ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް މަލާމަތް ނުކުރުމަށާއި، އޭނާ ހުރީ އެހީއަށް ބޭނުންވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ޖާބިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރޯށި ކައިރީ ބިން މަތީ އޮށޯވެ އޮންނަވައިގެން އިހުތިޖާޖް ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މަޖިލީހުގެ އިދާރާގެ ދޮރޯށި ކުރިމަތީ ބިން މަތީ އޮށޯވެ ޖާބިރު އޮށޯވެ އޮންނަވަނިކޮށް ހުންނަ މަންޒަރު ވީޑިއޯއާއި ފޮޓޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެއިން އެއް ވީޑިއޯއަކުން އަންހެނަކު އައިސް ޖާބިރު ނަގަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެ ވަގުތުކޮޅު މިއީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ އިހުޖާޖުގެ ހައްގު ބޭނުންކޮށް ކުރަމުންދާ އިހުތިޖާޖެއް ކަމަށް ޖާބިރު ވިދާޅުވާ އަޑު އިވެއެވެ.

މިއީ ރައްޔިތުން ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ޖާބިރު ވިދާޅުވާ އަޑު ވެސް އިވެއެވެ. "މަށެއް މި ތަނުން ނުދާނަން" މިހެން ބުނާ އަޑު ވެސް އެ ވީޑިއޯއިން އިވެއެވެ.

އެ ވީޑިއޯ ދައުރުވާން ފެށުމުން ގިނަބަޔަކު ޖާބިރަށް މަލާމާތްކޮށް ވާހަކަދައްކަމުންދާއިރު، މެންބަރު އުޝާމް ވިދާޅުވީ، އޭނާއަށް މަލާމަތްކޮށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި މިފަދަ އުޅުންތަކަށް ހިތްވަރު ނުދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަހަރެން ޖާބިރު އާއެކު ވަގުތުކޮޅެއް ހޭދަކުރިން ދުވަސްކޮޅެއް ކުރިން، އޭނާ ރަނގަޅެއް ނޫން، އޭނާއަށް އެހީތެރިކަން ބޭނުންވޭ، އަހަރެން އުއްމީދު ކުރަން އޭނާގެ އާއިލާއިން އެކަމާއި އުޅޭނެ ކަމަށް". އުޝާމް ވިދާޅުވިއެވެ.

ޖާބިރު މަޖިލީސް ކުރިމަތީގައި އިހުތިޖާޖް ކުރެއްވިއިރު، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ސިވިލް ކޯޓުން ކުރި އަމުރެއްގެ ދަށުންނެވެ.

ޖާބިރަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަރަކާތްތެރި އެއް މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފާއިޒާ

    ވިޓަމިން ބީ ކާންދިނުމަކީ
    މިވަގުތަށްއެންމެ ރަނގަޅުގޮތް !!!

  2. ކިކި

    ހެހެހެ...އެކަމަކުވާ ހާދަ އަރާމުކޮށޭ ތިއޮތީ އޮށޯވެގެން..އެވެސް ހަރު ހިލަ ގާތަކެއްގެ މަތީގަ.
    .އޮށޯވެ އޮތް ގޮތުން ހީވަނީ އަރާމު ބެޑެއްގަ ޖައްސާލައިގެން ސަން ބާތިން ހަދަން އޮތްހެން..

  3. ކޭބަލްކާރު

    ޖާބިރު އެ ބުނަނީ ރައީސްކަން ލިބުމުން މަ ގޮނޑީގެ ބަދަލު އިށީދެ އިންނާނީ ބިންމަތީއޭ. އޮންނާނީވެސް ހަމަ ބިންމަތީގައޭ. ހިތްތިރި ސާދާ ރައީސެއްކަން މިހާރުވެސް އެނގެންފެށީ. އާ ފަހެ ހަމަބުއްދި ފިލާފަ ތިބި ކޮރޯނާތަކެއް ތޯއްޗެ

  4. ކިކީ

    ތީފޭމަސްވާން ސްޓަންޓް ޖައްސާ މީހެއް ތީނަ އެނގޭ ރައްޔިތުންނަށް ދެރަވަރުކަމަކީ ނޫސްތަކުގަ ޖަހާލާނެ ހަބަރެއް ނެތިގެން ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުންގެ ވާހަކަލިއާތީ

  5. ޖާބި

    ރައީސްކަމުގެ 5 އަހަރު ނިންމާލާނީ ބިންމަތީގާ . ކާނީވެސް ވެލި.

  6. ސސ

    ކުޑަ ފައިސާކޮޅެއް ލިބެނިކޮށް ރަގަޅުވެދާނެ ހުރިހާކަމެއްވެސް !

  7. މަންނޫ

    މީނަގެ ވައިލް ވީޑިއުއިން އައުގުރާނަ ގޮވާ އަޑު އިވެޭ. އެކަމަކު އެއީ އިހުތިޖާޖެއް ކަމަށް މިނޫހުން ހަބަރު ފަތުރަނީ. ބަލަ ބޯނެ އެއްޗެއް ބޮއިގެން މަގުމަތީގައި އައުގުރާނަ ގޮވަމުން ދުވާ ބުރާންޗެއް މަޖުލެިސް ކުރިމަތީގައި ހަޑި ހާވާ ވާހަކަ ނޫންތަ މީގަ ލިޔަން ވީ. ހައިރާންވެއްޖެ ނޫސްވެރިޔާ އަށް ފެނުނި އިހުތިޖާޖެއް ކުރާތީ. ގަމާރުން ވިއްޔާ މިރާއްޖޭގަ މިތިބީ. ބުނާހާ އެއްޗެއް އަޑު އަހަން.

    5
    1
    • ތައު

      ކޮއްކޯ އެއީ އެބުނާ މިނިވަންކަން. އޮރިޔާމުން ވެސް ދުވެވޭނެ. އެއްޗެއް ބުނާ މީހާ އެއީ މިނިވަން ކަމަށް އަރައިގަންނަ މީހޢ

    • ތައު

      ކޮއްކޯ އެއީ އެބުނާ މިނިވަންކަން. އޮރިޔާމުން ވެސް މަގުމަތީ ދުވެވޭނެ. އެއްޗެއް ބުނާ މީހާ އެއީ މިނިވަން ކަމަށް އަރައިގަންނަ މީހާ

  8. ރީތި މޫސަ

    އެހީއަށް ބޭނުންވާމީހުނަށް މިޤައުމުގައި މަރުކަޒެއްހުރޭ މާގޯސްނުވަނީސް އެތަނަށްފޮނުވައިގެން އެހީތެރިވެދީ