އިދިކޮޅު ދައުވަތު ގަބޫލުކޮށްފިނަމަ ގައުމީ މަސްލަހަތު ގެއްލިގެން ދާނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ގެ ނަމުގައި ފަށާފައިވާ ކެމްޕޭންގައި ބައިވެރި ނުވާން އެމްއާރުއެމް އިން ނިންމައިފިއެވެ.

އެ ހަރަކާތުގައި ބައިވެރިވާން ޕީޕީއެމް އާއި ޕީއެންސީން ރަސްމީކޮށް ދައުވަތު ފޮނުވާފައިވާ ކަމަށް ބުނެފައިވަނީ އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭއަށެވެ. އެމްޑީއޭ ނޫނީ ދެން ހިމެނެނީ ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކެވެ.

ޕީޕީއެމްއާއި ޕީއެންސީން އެރުވި މި ދައުވަތް ގަބޫލު ނުކުރާ ކަން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. އެމްޑީއޭއިން އަދި ވަކި ގޮތެއް ނުބުނެއެވެ.

އެމްއާރުއެމް އިންވެސް ވަނީ އެ ދައުވަތު ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހިންގާ ޕާޓީއިން ބުނި ގޮތުގައި ސަރުކާރު ކޯލިޝަންގައި އޮވެ، އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވުމަކީ ގައުމުގެ މަސްލަހަތު ގެއްލިގެން ދާނެ ކަމެކެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ބައިވެރި ނުވާނެ ކަމަށް އެޕާޓީއިން ބުނެއެވެ.

އަދި ދައުވަތު ގަބޫލުކުރާކަން އިދިކޮޅު ކޯލިޝަނަށް އެޕާޓީއިން ވަނީ އަންގައިފައެވެ.

"އެމްއާރުއެމްއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް. އެހެންކަމުން އެމްއާރުއެމް މިހާރު އޮތް ކޯލިޝަން އިން ވަކިވެގެން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާކަން އަންގަމެވެ" އެމްއާރުއެމްއިން އިދިކޮޅު ކޯލިޝަނަށް ފޮނުވި މެސެޖުގައި ވެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން ދައުވަތު ދިން އިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ. މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޅިންކް

    ގެއްލެނީ ގައުމީ މަސްލަޙަތެއް ނޫން، ތިހުރިހައި މީހުންގެވެސް އަމިއްލް މްސްލަޙަތު ގެއްލެނީ

    24
  2. ތުއްޓެ

    މިޙަބަރުގެ ސުރުޚީގައި "ގައުމީ މަސްލަހަތު ގެއްލޭތީ އިދިކޮޅު ދައުވަތު ގަބޫލު ނުކުރަން: އެމްއާރުއެމް"
    ގެ ބަދަލުގައި

    "ގައުމީ މަސްލަހަތު ގެއްލޭތީ އިދިކޮޅު ދައުވަތު (މިފަހަރު) ގަބޫލު ނުކުރަން: އެމްއާރުއެމް" މިހެން އޮތް ނަމަ ޤަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް ތޯއްޗެއް.

    ތިޔަ ދައުވަތު މިފަހަރު ޤަބޫލު ނުކުރިއަސް އިންތިޚާބާއި ގާތްކޮށްފައި ތިޔަފަދަ ދައުވަތެއް އަތުވެއްޖެއްޔާ އެއްކަލަ ހުރިހާ ކުދިންކޮޅު ލޯބިވާ ބޮޑުބޭބެ (ޔާނުބޭބޭ) އަތުގައި ހިފައިގެން ސްޓޭޖުމަތީގައި ތިބޭނެ - ބުނާނީ ލޭގެ ގުޅުން މާވަރުގަދަވާނޭ - ބްލަޑް އިޒް ތިކާރ ދެން ވޯޓާރ އޭ އޭއްޗެކޭ މީއްޗެކޭ. މުޅިންވެސް އަމިއްލަ ފައިދާ އަށް!

