ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރޯށި ކައިރީ ބިން މަތީ އޮށޯވެ އޮންނަވައިގެން ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިހުތިޖާޖް ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގެ ދޮރޯށި ކުރިމަތީ ބިން މަތީ އޮށޯވެ ޖާބިރު އޮށޯވެ އޮންނަވަނިކޮށް ހުންނަ މަންޒަރު ވީޑިއޯއާއި ފޮޓޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެއިން އެއް ވީޑިއޯއަކުން ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަޑައިގެން ޖާބިރު ނަންގަވަން މަސައްކަތް ކުރައްވާ މަންޒަރު ވެސް ފެނެއެވެ. އެ ވަގުތުކޮޅު މިއީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ އިހުޖާޖުގެ ހައްގު ކަމަށް ޖާބިރު ވިދާޅުވެއެވެ.

މިއީ ރައްޔިތުން ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ޖާބިރު ވިދާޅުވާ އަޑު ވެސް އިވެއެވެ. "މަށެއް މި ތަނުން ނުދާނަން" މިހެން ބުނާ އަޑު ވެސް އެ ވީޑިއޯއިން އިވެއެވެ.

އޭރު އެ ސަރަހައްދުގައި ހުރި މީހަކު ޖާބިރު ހިޔަލަށް އަންނަން ގޮވާލާ އަޑު އިވޭއިރު، ގައުމުގެ ހާލަތު އޮތީ ހިޔަލުގައި ހަމަޖެހިލައިގެން ތިބެވޭ ހާލަތެއްގައި ނޫން ކަމަށް ޖާބިރު ވިދާޅުވާ އަޑު އިވެއެވެ.

ބައެއް ހަޑި ހުތުރު ބަސްތައް ވެސް ޖާބިރު ވިދާޅުވަމުން ގެންދަވާ އަޑު ވެސް ވީޑިއޯއިން އިވެއެވެ. މަޖިލީހުގެ މެންބަރުން ގާނޫނު އަސާސީއާ ޚިލާފްވެއްޖެ ކަމާއި މެންބަރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވެއެވެ.

އިރުކޮޅެއް ފަހުން ދިޔާނާ ވެސް އެ ތަނުން ހިންގަވާފައި ދުރަށް ވަޑައިގަންނަވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ޖާބިރު ކައިރީ ތާޒާ ފެންފުޅިއެއް ބަހައްޓާފައި އޮތް އިރު އޭނާގެ ފޯނު ވެސް ބިން މަތީ ބާއްވާފައި އޮތް މަންޒަރު ވީޑިއޯއިން ފެނެއެވެ.

މާ އިރު ތަކެއް ނުވެ ޖާބިރު ވެސް ވަނީ އެ ތަން ދޫކުރައްވައި ވަޑައިގެންފައެވެ. މަޖިލީހުގެ ކުރިމަތީ ޖާބިރު އިހުޖާޖް ކުރަން ނުކުމެވަޑައިގެން ހުންނެވި ކޮން ކަމަކާ ގުޅިގެން ކަމެއް ވެސް އަދި ނޭނގެއެވެ.

ޖާބިރު މަޖިލިސް ކުރިމަތީ އިހްތިޖާޖް ކުރެއްވިއިރު، އޭނާގެ ޕާސްޕޯޓު ވަނީ ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ.

ޖާބިރަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަރަކާތްތެރި އެއް މެންބަރެވެ. މަޖިލީހުގެ ރިޔާސަތުން ވެސް ކުރާ ބައެއް ކަންކަމާ ހިތްހަމަނުޖެހިގެން ވަރަށް ގިނައިން އޭނާ އަޑު ގަދަ ކުރައްވާފައި ވެއެވެ. ރިޔާސަތުން ނަން އިއްވައި ތަޅުމުން އެންމެ ގިނައިން ބޭރުކޮށްލި އެއް މެންބަރަކަށް ވެސް ޖާބިރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. މުޙައްމަދު

  ކަންތަކާ ޖެހުނީ. ކޭބަލް ކާރު އަޅަން ހުއްދަ ނުލިބުނީ ކަމަށްވާނީ. ޖޯބިރު

  45
  2
 2. Anonymous

  2023 ގެ ވެރިކަން ޖާބިރައް.

  41
  4
  • މނނ

   އެއީ ދިޔާނާ. ލޮލް

   34
   1
 3. ހުސޭނުބޭ

  ތިހެން އުޅެމުން ވެލިނުކާތި
  ހޮނޑާފުށީގައިވެސް އެކުރީ ވައްތަރެއްގެ އިޖްތިހާދެއް ދޮގެއްތޯ

  50
  2
  • ޜަނާ

   ޙޮނޑާފުށީގަ ހިއްޕެވި އެއްޗެހި މިއަދު ތަންކޮޅެއް ގިނައިން ހިއްޕެވުނީ ކަމަށްވާނީ . އަޅެ ދިޔާނާވެސް ޖާބެ އެހާލުގަ ހު ރެ ބޭ ރަށް ނުކުތަދީގެން ނުވާނެއެއްނު.
   މިހާ ރު އެންމެނަށްވެސް އެނގުނީ ހަމަހޭވެ ރިކަން ފިލާފަ ހު ރިކަން . އަނެއްކާ ދިޔާނާ ހަމަ ހޭގަބާ!

