ގޮތް ނޭނގޭ މަރުތަކާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުމެއް ނެތް ކަމަށް ކުރިން ނިންމާފައި އޮއްވައި، މަރު ކޮމިޝަނަށް އެމަނިކުފާނު މިއަދު ހާޒިރުކުރާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު މަރު ކޮމިޝަނަސް ހާޒިރުކުރަނީ ޒާތީގޮތުން ޖައްސާލައި ޖެއްސުން ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"މަރު ކޮމިޝަނުން މީގެ ކުރިން އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އިއުލާންކޮށްފަ ވާނެ ރައީސް ޔާމީންނާ މަރުތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ތަހުގީގުތަކުން އެނގޭކަމަށް. ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެންނުވާނެ. ޔާމީނާ ޒާތީ ގޮތުން ދިމާކޮށް ޖެއްސުންކުރުމަކީ ދެރަވަރުކަމެއް." ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި މިހާރު ހުންނެވި ޝަހީމް ވިދާޅުވިއެވެ.

ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ޔާމީން ހާޒިރުކުރާނީ މިއަދު ދޭއް ޖަހާއިރުއެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް ޔާމީނާ ސުވާލުކުރަން ބޭނުންވާތީ ހާޒިރުވާން އެންގި ނަމަވެސް އެކަމާ ގުޅޭ ތަފްސީލު މަރު ކޮމިޝަނަކުން ނުދެއެވެ. ކޮމިޝަނަށް ޔާމީން ހާޒިރުކުރާތީ އިދިކޮޅުގެ އިސްވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މަރާލާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ނިންމާފައިވާ ރިލްވާން ދޯންޏަކަށް އެރުވުމަށް ފަހު އޭނާގެ ބޯ ބުރިކޮށްލުމަށް ފަހު ހަށިގަނޑު ވަނީ ކަނޑުފައްތާފައި ކަމަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ނޫސްވެރިއަކު ރިލްވާން ގެއްލިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން "ގެއްލުނީމަ ހޯދާނީ" ކަމަށް ވިދާޅުވެ ޔާމީން ކުރިން ދެއްވި ޖަވާބަށް ވެސް އާންމުންގެ ފާޑު ކިއުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    މިހާރު ތިޔަ ކޮމިޝަނަށް ހާޒިރު ކުރަން އެންމެ އެކަށީގެން ވަނީ ހުސްނުއްސޫދު އޭނާ ލައިވް ޓީވީގަ ދޯ ބުނީ ޔާމީންނާ މިކަމާ އެއްވެސް ގުޅުމެއް ވާކަމަށް ތަހުޤީޤް ތަކުން ނުފެނެޔޭ؟ ޒާތީ ވެ އަނިޔާ ވެރި ވިޔަސް ތީ ފުކެއް ބޮޑުވަރު ދެއްތޯ؟

    7
    1
  2. ވަޒީރު

    އ.ސޯލިހު ވެއްޖެއްނު ރައީސް ޔާމީން ކާލަން؟ ފުކެއް ބޮޑުވަރު ދޯ މީ؟

    8
    1
  3. ނާދިރާ

    އެހެން ވެއްޖެއްޔާ ބުރުމާ ޤާސިމް އަޅުގަނޑުމެން 1 ފެބްރުއަރީގައި ޙުކުމެއް ނެރުނީމާ އޭ ބުނި ވާހަކައިގައި ހިފާ ނުދަމާ ޔާމީން ހުރިހާ އެއްމެތަކުން ވެސް އޭރު ކިޔަމުން ދިޔަގޮތަށް ކީމަ އެމަނިކްފާނު ގަންހިންގާ މީދެން ބޮޑުވަރު. އެމްޑީޕީގެ އެކްޓިވިސްޓުން ހިތްހަމަޖައްސަން ވިޔަސްތީދެންބޮޑު ވަރު. މިޤައުމަށް އެތަކެއް ޚިދުމަތް ކޮށްދެއްވާފަ ހުރި ޚިދުމަތްތެރިއެއް. އިބްރާހީމް މުޙައްމދު ޞާލިޙު މިޤައުމުގެ ރައްޔިތުންނަށް ކޮށްދެއްވި އެއްވެސް ކަމެއްނެތް.