކުފާނު ދުއާފުޅެއް ކޮށްދޭންވީނު