 4. ޙަސަން

  ގަމާރުވެގެން އުޅެވޭނޫޅެވޭގޮތް ނޭނގި ހޭބަލިވެ ތެޅިފޮޅޭތީވެސް މިވަނީ އެންމެ ޙަރަކާތްތެރި މެމްބަރަށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއްކަނޑުގެ މެދުން ގާފަރާ ކަށީދޫ އާ ދެމެދު ކޭވބަލް ކާރުގެ ޚިދުމަތް ދޭން ވާހަކަދެއްކީމާވެސް އެވަރެއްނެތްކަމަށް ޤަބޫލުކުރާމީހުންގެ ސިކުނޑިން އުނިވިބައި ފޫބެއްދުމަށް ރަނގަޅު ކައުންސެލިން ޓީމެއް ޙަރަކާތްތެރިވާން ޖެހިއްޖެ ކަމުގައި އަޅުގަނޑު ދެކެމެވެ.

  26
 5. ބެއްޔާ

  އޭނާ ހުރީ ހަމަހޭގައިތޯ؟ އޭނާ މޮޔަފުޅުވީތޯ؟

  27
 6. ރައްޔިތުމީހުން

  ޖާބިރަކަސް މި ދައްކަނީ ރަނގަޅުވާހަކަ

  "މަޖިލީހުގެ މެންބަރުން ގާނޫނު އަސާސީއާ ޚިލާފްވެއްޖެ ކަމާއި މެންބަރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވެއެވެ."

  26
  1
 7. ރަބަރޭ

  2023 ގައި ޔާމީނުއަށް ވެ ރިކަންދޭން ޖަމީލް އަދި މަލީހު ޖަމާލު އޮތީ މާކު ރިން ނިންމާފައި ޖާބި ރުއަކަށް
  ތިޔަކަމެއް ހަމަހިލާ ނުވާނެ

  14
  1
 8. ފާއިޒާ

  އަނބިކަނބަލުންނާޖެހުނުމައްސަލައަކާއި ވައްތަ ރު ؟؟ މިހެންމިބުނީ އެދެކުދިންގެ ގުޅުން މިދުވަސްކޮޅުގަ އެހާ ރަނގަޅުހެނެއް ހީއެއްނުވޭ ؟

  12
 9. އަލްޖިބްރާ

  ހަމަހޭގައި ނުތިބެވޭ މީހުން އެހެންވެސް އުޅޭނެ !

  20
 10. އަހައްމަދޫ

  މިމީސްމީހުން ޓެސްޓް ކޮށްފަ ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ނުކެރިގެން މިއުޅެނީ ކީއްވެތަ

  • މަންޑެ

   ވަޒީފާގެ ބިރަށް

 11. ސޫލާ

  ރނ ގެ މިސާލުން މިސާލު ނަގައި ޖާބެ ވެސް ދިޔާތަކެތި ހިއްޕެވުން ހުއްޓާލަން ވަރަށް އަދަބުވެރިކަމާއި އެކު އިލްތިމާސްކުރަން. ފެންނަފެނުމަށް ލަފާކުރެވެނީ އެފަދަ ދިޔާއެއްޗެއްގެ އަސަރުކޮށްފަހުރިކަމަށް.

 12. Anonymous

  ހިއްޕަވައިގެން ދެއްތޮ؟ ހެހެހެހެހެ

 13. ޮހޮޅި

  ވެރިކަން ލިބި ރައީސްކަން ކުރީމަ ޖެހޭނެ ޖަލަށްދާން. ހުކުމްކުރީމަ އަންނިހެން ވެއްޓެން މަޑުކޮލާ. ޑިމޮކްރަސީ އެއޮތީ އަންނި ދަސްކޮށްދީފަ. މިވެރިން މިކިޔާ ޢިއްޒަތްތެރި މެމްބަރުންގެ މިއޮށް ..... ނޭގޭ ކިޔާނެ އެއްޗެއްވެސް

 14. ސަރުދާރު

  މީނަ ބޯހަމަ ޖެހޭތޯ ޓެސްޓް ކުރަކާށް ނުވޭތޯ؟ މިހާރު އޮޕަރޭޓް ކުރުމުގެ މައްސަލަ ހުރިހެން ހީވަނީ

 15. އަމީ

  ރަލުގެ މަސްތުގަ މުޅި ހަޔާތް ވޭތުވަނީ. މިފަދަ ފާސިގުން ގާނޫން ހަދާ މަޖިލިކަށް ލައިގެން ލިބޭނީ ކޮން ހެވެއް ހެއްޔެވެ؟

 16. ލލ

  ޖާބިރް ފިލްމެއް ކުޅެނީތޯ ޝޫޓިން ނެގީތޯ ؟

 17. އައިސް

  އުޑެއް ބުޑެއް ނޭގޭ މީހުންނަށް މަޖިލީހުގެ ގޮނޑިދިނީމަ ވާނެހާއެތި ތިޔަފެންނަނީ ، ކާށިދޫ މީހުންނަށް ކޭބަލްކާ ރުގެ ދަޅަ ދައްކައި ހައްދާލަ އިގެން ގޮނޑި ހޯދާފަ އެއޮތީ

 18. ހަސަދު

  ސައިކައިޓްރިކް އިވެލުއޭޝަން އެއް ހަދަން ފެނޭ. މާގިނައިން ޖޫސް ހިއްޕުވީކަންނޭގެ.

 19. ނޫސްކިޔާމީހާ

  ހީވަނީ އެނދު ބިންދަ އިގެން ދިޔަ އީހެން