    16
  3. މަނީމަނީ

    ކޮބާ ޕީޕީއެމް އަށް އެއްޗެއް ވިސްނިއްތަ؟

    6
    16
  4. ރަބަރޭ

    ޕީޕީއެމާ، ޕީއެންސީ އެއީ އެއްބަޔެއް ނޫންތަ ދެނަމެއް ކިޔަކަސް މިސާލަކަށް ގާސިމް އިބް ރާހިމް މޫސާ އެއީ ތިބުނާ ގޮތުން ވިއްޔާ 3 މީހުންގެ ނަން އެކަކަށް މިކިޔަނީ

    2
    6
    • ރަބަރޭ

      ތިޔާހުރީ ހިނދުކޮޅު ގާއިތޭ
      ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

      10
  5. ކަނަ

    މިބެއްޔާ ދުނިޔެހުރިހާހިދަކު މިގައުމައް ރަގަޅުގޮތެއް ނުވާނެ މީހަމަ ވަރައްމޮޅު ޔަހޫދީއެއް

    12
  6. Anonymous

    ގައުމީ މަސްލަހަތު ގެއްލޭނެ ވަރަކަށް މިއަދު މިއޮތީ ގެއްލިފަ. ދެން އިތުރަށް ގެއްލޭނެ މަސްލަހަތެއް ނެތް. އިންޑިއާއަށް ގައުމު ވިއްކާލައިގެން ތިހެން ތިބެވޭނީ 2023 އާ ހަމަޔަށް. އޭގެފަހުން ގައުމުގެ މަސްލަހަތު ހަމަޔަކަށް އަޅުވާނަން.

  7. ކާފަބޭ2020

    މަސްލަހަތޭދުފާއެއްޗިއްސޭކިޔާނެކަމެއްނެތް! ލެގަސީއަކާހެދި ކައިރިނުވެފަހުރިބޮޑާބެތިޔައީ، މިހާރުލިބޭވަރުދެގުނައޯކޭވާނެ 3 ތަނެއްގެ އުންސުރާދިމާވާނެތީ ފަހަތުފަޔަަށްބުރަވަނީ ނަމަވެސް ﷲ މޮޅަށްދެނެވޮޑިގެންވަނީ ވަގުތުޖެހޭނީކޮންއިރަކުކަން!

    13
  8. ކޮވިޑް

    މަސްލަހަތަކީ ޤައުމު އަޅުވެތިކުރުމަށް އެހީވުންތޯ؟ މަސްލަހަތަކީ ފާޅުގަ ދުވާލު ވައްކަން ކުރާ ބަޔަކަށް ބައި އަތު ހިފުންތޯ؟ މަސްލަހަތަކީ ވެންޓިލޭޓަރ ތަކުން ވައްކަން ކުރީމަ ހެވިފަ ތިބުންތޯ؟ މަސްލަހަތަކީ ވިޔަފާރިތައް ބަންގުރޫޓް ވަމުންދާ އިރުވެސް ބަލަން ތިބުންތޯ؟ މައުމޫނު ނިކަން ޖަވާބު ދާރީވެބަލަ؟

  9. ޓައްޕު

    ޢަޅެ ހިތްވެސް ނުފުޜުނު މުސްކުޅިއެއް މުޅި ގައުމު ހަލާކުކުރި ބާނީ ތޯއްޗެ

    15
  10. މަސްއޫދު

    ބެއްޔާ ތިޔަ ދައްކަނީ ވަރަށް ރީތި ވާހަކައެއް! ފެބުރުއަރީގެ ހުކުމް ފަޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ނެރުމުން ގައުމީ މަސްލަހަތު ނުގެއްލޭތޯ؟ މިއީ ނުބައި ނުލަފާ މީހެއް!

    15
  11. Anonymous

    އަހަރެމެން ނޫޅެން މާމީރު އެއްޗެއް ކަމަށް މިހާރު ހަނޑުލުގުޅަ ކައިކައި ފޫހިވެއްޖެ.
    ރައީސް ޔާމީން އެކަނިވެސް އޮންނާނީ ލައްކަ ވޯޓް ހޯދާފައި ކުރީގައިވެސް.

  12. ހުސޭނުބޭ

    ފަލަކީ ގޮތުން ޤައުމުގެ މަސްލަހަތު ގެއްލޭތީ ތިކަން ވާކަށް ނެތް

  13. މަހާ

    މުޅިދުނިޔޭގަހުރި އެންމެ ނުބައި ނުލަފާމީހާ!

  14. ލާހި

    1978 ގައި ރައްޔިތުން މަނިކުފާނާއި ޤައުމު ހިންގަން ހަވާލުކުރި 30 އަ ހަރު ފަ ހުން މަނިކުފާން ޤައުމު ހަވާލު ކުރީ ޤައުމު ހިންގޭ ވަރު ބަޔަކާއި ނޫން އަނެއްކާވެސް ޤައުމު ހިންގުމާއި މަނިކުފާން ހަވާލު ވާންވެއްޖެ ނުންތޯ ؟

    1
    1